ފެމިލީ ކޯޓު: އަންނަ އަހަރުގެ ބަންދު ދުވަސްތަކުގައި ވެސް ކޯޓުން ކައިވެނިކޮށްދޭނެ.
22 ޑިސެމްބަރ 2024 - 11:24
އަންނަ އަހަރު ހަފުތާ ބަންދު ދުވަސްތައް ވެސް ހިމެނޭހެން ހުރިހާ ދުވަހެއްގައި ކޯޓުގައި ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ނިންމައިފި އެވެ.
ފެމިލީ ކޯޓުން ބުނީ އަންނަ އަހަރު ހުރިހާ ދުވަސްތަކެއްގައި ކައިވެނިކޮށްދޭނެ ކަމަށެވެ. އަދި ކުރީގެ އަހަރުތަކުގައި ހަފުތާ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށް ނުދިން ނަމަވެސް ގިނަ މީހުންގެ އެދުމުގެ މަތިން އަންނަ އަހަރު ހަފުތާ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
ފެމިލީ ކޯޓުން ބުުނިގޮތުގައި ހަފުތާ ބަންދު ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހު ކައިވެނިކޮށް ދޭނީ މެންދުރުފަހު 3 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށެވެ. އަދި ހޮނިހިރު ދުވަހު ކައިވެނިކޮށް ދޭނީ ހެނދުނު 10 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށެވެ.
މީގެ އިތުރުން ރަސްމީ ދުވަސްތަކުގައި ހެނދުނު 9 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށް ކޯޓުގައި ކައިވެނިކޮށް ދޭއިރު، ކޯޓުން ބޭރުގައި ނަމަ މެންދުރުފަހު 3 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށް ކައިވެނިކޮށް ދޭނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
ފެމިލީ ކޯޓުން ބުނީ ރިސޯޓްތަކާއި ސަފާރީތަކުގައި ކައިވެނިކޮށް ދޭނެ ވަގުތުތައް ކަނޑައަޅާނީ އެކަމަށް އެދި ހުށަހެޅުމުން ކަމަށެވެ. އަދި އަންނަ އަހަރުގެ ރޯދަ މަހު ކައިވެނިކޮށްދޭން ގަޑިތައް ވެސް ފަހުން އިއުލާން ކުރާނެ ކަމަށް އެ ކޯޓުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯ ޕާލު
22 December 2024
ކައިވެނިކުރުމުގައި ނެތް ހުރަހެއް! އެކަމަކު ވަރި ގިނަވެފައިވާތީ ވަރިކުރެވޭނެ ދުވަސް ކަނޑައެޅިއްޖެ ނަމަ ވަރި މަދުވެދާނެ ކަމަށް ލަފާ ކުރެވޭ!+
މައިކާލޯ
22 December 2024
ރަގަޅު ކޮށްދޭން ޖެހޭނެ އެއީ އިނުމަށްފަހު އެކަމަނާއާއި ބައްދަލުނުވާ ދުވަހެއް ނުދޭ. ފޭސްޓްފޭސް ދިމާނުވަންޏާ ފޯނުން، ފޯނުން ދިމާނުވަންޏާ މެސެޖަކުން. ނިދަން ދާއިރު އެނދުގައި އޮވޭ، ބޭރުގައި އުޅެފައި ގެއަށް އަންނަން ލަސްވެސްޖެއްޔާ ދޮރުފާރަވެރިއަކަށް ހުރޭ. އެއީ އަހަރުމެންގެ ވިންދު. ހަތަރުދަމު ކައިވެނި ކުރަންވީ.