ޚަބަރު / މޯލްޑިވްސް އިމިގްރޭޝަން

ވިސާ ނެތި 12 އަހަރު ދިރިއުޅެމުންދިޔަ ފްރާންސް އާއިލާ ރާއްޖެއިން ފޮނުވާލައިފި

އެ އާއިލާ މިދިޔަ މަހު ރާއްޖެއިން ފުރުވާލި ކަމަށް އިމިގްރޭޝަނުން ބުނީ، އަދިވެސް ރާއްޖެ އިން އެ މީހުން ފޮނުވާލެވޭ ގޮތެއް ނުވާ ކަމަށް "މިހާރު" ގައި މިއަދު ޚަބަރު ޖެހުމުން.

ވޭމަންޑޫގައި އުޅޭ ފްރާންސްގެ އަންހެންމީހާ، އޭނާގެ ތިން ކުދިންނާއެކު.

ވިސާ ނެތި ތ. ވޭމަންޑޫގައި ދިރިއުޅެމުން ދިޔަ ފްރާންސްގައި އާއިލާ މިދިޔަ މަހު ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ވިސާ ނެތި ދިރިއުޅޭތާ 12 ވަރަކަށް އަހަރު ފަހުން، އެ މުސްލިމް އާއިލާގެ މައްސަލަ އިމިގްރޭޝަންގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ ޖުލައި 12 ގަ އެވެ. އެއާއެކު، އެ މައްސަލަ ބަލަން ފަށައި ހަތް މީހުންގެ އެ އާއިލާ ރާއްޖެ އިން ފޮނުވާލަން އިމިގްރޭޝަނުން ނިންމި އެވެ.

އެ އާއިލާގެ މީހުން ރާއްޖެ އިން މިދިޔަ މަހު ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން "މިހާރު" އަށް މިއަދު ބުނީ، އެ މީހުންނާ ގުޅޭ އަޕްޑޭޓެއް ހޯދަން މިދިޔަ މަހާއި މި މަހުގެ އެކި ދުވަސް މަތިން އިމިގްރޭޝަންގެ ކަމާ ގުޅޭ އޮފިސަރަށް ގުޅުމުން ވެސް ވަކި ޖަވާބެއް ނުދިނުމުން އެ މީހުން އަދިވެސް ފޮނުވޭ ގޮތެއް ނެތް ކަމަށް "މިހާރު" ގައި ޚަބަރު ޖެހުމާ އެކު އެވެ.

އެ ޚަބަރު "މިހާރު" ގައި ޖެހުމާ އެކު، އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ގުޅުއްވާފައި ވިދާޅުވީ، ހަތް މީހުންގެ އެ އާއިލާ މިދިޔަ މަހުގެ 25 ގައި ފޮނުވާލާފައިވާ ކަމަށެވެ. އެކަމަކު، އެ ތާރީހުގެ ފަހުން "މިހާރު" އިން އެކި ދުވަސްމަތިން ގުޅުމުން ވެސް އޮފިސަރު ވިދާޅުވަމުން ގެންދެވީ "އަދި އަޕްޑޭޓެއް ނުލިބޭ" ކަމަށެވެ. ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވުމަށް ފަހު ވެސް ޚަބަރެއް ނުވި އެވެ.

އެ އާއިލާ ފޮނުވާލި ގައުމެއް އަދި ސާފެއް ނުވެ އެވެ.

ފްރާންސްގެ އާއިލާގެ ކަންތައްތައް ބަލަހައްޓާ އިސް ފިރިހެން މީހާ އިމިގްރޭޝަނަށް ހާޒިރު ކުރުމުން ރާއްޖޭގައި ދިރިއުޅޭ ސަބަބާއި ރަށްވެހިކަން ހޯދަން ބޭނުންވާ ވާހަކަ ބުނި ކަމަށް އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ވިދާޅުވި އެވެ. ނަމަވެސް، އެކަން ކުރެވޭނީ ފޮރިން މިނިސްޓްރީ އަށް ހުށަހަޅައިގެން ކަމަށް އެންގުމުން އެ މިނިސްޓްރީ އަށް ވެސް އޭނާ ދިޔަ ކަމަށާއި އެކަމަކު އެކަން ކުރަން އޮތް މަރުހަލާ އުނދަގޫވުމުން އެ މީހުން ރާއްޖެއިން ދާން ބޭނުންވީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިސްލާމްވެ، ސައީދުގެ ނަމުގައި އުޅޭ ފިރިހެން މީހާ ފުރަތަމަ ރާއްޖެ އައީ ޓޫރިސްޓު ވިސާގައި އޭނާ އެކަންޏެވެ. ނަމަވެސް، އަނބުރާ ގައުމަށް ގޮސް 2013 ވަނަ އަހަރު އަލުން އައީ ފަޔަ ފައިޓަރެއްގެ ގޮތުގައި އުޅެން ވޯކް ވިސާ ނަގައިގެންނެވެ. އޭނާގެ އަންހެނުންނާއި އޭރު ތިބި ދެ ކުދިން ޓޫރިސްޓު ވިސާގައި ރާއްޖެ އައީ އޭގެ ފަހުންނެވެ. އެ ވިސާގެ މުއްދަތަކީ ތިން މަސް ދުވަހެވެ. އޭގެ ފަހުން ވިސާ އާކޮށްފައިނުވެ އެވެ.

