ފުލުހުންގެ ކާރެއް: ގުރައިދޫގައި މަރުވި ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މިހާރު އިންޑިއާއަށް ފޮނުވައިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
18 ޑިސެމްބަރ 2024 - 13:32
ކ. ގުރައިދޫގައި މަރުވި ހަތަރު މަހުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު މިއަދު އިންޑިއާއަށް ފޮނުވައިފި އެވެ.
ފުލުހުން ދެންމެ ބުނީ ގުރައިދޫގައި މަރުވި ހަތަރު މަހުގެ ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު މެންދުރު 12:00ގެ ފްލައިޓަކުން އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.
އެ ކުއްޖާގެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަހުގީގުކުރަން ފުލުހުން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެ ކުއްޖާ މަރުވެފައި އޮތް އިރު ނޭފަތުން ލޭ އައިސްފައި ހުރި ކަން ވަނީ އެނގިފަ އެވެ.
ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން މައްސަލަ ތަހުގީގުކުރަން ފަށައި، ކުއްޖާގެ ހަށިގަނޑު މިހާތަނަށް ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
18 December 2024
ގާނޫނެއް، ގަވާއިދެއް އިންސާފެއް ނުހިނގާ ގައުމެއްގަ ކޮންހާ ބޭކާރު ޕޯސްޓްމޯޓަމެއް. އެކުއްޖާގެ މަރުގަ މައްސައެއް އުޅުނަސް، އެއްކަމެއްވެސް ނުވާނެ.
ގެދާނޯމޮސް
18 December 2024
ދަރިފުޅަށް އިހާނެތި ކޮށް ކަމެއްކޮށްފާނެ ކަމުގެ ތުހުމަތު ކުރޭވޭ ބަޔެއްގެ އިހްމާލުވާކަން ޔަގީން ވާނަމަ އެބަޔެއްގެ ދޮގުތެދު ދެނެގަނެވޭ ސައިންޓިފިކް ބަޔާން ނަގަން ޖެހެއެވެ. މިފަދަ ކަމެއްއިސްނުކޮށް ތިފުރާނަޔާ ކުޅުމަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭނެއެވެ. ދުވަސްދާވަރަކަށް ތިކަމުން ބަޔަކު ރެކި ފޫހިކަމެއް ފެނުން ނޫން ކަމެއްވެގެން ނުދާނެއެވެ.
ސިއްދީގ
18 December 2024
މިގައުމުގެ ކޮންމެވެސް ހޮސްޕިޓަލެއްގައި ޕޯސްޓްމޯޓަމް ހެދޭނެ ގޮތެއް ހޯދަން ވެއްޖެ. ސިފައިންގެ ބޭކަލަކަށް މިކަންތައް ކިޔަވައިދީގެން ނަމަހީވެސް. ގައުމެއްގެ ސިފަ ގެއްލޭވަރު ކަމެއްކަމަށް ދެކެންމީ. ގަބުރަށް އިހްތިރާމްއަދާ ކުރުމަކީ ދީނީ ކަމެއް. ފަސް ނައިބު މިނިސްޓަރުން ވަކިކޮށްފަ ވެސް އޭގެ މީހަކަށް މުސާރަ ދީފަ ބަހައްޓަން ވެއްޖެ. އަހަރު ދިހަވަރަކަށް ގަބުރު ބޭރަށް ފޮނުވާފަ އަނެއްކާ އަނބުރާ ގެނައުމަކީ ވެސް ހަރަދުގެ ބޭރުން ކިހާބޮޑު ވިކްޓިމަށް ދޭ އިހަނާތެއް.
ޗުުރިއްޔާ
18 December 2024
ޕޯސްޓް ޕޯޓަމް ހެދުމުން ދިވެހި އެއްވެސް ބަޔަކަށް މާލީ މަންފާއެއް ވަންޔާ އެކަން ހާމަކޮށްދިނުން އެދެން.