ކެފޭއަށް ވަދެ ގެއްލުން ދީ ބިރު ދެއްކި މައްސަލާގައި ހައްޔަރުކުރި ދެ މީހުން؛ ދެ މީހުންގެ ބަންދަށްވަނީ ފަސް ދުވަސް ޖަހާފައި -- ފޮޓޯ: ފުލުހުން
18 ޑިސެމްބަރ 2024 - 11:22
މާލޭގެ ކެފޭއެއްގެ ތެރެއަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބަޔަކު ވަދެ އެ ތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އިންޒާރު ދިން މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަށް ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
ބަޔަކު ވަދެގަނެ ގެއްލުން ދީފައިވަނީ ހަވީރީ ހިނގުމުގައި ހުންނަ "ލެޓްސް ކޮފީ" ކެފޭއަށެވެ. ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ތަނަށް ވަދެގަނެފައިވަނީ ތިން މީހެކެވެ.
ފުލުހުން މިއަދު ބުނީ އެ ކެފޭ އަށް ވަދެ، ތޫނު ހަތިޔާރު ބޭނުން ކޮށްގެން މުވައްޒަފުންނަށް ބިރު ދެއްކި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއީ ގއ. ދެއްވަދޫ، ވައިލެޓްމާގޭ، އަހުމަދު ތައުފީގް، 31 އާއި ބ. ތުޅާދޫ، މީޒާން، އަސަދުﷲ ހާތިމް، 44 އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފަ އެވެ.
@PoliceMv we are in danger. We need help from the Police to protect our city and our belongings. Gangs have no right to steal our property. Please don't let them harm or rob our children. @MMuizzu pic.twitter.com/llUfVtqm2d
— Riyacco (@Riyacco2) December 12, 2024
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އެ ދެ މީހުންގެ ބަންދަށް ފަސް ދުވަސް ދިނީ ވަކީލަކާ އެކު ކުރިއަށް ދާން ބޭނުންވާ ކަމަށް ދެ މީހުން ވެސް ބުނުމުންނެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކެފޭގައި ޑެކަރޭޓްކުރަން ހަރުކޮށްފައި ހުރި ބައެއް ތަކެއްޗަށް އެ މީހުން ވަނީ ގެއްލުންދީފަ އެވެ. އެލުވާފައި ހުރި އެ ތަކެތި ނައްޓަމުން އެ މީހުން ބުނަމުންދިޔައީ "މިއީ ދިވެހިރާއްޖެ ކަމަށާއި މިތަނުގައި އެކަން ނުކުރެވޭނެ" ކަމަށެވެ.
އެވަގުތު ކެފޭގައި ތިބި ބިދޭސީ މުވައްޒަފުން އެ މަންޒަރު ވީޑިއޯ ކުރުމުން ވީޑިއޯ ޑިލީޓް ކުރަން ވެސް އިންޒާރު ދޭ ތަން ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
18 December 2024
މީ ޓެރަރިޒަމް ގެ އަމަލެއް.. އެންމެ 5 ދުވަހެއް ނޫން ދޭންވާނީ...
އަޅި އަލީ
18 December 2024
އަހަރުމެން ކުޑައިރު މަގުމަތީ ލާޗާރު ބިޗާރު ހެދިގެން ދަމާ ކަނޑާ ކުދިންނަށް ކިޔަނީ ޕާޓޭއިން! މިހާރު މިއީ އޭގެ ފަހުގެ ވާސަން!
ލައިޓް
18 December 2024
ފެނަ ބައްޑާއެއް! ކޯޓުން ކިހިނެއްވާނީި…؟
ހުސަ
18 December 2024
އިސްލާމްދީން ދަންނަ ކަމެއްނޫން އަނިޔާވެރިވުމާއި އަނިޔާ ދިނުމާއި ގެއްލުން ދިނުމަކީ! އިސްލާމްދީން ދަންނަކަމެއްނޫން ޙައްގަކާއި ނުލައި މީހުން މެރުމާއި ތަންތަން ގޮއްވުމާއި އިޚާނާތްރެރިކޮށް ކަންކަންކުރުން! އިސްލާމްދީން ދަންނަ ކަމެއްނޫން ވަކިގޮތަކަށް ހެދުން ލުން މަޖުބޫރު ކުރުވުމަކީ! އިސްލާމްދީން ދަންނަކަމަކީ އޮރިޔާން ނިވާކުރުމާއި ސާފުތާހިރުކަން! ކުރުތާ ލުމާއި ފައިކުރިބުރި ކުރުމާއި ބޮލުގައި ތެތްރުމާ އަޅައިގެން އުޅުމަކީ އިސްލާމްދީން ދަންނަކަމެއްނޫން!
ހޫއެވަރ
18 December 2024
އެމީހުން ނުބައިނިޔަތެއްގައި ކުރި ކަމެއް ނުން ކަންނެނގެ
އާރްޓީ
18 December 2024
ގޮސް އަމިއްލަ ރަށުގަ ތިފާޑަށް އުޅެބަލަ!
ޒަލްޒަލާ
18 December 2024
މިއީ އެބުނާ ދީނީ ހައްދުފަހަނައެޅި ބޭފުޅުންތަ؟ ކޮބާ ޔޯގާ އިވެންޓަށް ކުއްލިިހަމަލާދިން އަސްވާރުންނާ ފައިމަގު ހަނގުރާމަވެރިންގެ މައްސަލަ؟
އަޅި އަލީ
18 December 2024
ދިޒްއިޒް މޯޑިސް ޕީޕަލް
ޖަބްލާނީ
18 December 2024
އުމުރު ހަމަނުވާ ކުދިންގެ ވަނަވަރު ހާމަ ކުރުމަކީ އެދެވޭ ކަމެއް ނޫން.
ދިސް އިސް މޯޑީސް.
18 December 2024
ހިތާނު ކޮށް ނިމިގެން ޑެކެރޭޝަން ނަގަން މި ދެކުދިން އަށް ހަވާލް ކުރަން ފެނޭ. ހިލޭ ސާބަހަށް ވަރަށް ޖޯޝުގަ އެކަން ކޮށްލަ ދޭނެ.