15 ޑިސެމްބަރ 2024 - 16:49
ގޯލްޑް ކަޕްގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ރަށުން ބޭރު ކުޅުންތެރިން ހިމަނައިގެން މާލެ އިން ކުޅުވި މައްސަލަ ފެންމަތިވެ، އަލިފުއްޓާ ދެކޮޅަށް ކުޅެން ހަމަޖައްސާފައިވާ މެޗު ފަސްކޮށްފި އެވެ.
އެ މައްސަލަ ފެންމަތި ކުރީ ޅ. ކުރެންދޫ ޓީމުންނެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، މާލެ ޓީމު އަތުން ކުރެންދޫ ބަލިވި މެޗަށް ފަހު، އެ ރަށު ކައުންސިލުން ވަނީ ނައިންޓީ ޕްލަސް އަށް ފޮނުވި ސިޓީއަކުން އެ މައްސަލަ ހުށަހަޅައިފަ އެވެ.
ރަށުން ބޭރު ދެ ކުޅުންތެރިން ޖެހުމުގެ ހުއްދަ މުބާރާތުގެ ގަވާއިދުން ކޮންމެ ޓީމަކަށް ވެސް ލިބެ އެވެ. އެ ޖާގަ އަށް މާލެ އިން ރަޖިސްޓަރީ ކުރި ދެ ކުޅުންތެރިންނަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވެސް ކުޅެމުން އަންނަ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލާއި އަލީ މުނާޒެވެ.
އެކަމަކު ކުރެންދޫން ހުށަހެޅި މައްސަލައިގައި ބުނީ، މާލެ ޓީމުގެ އަހްމަދު މާއިޝް ރަޝީދާއި އަހްމަދު ނާހިލް އިބްރާހިމަކީ ދ. ހުޅުދެލީގެ ރަޖިސްޓަރީގައި އޮތް ދެ ކުޅުންތެރިން ކަމަށެވެ.
ސިޓީއާ އެކު، ކުރެންދޫން ހުށަހެޅި އައިޑީކާޑުތަކުގެ ފޮޓޯގައި ބުނެފައިވާ ގޮތުން އެ ދެ ކުޅުންތެރިން ނިސްބަތްވަނީ ހުޅުދެލީ އިރުވާގެއަށެވެ.
ކުރެންދުއާ ދެކޮޅަށް ކުޅުނު މެޗުގައި، އެ ދެ ކުޅުންތެރިން ވެސް ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ.
ނަމަވެސް އުސޫލާ ހިލާފަށް ރަށުން ބޭރު ކުޅުންތެރިން ހިމަނާފައިވާކަމަށް ކުރާ ތުހުމަތު މާލެ ޓީމުން ދޮގު ކުރި އެވެ.
މާލެ ޓީމުން ހުށަހެޅި އައިޑީކާޑުން އެނގޭ ގޮތުން އެ ދެ ކުޅުންތެރިން ރަޖިސްޓަރީކޮށްފައި ވަނީ ހެންވޭރު ހޮސްޓޮކް ގެއަށެވެ. މާލެ ޓީމުން ވަނީ އެ ދެ ކުޅުންތެރިންގެ އުފަންދުވަހުގެ ސެޓްފިކެޓްތަކުގެ ފޮޓޯ ވެސް ހުށަހަޅައިފަ އެވެ. އޭގައިވާ ގޮތުން މާއިޝްގެ ބައްޕަ އިބްރާހިމް ރަޝީދު ނިސްބަތް ވަނީ ވެސް ހޮސްޓޮކް ގެއަށެވެ. ނާހިލްގެ މަންމަ ފާތިމަތު ނަޒިއްޔާ ވެސް ނިސްބަތް ވަނީ އެ ގެއަށެވެ.
