ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް އޭނާގެ މައިދައިތަ ވީނާ ކޯޝަލްއާ އެކު.
22 ޑިސެމްބަރ 2024 - 06:25
އޮމާން، ފަން އިސްތަށިގަނޑެއް އޮންނަނީ މައިދައިތަ ތައްޔާރުކޮށްދޭ ތެލެއް ބޮލުގައި ހާކާތީ ކަމަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ބުނެފި އެވެ.
ކެޓްރީނާ "ދަ ވީކް" މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ އިސްތަށިގަނޑު ރީތިކޮށް ބާއްވަން އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އޭނާގެ ފިރިމީހާ، ބޮލީވުޑްގެ އެކްޓަރު ވިކީ ކޯޝަލްގެ މަންމަ ވީނާ ކޯޝަލްގެ ފަރާތުން ކަމަށެވެ.
ބޮލީވުޑްގައި މަސައްކަތްކުރާތާ 20 އަހަރުވެފައިވާ ކެޓްރީނާ މި ދުވަސްކޮޅު އުޅެނީ ފިލްމީ މަސައްކަތްތަކާ ތަންކޮޅެއް ދުރުގަ އެވެ. ވިޔަފާރިވެރިއެއް ވެސް ކަމަށްވާ ކެޓްރީނާގެ ފޯކަސް މި ވަގުތު ހުރީ އޭނާގެ ކޮސްމެޓިކް ބްރޭންޑުގެ ކަންކަމަށެވެ.
އެ އިންޓަވިއުގައި ކެޓްރީނާ ބުނި ގޮތުގައި، ހާއްސަ ހަފުލާއަކަށް ދާން ނޫނީ އޭނާ މޭކަޕެއް ނުކުރެ އެވެ.
"އަހަންނަކީ ސްކިންކެއާ އަށް ވަރަށް ސަމާލުކަން ދޭ މީހެއް، ސަބަބަކީ އަހަންނަކީ ހަމުގެ މައްސަލަ ވަރަށް ބޮޑަށް ހުންނަ މީހަކަށް ވާތީ. ބައެއް ފަހަރު އެހެން އުޅެމުން 'ގުއަ ޝާ' [ހަމުގެ ފަރުވާއެއް] ކަހަލަ ކަންކަން ވެސް ކުރަން،" ކެޓްރީނާ ބުންޏެވެ.
"އަހަރެންގެ މައިދައިތަ ހަދާ ތެލެއް، އެއީ ފިޔަލާއި އަމްލާ އާއި އެވަކާޑޯ އަަދި އެހެން ތިން ވައްތަރެއްގެ އެއްޗެއް އަޅައިގެން ހަދާ ތަލެއް. ގޭގައި ހަދާ މި އެއްޗެހި މާ ރަނގަޅު."
ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ ޑިސެމްބަރު 9، 2021 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2024
22 December 2024
މިއީދޯ މިކެޓް ކައިންދުވާ ނުބާ ވަހަކީ..... ބޮއިހަލަކި