18 ޑިސެމްބަރ 2024 - 16:16
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރި ފަހުން، އެކަން ކުރި ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ އާދިއްތަ ދުވަހު އަމަލުކުރަން ފެށި ގާނޫނުގައިވާ ގޮތުން ވޭޕާއި އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ފުލުހުން މިއަދު ބުނީ، އެ ގާނޫނާ ހިލާފު ވެގެން އިއްޔެގެ ނިޔަލަށް ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ޖޫރިމަނާ ކޮށްފައިވަނީ ކޮންމެ މީހަކަށް 5،000ރ. ގެ ރޭޓުން ޖުމްލަ 20،000ރ. ކަމަށް ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.
ފުލުހުން ބުނީ، ގާނޫނާ ހިލާފުވެގެން ޖޫރިމަނާ ކުރެވޭ މީހުންނަށް އެކަމުގެ މައުލޫމާތު އަންގާނީ މޯބައިލް ފޯނަށް ފޮނުވާ ކުރު މެސެޖަކުން ކަމަށެވެ. މި މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމެންޓް ލިންކެއް ހިމަނާފައިވާނެ ކަމަށާއި ފައިސާ ދައްކަން ޖެހޭނީ އެ ލިންކުން ކަމަށް ފުލުހުން ބުންޏެވެ.
ގާނޫނުގައި ވާ ގޮތުން ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްގެ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާކުރާނެ އެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. އިން ޖޫރިމަނާކުރަން ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000ރ. އަށް ބޮޑުވާނެ އެވެ. އަމިއްލަ މީސްމީހުންގެ ގޭގައި ހިންގާ ސަރުކާރުގެ އޮފީސް އިމާރާތްތަކުގައިި ވެސް ދުންފަތުގެ އިސްތިއުމާލްކުރުން މަނާވާނެ އެވެ.
ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާކުރާނެ އެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. އިން ޖޫރިމަނާކުރަން ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000ރ. އަށް ބޮޑުވާނެ އެވެ. އަމިއްލަ މީސްމީހުންގެ ގޭގައި ހިންގާ ސަރުކާރުގެ އޮފީސް އިމާރާތްތަކުގައިި ވެސް ދުންފަތުގެ އިސްތިއުމާލްކުރުން މަނާވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާ ޒަކަރިއްޔާ
19 December 2024
އެންމެ ހަތަރު މީހުން ފެނުނީ؟ ދެރަ ކަންކަން ދެއްތޯ.
ބަނަފްސާ
19 December 2024
ކެފޭތަކުގައި މަނާ ސަރައްދުގައި ސިގިރޭތް ބުޔުން ނުހުއްޓުވެނީކީއްވެތޯ؟ އެވެސް ހަދާފަ އޮންނަ ޤާނުނެއް ތަންފީޒު ނުކުރެވޭ..!
ވޮލިނި
19 December 2024
ތިޔަކީ ކާނިވަލުގަ ހުރި ތަންތަނުގަ އާންމު ކަމެެެއް، އިއްޔެ ވެސް ދުށިން ކާނިވާ ޑައިންމޯގަ ވާދައަށް ވޭޕް ދަމާތަން
މެނިކެ
19 December 2024
ޖުރިމާނާ ނުދައްކައިފިއްޔާ ދެން ވާނީ ކިހިނެތް ކަން ވެސް ހަބަރު ގަ ލިޔެލިނަމަ ފުރިހަމަ ވީސް.
ދޮގުޒާބު
19 December 2024
މީ ހަމަ ހެޑްލައިނެއް އަޅާލަން ކުރި ކަމެއް. މީހަކު ޖޫރިމާނާއެއް ނުކުރޭ
ސާޖިދާ
18 December 2024
ޖޫރިމަނާ ކުރާ ގަޑީގަ ފައިސާކޮޅު އަތުލައިގެން މީހާ ދޫކުރާ ގޮތަށް އޮންނަންވާނީ ދޯ ؟ އެހެންނޫނީ ދައުލަތަށް ކިހިނެތް ބޭނުންވާ ވަރަށް ލާރި ލިބޭނީ.. ވަގުތުން ޖޫރިމަނާ ފައިސާ ނުދެއްކޭ މީހުން ފައިސާގެ ކަންތައް ހަމަޖެހެންދެން ޖަލަށް ގެންދާ ގޮތަށް ގާނޫނު ބަދަލުކުރުން ކިހިނެތްވާނެ؟ އޭރުން ސަރުކާރަށް ގިނައިން ލިބޭނީ.