ކުރެންދޫން ނައިންޓީ ޕްލަސް އަށް ފޮނުވި ސިޓީގައި ބުނީ، މެޗު ނިމުމާ ހަމައަށް އެ ކުޅުންތެރިންގެ މައުލޫމާތު ފެންނަން ހުރި ގޮތުގެ ސްކްރީން ޝޮޓެއް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އެ ފޮޓޯގައިވާ ގޮތުން މާއިޝް އާއި ނާހިލްގެ ރަޖިސްޓަރީ އޮތީ ދ. ހުޅުދެލީގަ އެވެ. އެހެންވެ، އެ މައްސަލަ ބަލައި މާލެ ޓީމާ މެދު ފިޔަވަޅު އަޅައި ދިނުމަށް ކުރެންދޫން އެދިފައި ވެ އެވެ.
ނައިންޓީ ޕްލަސްއިން ބުނީ އެ މައްސަލަ ލިބިފައިވާ ކަމަށާއި ޑިސިޕްލިނަރީ ކޮމިޓީން ބަލާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
16 December 2024
ކޮންމެ އަކަސް އެކެއްގެ ބައްޕަ އަދި އަނެކެއްގެ މަންމ،ަ އެހިމެނެނީ މާލޭގައި ، މާލޭގައި ވިހެއީމާ އުފަންދަުވަހުގެ ސެޓްފިކެޓްގައި އިންނާނީ މާލެކަމަށް ، އެހެންވީމާ ދެރަށެއްގެ އައިޑީ ތިއޮތީ ދެގައުމެއްގެ ޕާސްޕޯޓް އޮންނަގޮތަށް ، މެސީ ކުޅެނީ އާޖެންޓީނާ އަށް ، އެކަމަކު ސްޕޭންގެ ޕާސްޕޯޓް އޮވޭ ، ރައްވެހިކަންވެސް އޮވޭ ،
ރަދީފްއޮފިޝަލް
15 December 2024
މިއީ މާލޭގެ ސަގާފަތުގަ އޮންނަ ކަމެއް. ހެހެހެހެހެހެ. މަމެންގެ ނެދަލެންޑްސް ހަމަ އުދުހެނީ.
މަކަރޭ
15 December 2024
ތިއީ މިހާރު ދިވެހި ފުޓުބޯޅައިގަ މަޖުބޫރު ޓްރެންޑެއް. ރަށްރަށުގައި ކުޅޭ މުބާރާތްތަކަށްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ދީގެން ރަށުގެ ގެއަކަށް ރެޖިސްޓްރީ ބަދަލުކޮށްގެން ރަށު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެ ނަގަނީ. ކައުންސިލްތަކުން އެކަމަށް އެއްބާރުލުންވެސް ދޭ. ރަށު ކުދިންގެ ފެންވަރު ދަށްވެ މުޅި ފުޓުބޯޅަވެސް މިހާރު ހަލާކު ކޮށްފި. ތަށްޓާއި ފައިސާގެ ދަހިވެތިކަމުގައި ކުޅެނީ ފުރާނައިން ކަށި ނެރެގެން
ބޭބީބެ
15 December 2024
ފުޓްބޯޅަ މުބާރާތްތަކުގައި ކުޅެންވެގެން ރަޖިސްޓަރީ ބަދަލުކުރުން ކުޅޭ ކުޅިވަރަކަށް ހަދައިފި.2023 ގަ އައްޑޫގަ އޮންނަ މުބާރާތެއްގައި ކުޅެންވީމަ އައްޑޫ ރަޖިސްޓްރީގަ ޖެހެނީ. 2024 ގަ ގޯލްޑްކަޕް ކުޅެންވީމަ އަނެއްކާ ކުރިންއޮތް ރަށަށް ރަޖިސްޓަރީ ބަދަލުކުރަނީ. މީގަ ކޮންމެވެސް އުސޫލެއް އޮންނަން ޖެހޭ އެބަ.ރަށްވެހިކަން ބަދަލުކުރެވޭނީ 5 އަހަރު ފަހުން ކަމަށް ހަދަންވީ.
