ޝަމްއާން ވިދާޅުވީ، އެ އާއިލާގެ މައްސަލަ "އިމިގްރޭޝަން ވޮޗް" އަށް ލިބުނީ މި އަހަރުގެ ޖުލައި 18 ގައި ކަަމަށް. އާއިލާގެ އިސްމީހާ އިމިގްރޭޝަނަށް ހާޒިރުކޮށް ސުވާލުކުރީ މި އަހަރުގެ އޮކްޓޫބަރު 23 ގައި.
ވޭމަންޑޫގައި އުޅޭ ފްރާންސްގެ އަންހެންމީހާ، އޭނާގެ ތިން ކުދިންނާއެކު.
15 ޑިސެމްބަރ 2024 - 18:59
މީގެ 12 އަހަރު ކުރިން ފެށިގެން ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުން އަންނަ ފްރާންސްގެ އާއިލާ ރާއްޖެ އިން ފުރުވައިލަން ނިންމާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ދެންމެ ވިދާޅުވެއްޖެ އެވެ.
ތ. ވޭމަންޑޫގައި މިހާރު ދިރިއުޅޭ އެ އާއިލާގެ ވާހަކަ "މިހާރު" ގައި މިއަދު ރިޕޯޓްކޮށް، ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވަނިކޮށް އިމިގްރޭޝަން ކޮންޓްރޯލަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހަ މީހުންގެ މައުލޫމާތު މި އަހަރުގެ ޖުލައި 18 ގައި 'އިމިގްރޭޝަން ވޮޗް' އަށް ލިބުމާ ގުޅިގެން އެ މީހުން ފޮނުވުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ މީހުންގެ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ޝަމްއާން ވިދާޅުވިގޮތުގައި އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ މުސްލިމް އާއިލާގެ އިސްމީހާ މިދިޔަ އޮކްޓޫބަރު 23 ގައި އެ އިދާރާ އަށް ހާޒިރުކުރި އެވެ. އެކަމަކު، އެ ހަ މީހުންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި ވާތީ ޓްރެވެލް ޑޮކިއުމަންޓެއް ހޯދަން ޖެހޭ ކަމަށް ކޮންޓްރޯލަރު ވިދާޅުވި އެވެ.
"މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފައި. އިމިގްރޭޝަން ގާނޫނާ ހިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ،" އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވި އެވެ.
ޝަމްއާން ވިދާޅުވިގޮތުގައި. ޓްރެވެލް ޑޮކިއުމަންޓް ލިބުމުން އެ ހަ މީހުން ފުރުވާލުމުގައި ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
"އަދި މި ފަރާތްތައް ވަކި ގައުމަކަށް ފުރުމަށް އިމިގްރޭޝަނަކުން ނާންގާނެ،" އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން: އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އެއްވެސް މީހަކަށް ނޫޅެވޭނެ ކަމަށް ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ފްރާންސްގެ ދެމަފިރިންނާއި އޭރު އެ މީހުންގެ ތިބި ތިން ކުދިންނާ އެކު ރާއްޖެ އައީ ޓޫރިސްޓު ވިސާގަ އެވެ. ނަމަވެސް، ތިން މަސް ދުވަހުގެ އެ ވިސާގެ މުއްދަތު ހަމަވިއިރު ވެސް އެ މީހުންނަށް ރާއްޖެއިން ފުރޭ ގޮތެއް ނުވެ، ރާއްޖޭގައި "ވަޒަންވެރިވީ" އެވެ.
ވޭމަންޑޫ ކައުންސިލްގެ ރައީސް ރަޝްވާން އާދަމް ވިދާޅުވެފައި ވަނީ ގަވާއިދުގެ ތެރެއަށް އެ އާއިލާ ވެއްދުމަށް ކައުންސިލުން، ކަމާގުޅޭ ފަރާތްތަކަށް ހުށަހަޅައިގެން މިހާތަނަށް އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފުލުހުންނާއި އެމްއެންޑީއެފް އަދި ހޯމް މިނިސްޓްރީއާ އެކު މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ކައުންސިލުން ވަނީ އެ މައްސަލަ ނަގައިފަ އެވެ.
މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފައި. އިމިގްރޭޝަން ގާނޫނާ ހިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ: އިމިގްރޭޝަން ކޮންޓްރޯލަރު
ނަމަވެސް، ގަވާއިދާ ހިލާފަށް އެހާ ދިގު މުއްދަތެއް ވަންދެން ރާއްޖޭގައި އުޅެފައި ހުރުމުން ޖޫރިމަނާ ފީގެ ގޮތުގައި ބޮޑު އެއްޗެއް ދައްކަން ޖެހުމަކީ އެއް ސަބަބު ކަމަށް ބަލައި އެކަން އޭރު ކުރިއަކަށް ނުގެންދެވުނު ކަމަށް ކައުންސިލުން ބުންޏެވެ.
ފްރާންސްގެ އާއިލާއާ ގުޅޭ މައުލޫމާތު އެނގޭ ބައެއް މީހުން "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި، އެ ދެމަފިރިން އިސްލާމްވުމަށް ފަހު، އެ ގައުމުގައި ދިރިއުޅެން އުނދަގޫވުމުން އެ މީހުން އެންމެ ފުރަތަމަ ދިޔައީ އިނގިރޭސި ވިލާތަށެވެ. އޭގެ ފަހުން ރާއްޖެ އައިސް ފުރަތަމަ ދިޔައީ ގދ. ތިނަދުއަށެވެ. އޭގެ ފަހުން ލ. އަތޮޅުގައި އުޅުމަށް ފަހު ތ. ތިމަރަފުއްޓަށް ބަދަލުވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފިއްޔާ
17 December 2024
ފްރާންސްގަ އުޅޭ 6 މިލިއަން މުސްލިމުން. ގެނެސް ވޭމަންޑޫ އަށް އަޅާލަންވީނު
ޗޯޓޫ
17 December 2024
ތިޔަ މީހަކީ ރާއްޖޭގައި މަދުން namaves އުޅޭ އެސް.އެސް ފިކުރު ފަތުރަން އުޅޭ މީހެއް. އެސް.އެސް ފިކުރުގަ ތިބޭނީ ދެތިން އިލްމުވެރިއެއް. ޢެއުރެން ގަބޫލު ކުރާގޮތުގަ ރާއްޖޭގަ ދެންތިބި އިލްމުވެރިންނަކީ އަގީދާގެ ގޮތުން ބާތިލު ބައެއް. ހަގީގަތް ބަލާ! ރައްޔިތުން ޖަޒުބާތުގަ ޖެހުމަކުން ކަމަކު ނުދާނެ. މިއީ ހަގީގަތަކީ. އެމީހުން ބުނާހާ އެއްޗެއް ގަބޫލުކޮށް Karuna އެޅުމަކީ މާސަޅިކަމެއް ނޫން.
އައްޑޫ އިގިރޭސި އަފީފު
16 December 2024
ޤާނޫނާ ޤަވާއިދާ ހިލާފަށް އުޅެވިގެންނުވާނެ. ފުރަތަމަކަމަކަށް މިނާ ފްރާންސަށް ދިޔުމުން ޖަލަށްލާންވީކީއްވެ؟ ނޫހުން އެގުނުގޮތުގައި މިއާއިލާ ރަށުގެމީހުންނަށް ގާތްގުޅުމެއްނެތް. މީތަ މުސްލިމުންގެ އުޅުންހުންނަންޖެހޭގޮތަކީ؟މިމިހުންނަށް ދީންވެރިކަންމަތީގައި އުޅެވޭނެ ސައުދީ ނޫނީ ޔަމަނުގައިވެސް. ދިވެހިންވެސް ހަމްދަރުދީނުވޭ ޤަވާއިދަށް އުޅޭ ބަންގާޅުމީހުންނަށް 6 މަސްދުވަހުގެ މުސާރަނުދީ 5 އަހަރުކޮށްފަ ޗުއްޓީދީގެން މަސައްކަތްކުރުވާތީވެ.ދެފުށްދެގޮތް ދިވެހިން
ހަސަންބޭ.