ލޭގަލް ޕައިރޭޝަން
19 December 2024
ސަރުކާރަށް އަތުވި ފައިސާއެއް އަތުލާނެ އަދި އަތުލި އެއްޗެއް ހިލާ ނުދޭނެ. އެކަމަކު އަތުނުލެވުނު މީހުންނަށް ގަނޑުކޮށް މާފުވެސް ލިބޭނެ. ތަނަކަށް ވެރިއަކު ލިޔަސް އެތަނެއް ލޫޓުވާލާނެ އަދި ގެންދިޔަ އެއްޗެއް އަތުނުލެވޭނެ. ޕްރިންސިޕަލެއް ނެތީ ގާނޫނު ހެދުމުގައިވެސް ހިންގުމުގައިވެސް ޝަރީޢަތް ކުރުމުގައިވެސް! އެކަނިވެރި ދަރިންނަށް ޚަރަދު ހޯދާނުދެވޭ އެކަމަކު ވޭޕެއް ދަނާލިމާ 5000 10000ރ. ދަމާގަނެވޭ ދޯ؟
ޖޯކް
18 December 2024
ގުޑުގުޑާ ހިމެނޭނެތަ ވޭޕް ކުރާ ކެޓެގަރީގަ. އެވެސް ބޭންކުރަން އަސްލު ރަނގަޅު. މާމަ ވަރަށް ހާޑުކޮށް ބޯއެއްޗެއް. މުސްކުޅިވެރިން އެޔަށްގޮސް ހުސްވެފަ. ގައުމުގެ މުސްތަގްބަލް އޮޔާދާތަން ބަލަން ހަމަ ތިބެންވީ؟
ތުރާކުނުތަކުރު
18 December 2024
ތިކަހަލަ ސްޓިކަރ ޖަހާބަލަ ރައްޔިތުންގެ ފަައިސާއިން ވައްކަންކުރާ ވަގުންގެ ގައިގަ، މިހާރުވެސް އެއުޅެނީ އެޗްޑީސީން ރައްޔިތުންގެ ބިންތައްވަގައް ވިއްކާ ލާރިކޮޅު ކާލައިގެން، އެޗްޑީސީގެ ވެރިންގެގައިގަ ސްޓިކާރ އެއް ތަތް ކޮއްބަލަ ނިކަމެތި ރައްޔިތުންބައިތިއްބާފަ. ފުލުހުން ވީ އަސްލު ވަަގުންހިފަން، މިސްކިތުން ފައިވާނެއް، ނުވަތަ ފިހާރަޔަކުން ކޮފީޕެކެޓް އެއް ނަގާމީހާ ވަގުތުން ހައްޔަރުކުރެވޭ ގޮތައް ބޮޑެތި ޓައި އަޅައިގެން އުޅޭ ވަގުންހިފާބަލަ.
މަސްތުވާތަކެތި
18 December 2024
މަސްތުވާތަކެތިވެސް މިގޮތަށް މަނާކޮށްދޭން އެދެން. މިާރު އެއެއްޗެހި ބޭނުންކުރާ މީހުންނާ ވިއްކާމީހުން ތިބެނީ މަގުމަތީގައި ހާމަކޮށް
ލޮއްލަ
18 December 2024
ޑްރާމާ ސްކުރިޕްޓް ލިޔެ ނިމިއްޖެ. ފުރަތަމަ ބައި ކުޅެމުންދަނީ. ފަހުބައިގަ ބޮސްވައްޓާލާނެ. ހުރިހާ އަދަދެއް މާފުވާނެ. އެއީ ސީޒަން ނިމޭ ހިސާބު. އަނެއްސީޒަނު އާ ބޮހެއް ފެނިދާނެ. މިގައުމުގެ ޕޮލިޓިކްސް ހުންނަގޮތް މީ