އެ ފިރިހެން މީހާއަށް 2019 ވަނަ އަހަރާ ހަމައަށް ވިސާ އޮތެވެ. އެކަމަކު، އޭރު ވެސް އޭނާ މަސައްކަތްކުރީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށެވެ. އެހެންވެ، ސްޕޮންސާ ކޮށްފައި އޮތް ކުންފުނި ބަދަލުކުރަން އޭނާ އަށް އެންގި ކަމަށާއި އެކަމަކު އެ ކުންފުނިން އޭނާއަށް ފުރުސަތު ދިނުމުން ވެސް އެކަން ކޮށްފައި ނުވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ މީހުން ރާއްޖެ އައިސް ފުރަތަމަ ދިޔައީ ގދ. ތިނަދުއަށެވެ. އޭގެ ފަހުން ލ. އަތޮޅުގައި އުޅުމަށް ފަހު ތ. ތިމަރަފުއްޓަށް ބަދަލުވި އެވެ. ނަމަވެސް އެ ރަށުގައި ހަރުކަށި ފިކުރުގެ ކަންތައް ބޮޑު ކަމަށް ބުނެ ވޭމަންޑު އަށް ބަދަލުވިތާ ވެސް މިހާރު ހަ އަހަރު ވެއްޖެ އެވެ. އެ ދެމަފިރިންގެ ހަގަށް ތިބި ތިން ކުދިން ލިބުނީ ރާއްޖެ އަށް އައި ފަހުންނެވެ. އޭގެ ތެރެއިން ދެ ކުދިން ވިހެއީ ވޭމަންޑޫގަ އެވެ.

އިމިގްރޭޝަންގެ ގާނޫނު ބުނާ ގޮތުން، ވިސާގެ މުއްދަތަށް ވުރެ އިތުރަށް މަޑުކޮށްފި ނަމަ އަނބުރާ ދެވޭނީ ޖޫރިމަނާ ފައިސާ ދެކުމުންނެވެ. އެއް ދުވަސް ވެސް އިތުރަށް މަޑުކޮށްފި ނަމަ އެ ޖޫރިމަނާ ފެށެނީ 15،000ރ. އިންނެވެ. ވަކި މުއްދަތެއް ވެއްޖެ ނަމަ ލީގަލް އިން މައްސަލަ ބެލުމަށް ފަހު، ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލަ އެވެ.

އެ ޖޫރިމަނާ މައާފުކުރަން ނުވަތަ ކުޑަ ކޮށްދޭން ކޮންޓްރޯލާއަކަށް ގާނޫނުން ބާރެއް ނުލިބެ އެވެ.

33 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 62%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަތްދައްތަ

15 May 2025

އުފާވެރި ޚަބަރެއް ނޫން. މުސްލިމު ބަޔަކު ރެގިއުލޭޓް ކޮށްގެން މިތާ ގެންގުޅެވޭނެ މަގެއް ހޯދިނަމަ މާރަގަޅުވީސް.

The name is already taken The name is available. Register?

2025

15 May 2025

އެހެން ގައުމުތަކުގައިވެސް ރަށްވެހިކަން ހޯދައިގެން މީހުން އުޅެނީނު...... ބޮއިހަލަކި

The name is already taken The name is available. Register?