16 December 2024
ކަންދިމާކުރި ގޮތުން ވޭމަންޑޫގެ ރައްޔިތުން އެ އާއިލާ އަށް ބެހެއްޓި އޯގާތެރިކަން ވަރަށް ބޮޑަށް ބަލައިގަނެވޭ. އެރަށުގެ ރައްޔިތުންނެކޭ އެއްގޮތަށް އުޅުމުގެ މިނިވަންކަން ދިން. އެކަން ނޭނގޭ އިދާރާއެއް ނެތް. އެއާއިލާގެ އެންމެ އިސް ފިރިހެމް މީހާ އިމިގްރޭޝަނަށް ގުޅައިގެން ލައްކަ މަސައްކަތްކުރި މީގެ ކުރިންވެސް.. އިދާރާތަކުން ދިނީ ބީރު ކަންފަތެއް
މިނިމަލް
16 December 2024
ހަމަ ފޮނުވާލަންވީ، ވަކި މުސްލިމުންނޭ ކިޔާފަ ގަވާއިދާ ޙިލާފަށް ގެންގުޅެވިގެން ނުވާނެ، މިތާ ކޮމެންޓް ކުރާ މޮޅެތި ޕަންޑިޓުން ކިޔާ އެއްޗަކަށް ބަލާނެ ކަމެއްނެތް، އެހެންނޫނީ ހަމަ ވިސާ ހައްދައިން ދައުލަތައް ލާރި ދައްކައިން ހަމަ އޮންނަ ގަވާއިދުން މި ގައުމުގަ ވެސް އުޅެން ޖެހޭނީ، އަހަރަމެން މި ގައުމުގަ ދިރިއުޅޭމީހުންނަށް ވެސް ވަކި ހިލޭ ނުކުރެވޭ ކަންކަމެއް.
ފިޔަވަޅު
16 December 2024
އެމީހުން ދީނީ ބަޔަކަށް ވިޔަސް އެމީހުންނަށްވެސް ގާނުނު ހިނގަންވާނެ .
އެސައިލަމް
16 December 2024
ފުރާންސަށް ތުރެ ގަތަރު ކަހަލަ ތާކަށް ނަމަވެސް ރަނގަޅު ދޯ އެމީހުން ފޮނުވަން. މަ ހަމަ އަޖައިބު ވެއްޖެ. 5 ކުޑަކުދިން ގައިމުދޯ
އަލީރާޖާ
16 December 2024
އެހާ ގިނަ ދުވަހު އުޅެން ދޫކޮށްލާފައި ތިބީ ދައުލަތުގެ އިހްމާލުން. ބައެއް ގައުމުތަކުގައި ޖިނާއީ ކުށެއް ނުކުރާނަމަ، ގިނަ ދުވަހު އުޅުނީމާ ދެން ސިސްޓަމްގެ ތެރެއަށް ވަންނަން ފުރުސަތު ތަކެއް ދޭ. ރާއްޖޭގައިވެސް އެހެން ހެދުމަކީ އެ ކުޑަކުދިންނަށް ޚާއްސަކޮށް ވަރަށް ބޭނުންތެރި ކަމެއް.
އަސްލުވާ ގޮތް
16 December 2024
3 ސަރުކާރެގެ އިހުމާލު މިސަރުކާރުން އަސްލު މައްސަލަ ހައްލު ކުރަން އެއުޅެނީ. އަދި ގިނަ ދުވަހު އެބަހުރި ބައިވަރު ބަންގުލަދޭޝް މީހުން ވެސް އެމީހުންނައް ވެސް ދޭން ޖެހޭނެ އެހެން މީހުންނައް ދެންޏާ އެވެސް މުސްލިމުން. އަދި ތިޔަ އާއިލާ ކައިބޮއި އުޅެނީ ކުޑަކުއްޖަކު މަހައް ފޮނުވައިގެން އެއީ ވެސް މަނާ ކަމެއް
ފިޔަވަޅު
16 December 2024
މައްސަލަ އަކީ ދީނީ އިލްމުވެރިން މިކަހަލަ ކަންކަމައް މާ އަވަސް އަރުވާލައިގެން ބަސް ބުނާތީ . އިސްލާމަކަސް ކޮންމެ ތާކުވެސް އުޅެވޭނީ އެތަނެއްގެ ގާނޫނާ ގަވައިދައް. އަހަރެމެންގެ ހިޔާފުލެޓް ހައްގަކާނުލާ އަތުލާ މަގުމަތި ވި އިރު ރަށުގަވެސް އުޅޭނެ ތަނެއް ނެއް . ކުދި ދަރިންވެސް އެބަތިބި . ދަރިން ތިބީ ކިޔަވަން. އެކަމް އެދުވަހު އެކަކުވެސް ހަމްދަރްދީ އެއް ނުވި . އަހަރެމެން މީ މި ފަސްގަނޑައް އުފަން މުސްލިމުން .
ސަލއްިމި
16 December 2024
ބަންގާޅު މީހަކު ގަވައިދާ ހިލާފަށް އުޅޭތީ މިތާ އުޅޭތީ ބައެއް ބޭފުޅުން މިކިޔަނީ ބޭރު ކުރާށޭ، އެމީހުން އައްސާށޭ، އެކަމު މި ޔޫރަޕު މީހުން ވީމަ މި މީހުން ވާނީ ތިއްބާށޭ،