އިހާގޮނޑި
15 December 2024
އޮޅުވާލައިގެން ވޯލްޑްކަޕް ވެސް ކުޅެފާނެ! މާލެ ސިޓީ އަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ! ފައުލް ކުރި ކީޕަރަށް ވެސް މުބާރާތުގައި ވަނީ ފިޔަވަޅު އަޅާފައި! މާލެ ސިޓީ ވީމަ ތަފާތު ކުރެވިގެން ނުވާނެ!
އަޅި އަލީ
15 December 2024
އޭދަފުށި ސަސްޕެންޑް ކުރޭ! އެޓީމުގަ އެބަތިބި ބުރެޒިލް ބައިވެރު ކުޅުން ތެރިން! ވޯކް ޕާމިޓެއް ވިސާއެއްވެސް ގެން ގުޅެނީއެއް ނޫން!
މިއައު
15 December 2024
ކާފު އަތޮޅު ސްޕެއިނުން ކިހިނެއް މިހެދީ؟ އިޓަލީ ކުޅުމްތެރިއެއްތަ މިޖެހީ ޓީމުގަ
މައްސަލަ
15 December 2024
މީ މިހާރު ޑީއެންއާރުން ބަލަންވެއްޖެ ކަމެއް. ވަރަށް ގިނަ ކުޅުންތެރިން ރަޖިސްޓަރި ބަދަލުކުރުން ކުޅޭ ކުޅިވަރަކަށް ހަދައިފި. މާލޭ ޓީމުގެ މުއާޒްވެސް އެއީ އެހެން ރަށަކަށް ކުޅުން ކުއްޖެއް. ރަޖިސްޓަރީ ބަދަލުކުރި. ފަހަުން ބަދަލުނުކުރާކަމެއް ނޭނގެ. ހަރަކަށި ގަވާއިދުހަދަންޖެހޭ އެބަ
އެމްޕީ ޝާމިން
15 December 2024
ދެ ކުޅުންތެރިން 2014ވަނަ އަހަރުގެ ނިޔަލައް ރަޖިސްޓަރީ އޮތީ ހެންވޭރު ހޮސްޓޮކް ގޭގައި އެވެ. ދާއިމީ އެޑްރެސް ބަލަނީ ރައްވެހިންގެ ރަޖިސްޓަރީގައި އިންނަ އެޑްރެސް އަށް، އުފަންދުވަހުގެ ސެޓްފިކެޓަކަށް ނޫން. ޓީމު ރަޖިސްޓަރީ ކުރީ އޯޅުވާލާގެން 2014 ކުރިން ހައްދާފައި ވާ އައިޑީކާޑު ބޭނުން ކޮށްގެން
މަސީހު (މެސީ)
15 December 2024
ބަލިވީމާ ކުރެންދޫއިން އެބަޖެހޭ ރައްޔިތުންނަށް ބަލިވި ސަބަބު ބުނެދޭން. އެއޮތީ ބުނެދީފާ. ބޭރުގެ ޓީމަކުން މިކަން ތަހުގީގުކޮށް މިބައިމީހުން ދޮގުހެދިކަމަށް ސާބިތުވެއްޖެނަމަ އެމީހުންގެ މަގާމު ގެއްލި ދެވެންއޮތް އެންމެބޮޑު އަދަބެއް ދޭންޖެހޭ. މާލޭން މަކަރުހެދިކަމަށް ސާބިތުވެއްޖެނަމަ މާލޭކައުންސިލަށް ބުނެވިދިޔަ އަދަބު ދޭންޖެހޭ. ފިތުނައަކަށްވެސް މަކަރަކަށްވެސް މިގައުމުގެ ފުޓުބޯޅައިގެތެރެއަށް ޖާގަދެވިގެންނުވާނެ ސިޔާސަތަށް މިދޭތި ވަދެ ލާމެހިފާ އޮތަސް.