އިސްމާލި

14 May 2025

"އިމިގްރޭޝަންގެ ގާނޫނު ބުނާ ގޮތުން، ވިސާގެ މުއްދަތަށް ވުރެ އިތުރަށް މަޑުކޮށްފި ނަމަ އަނބުރާ ދެވޭނީ ޖޫރިމަނާ ފައިސާ ދެކުމުންނެވެ. އެއް ދުވަސް ވެސް އިތުރަށް މަޑުކޮށްފި ނަމަ އެ ޖޫރިމަނާ ފެށެނީ 15،000ރ. އިންނެވެ." އަހަރެމެންގެ މެންބަރުން ހަދާ މޮޅެތި ގާނޫނު. 15 އަހަރު އުޅޭ އިރު ބަލާނުލެވޭ ގަވާއިދުތައް ނުހިންގޭ. ދެން ފޮނުވާލަން ބަލާއިރު ގާނޫން ބުނޭ ބިލިއަން ރުފިޔާގެ ޖޫރިމަނާ ކުރަން. އެ ދެއްކޭނެގޮތެއް ހޯދޭނެ ގޮތެއް ނޯވޭ. ބޯ ހަލާކު

The name is already taken The name is available. Register?

22222

13 May 2025

އިމިގްރޭޝަން އެވަނީ ދިވެހިރާއްޖެ 2.0 މަސައްކަތް ފައްޓާފައި. ދިވެހިރާޢްޖެ 2.0 އަށް މަރުހަބާ.

The name is already taken The name is available. Register?

ތިންކި

13 May 2025

ފަޔާ ފައިޓަރު އައިސް ތިނަދޫއިން ވޭމަންޑޫއިން އާއިލާ ގޮވައިގެން ހިޖުރަ! ޔާމީނު ސަރުކާރާ އެންޑީޕީ ސަރުކާރުތަކުގެ ހާލަތު! 2028 މަ ދޭނީ އެންޑީޕީއިން ނިކުންނަ ބުޅަލަކަށް!

The name is already taken The name is available. Register?

ދައިލް

13 May 2025

މާފުށީގަ އުޅޭ ފާޑުފާޑުގެ ބޭރު އަންހެނުން ތަކެއް.. ޓިކްޓޮކްގަ މާގަދަ ވެގެން އުޅޭނެ... ނިކަން އެމީހުންގެ ކަންތައް ބަލާބަލަ... ދިވެހި ރާއްޖޭގަ ވިސާ ނެތި އުޅޭ ކާފަރުން ގެ ކަންތައް މިހާރު ނޫސް އަކަށް ނުފެންނާނެ... މިހާރު ނޫސް އިން ވަކި ބޭރު އާއިލާ ނުފޮނުވާ ލެވިގެން މީހާ ގަދަ ކޮށްލައިގެން އުޅޭއިރު, މާލޭގަ ވެސް އެތަށް ބައިވަރު ވިސާ ނެތް ބޭރު މީހުން އުޅޭ... މިހާރު ނޫސް އަށް އެމީހުންނެއް ނުފެނޭ... އަޅައި ވެސް ނުގަނޭ... ފެންނަ ކަމަށް ވެސް ނުހަދާ

The name is already taken The name is available. Register?

ޢަރުތަ

13 May 2025

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލްގެ ވާހަކަތައް ކިޔާލީމަ، ތިއާއިލާ އަދިވެސް ރާއްޖޭގަ ނޫޅޭކަމަށް ނިންމަން ފަސޭހައެއް ނޫން.

The name is already taken The name is available. Register?

މައްސަލައެއް ނެތް

13 May 2025

މިކަމުގައި މައްސަލައެއް ނެތް. މިގޮތަަށް ްުޅޭ އެންމެނަށް އެހެންވީރު ވިސާ ދޭންޖެހޭނެ.

The name is already taken The name is available. Register?

ރާމީޒު

13 May 2025

"އެއް ދުވަސް ވެސް އިތުރަށް މަޑުކޮށްފި ނަމަ އެ ޖޫރިމަނާ ފެށެނީ 15،000ރ. އިންނެވެ. ވަކި މުއްދަތެއް ވެއްޖެ ނަމަ ލީގަލް އިން މައްސަލަ ބެލުމަށް ފަހު، ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލަ އެވެ". މިހެން މިކަން ކުރިބާ، ނޫނީ ޤާނޫނީ އިމުގެ ބޭރުން ޖަރީމާ އެއްހިންގުމަށް ފަހު އެމީހުން ފޮނުވާލީބާ!؟

The name is already taken The name is available. Register?

100 ސެއިކު

13 May 2025

މިއީ އެމްޑީޕީގެ ވެރިކަމެއްނަމަ ޝެޢިޚުންތައް ކެކިއަރާނެ. މިހާރު ހުރިހާކަމެއްވެސް ބޮޑުއޯކޭ!

The name is already taken The name is available. Register?

ދައިލް

13 May 2025

100%

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454