ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
19 ޑިސެމްބަރ 2024 - 15:05
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުންތަކުން ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ސާފުވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާ އަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދިން މައްސަލަ ފެންމަތިވެ. ސަރުކާރުން އެ މީހުންނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ފެށުމުންނެވެ. ފަޒީލްގެ އެހެން ބަޔަކަށް ވެސް އެގޮތަށް ރަޖިސްޓްރީ ހަދާފައިވާކަން ވަނީ ފަޅާއަރައިފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް ފުރުސަތެއް ރައީސް މުއިއްޒުގެ ސަރުކާރުން ނުދޭކަން ރައީސްގެ ނިންމުންތަކުން ސާފުވާނެކަމަށެވެ.
ރާއްޖެއިން ކޮރަޕްޝަން މަދުކުރެވޭނީ، ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކަށް ކޮންމެ ކަމަކަށް ހުރިހާ މުއައްސަސާތަކުންނާއި ރައްޔިތުން ވެސް ނޫނެކޭ ބުނެގެން ކަމަށާއި އެ ހިތްވަރު އެންމެންގެ ކިބައިގައި ހުންނަން ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރުން ފެށިގެން ވެރިކަށް ލިބިވަޑައިގަތުމަށް ފަހު ވެސް ރައީސް މުއިއްޒު ގެންދަވަނީ ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވަމުންނެވެ.
Corruption ah evves furusatheh RJ @MMuizzu ge sarukaarun nudhevvaanekan Raees ge nimmevunthakun saafuvey. Rayyithunge haqqakah unikameh libeyne evves kameh RJ Dr Muizzah engivadaigen hingiyanudhevvaane. E yaqeenkan eba oiy.
— Adam Shareef Umar (@Adamshareefz) December 19, 2024
Raajje in corruption madhukureveynee, corruption ah…
ރިޔާސީ އިންތިހާބުގައި ލިބިވަޑައިގަތް ކާމިޔާބީއާ ގުޅިގެން ޝުކުރު އަދާކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ނަމަ ސަރުކާރުން އިސްވެ އެ ފަރާތްތަކާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި ސަރުކާރުގެ ނިޒާމުގެ ތެރޭގައި އެފަދަ ކަންކަން ހިނގުން މަދުކޮށް ސާފު ސަރުކާރެއް ގާއުމުކޮށް ދިނުމަކީ އެ މަނިކުފާނުގެ އަމާޒެއްކަމަށާއި ރައްޔިތުންނަށް ފެންނާނީ ދެފުށް ފެންނަ އެއްވެސް ކަމެއް ނުފޮރުވާ، ޖަވާބުދާރީވުމުގައި ޖެހިލުމެއް ނުވާ ސާފު ސަރުކާރެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާނެ ޔަގީން ކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނަންކަން. ހަމަ އެެހެންމެ އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި ނަމަ އެ ފަރާތަކާ މެދުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅުގަނޑުމެން ފަސްޖެހުމެއް ނެތި އަޅާނެކަން،" ރައީސް މުއިއްޒު ދާދި ފަހުން ވެސް ވިދާޅުވެފައި ވެ އެވެ.
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވުމުން ފުލުހުން ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި، ފަޒުލް ހިމެނޭ ގޮތަށް އެ ކުންފުނީގެ ބޯޑު އެއްކޮށް މިއަދު ވަނީ ސަސްޕެންޑު ވެސް ކޮށްފަ އެވެ. އަދި އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ކަމުން ފަޒީލް ވެސް މިއަދު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން އެޗްޑީސީގެ މެނޭޖުމަންޓުގެ އިސްވެރިންތަކެއް ވެސް މިއަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެއީ އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އަދި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން އެވެ.
ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން މައްސަލަ ފަޅާއެރުމުން ފުލުހުންނާއި އޭސީސީ ގުޅިގެން ވަނީ ބޮޑު ތަހުގީގެއް މިހާރު ފަށައިފަ އެވެ. އަދި ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވަނީ ފުލުހުންނާއި އޭސީސީ އަށް މިއަދު އަމުރު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތިބިގާމް
20 December 2024
އެމްއެމްޕީއާރްސީ ލިސްޓްގަ ނެތް ހައި ލެވެލް އޭރުގު ސަރުކާރުގަ އުޅުނު މީހެއް ނަތް ނެތް މީހަކީވެސް މުއިއްޒް. ވަރަށް ފާހަގަވި ކަމެއް އެއީ
ފައްސާމް ވަލީދު
20 December 2024
އަސްލުވެސް ރައީސް މުއިއްޒްއަކީ ވައްކަމާ ވަރަށް ދެކޮޅު މީހެއް. އެކީގަ އެތައް އަހަރަކު އުޅެ މިހާރުވެސް އުޅޭތީ މިބުނަނީ
ގަބޭ
20 December 2024
އާދަމް ޝަރީފަކީ ކިހާ އިޚްލާސްތެރިއެއްކަން މިކަމުން ހާމަވެއްޖެ.
ހަމަޔަގީން
20 December 2024
ވަރަށް ސާފު. އާދަނު ބުނީމައި އަހަރެމެންކަހަލަ ތަނެއްދޮރެއް ނޭނގޭމީހުންނަށް އެނގޭނީ.
ޔާނިއު
20 December 2024
މި ގައުމުގެ ވެރިކަމާ ރައީސް މުއިއްޒު ހަވާލުވީ ކޮރަޕްޝަނާ ވައްކަން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ. އެ ވައުދުތައް ފުއްދެވުމަށް އަމަލުން މަސައްކަތް ކުރައްވާނެކަން އެ ދައްކުވައިދެނީ.
މާނިއު ހަސަން
20 December 2024
އެއީ ސަރުކާރުގެ އިސް ވެރިން ވިޔަސް އެމީހުންނަށް ފިޔަވަޅު އަޅަން ޖެހޭނެ. އެއީ ކޮރަޕްޝަނަކީ ރައީސް ހުއްޓުވުމަށް ނިންމަވާފައިވާ ކަމެއް މި ގައުމުން.
ފަރީޝް
20 December 2024
ރައީސްގެ ސިޔާސަތަކީ ކޮރަޕްޝަނާ ވައްކަމާ ދެކޮޅަށް މަސައްކަތް ކުރުން. އެކަމަށް މަގުފަހިވާގޮތަށް އަމަލު ކުރާ ކޮންމެ ފަރާތަކަށް ހައްގު ފިޔަވަޅު އަޅާނެ.
ލުބްނާ ނާޒިމް
19 December 2024
މިކަހަލަ ކަންކަމަށް ރައީސް ނޫނެކޭ ބުނާނެކަން އިނގޭތީ ވޯޓް އަޅުގަނޑު ދިނީ
ތޫބާ އަލީ
19 December 2024
އަސްލުވެސް. ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އެޅީ
ނަފީލު
19 December 2024
އެމްޑިޕީ ސަރުކާރުގެ ބިތުފަންގި ނެގީމަ އިނގޭނީ ކިހާވަރަކަށްކަން ކެޔޮ ކައިފަ ހުރީ