ކ. ގުރައިދޫ:-- ފޮޓޯ: އަހުމަދު އައިހަމް/ ދި އެޑިޝަން
22 ޑިސެމްބަރ 2024 - 16:19
ކ. ގުރައިދޫގައި މަރުވި ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު، ހަށިގަނޑު މިއަދު މާލެ ގެނެސް ވަޅުލައިފި އެވެ.
އެ ރަށުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަރުވި ހަތަރު މަހުގެ ފިރިހެން ކުއްޖާގެ މަރުގައި ޝައްކުތަކެއް ހުރުމުން ހަމަ އެ ރޭގެ މާލެ ގެނަ އެވެ. އެއަށް ފަހު، ޕޯސްޓްމޯޓަމް ހަދަން މިދިޔަ ބުދަ ދުވަހު އިންޑިޔާ އަށް ގެންދިޔަ އެވެ.
އެ މަރުގައި ފުލުހުން ޝައްކު އުފައްދަނީ އެ ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރުމުންނެވެ.
ކަށުނަމާދު ޕޭޖުގައިވާ ގޮތުން ހަތަރު މަހުގެ އެ ކުއްޖާގެ ކަށުނަމާދު ބާއްވާފައިވަނީ މިއަދު އަސްރު ނަމާދަށްފަހު ހުޅުމާލެ ސަހަރާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޮޓްފެއާ
22 December 2024
ޕޯސްޓުމޯޓަމް ހަދައިން ކާކުގެ މަރަކަށްތަ އިންސާފު ލިބުނީ. ތިދެން މިހާރު އާދައަކަށް ހަދައިފި. ޝައްކެއް ވާއިރަށް ނުޖެހޭ މަރުވީމަ ކުއްޖާ ކޮށައި ފޮތިކުރާކަށް. މަރާލިކަމަށް ޔަގީންވާނަމަ އޯކޭ. އަސްލު އޯކޭއެއްނޫން.އެއީ އިންސާފު ނުލިބޭ ތަނެއްގަ މައްޔިތަކަށް އިތުރަށް އަނިޔާކުރަނީ ކީއްކުރަން. ކިތައް މީހުން މަރައިފި މިރާއްޖޭގަ؟ 25 އަހަރު ފަހުން މިނިވަންކަން ލިބޭނެ ހުރިހާ ގާތިލުންނަށް. ދަރިން ޕޯސްމޯޓެމް ހަދަން ކަލޭމެންގެންދަނީ 25އަހަރު ފަހުން ކުށްވެރިން ފްރީ
ވެންގަބޯ
22 December 2024
ޕޯސްޓްމޯޓަމުން ނުކުންނާތީޖާ އަކީ ކޮބާ.؟ އަވަހައް ރައްޔިތުންނަށް އެނގޭގޮތައް މިހާރުން މިހާރައް ހާމަކުރޭ ރިޕޯޓް ހާމަނުކުރުމަކީ. އަހަރެން ދެކެނީީީ ރައްޔިތުންގެ ފައިސާއިން އިސްރާފް ކުރީކަމަށް ބަލާނީ ދެން މައްޔިތާއަށް ބޮޑު ތަކުލީފެއް ޕޯސްޓްމޯޓަމް ހެދިޔަސް އެއްވެސް ފަރާތެއް ކުއްވެރިއެއް ނުވޭ ދެންމީ ކީއްކުރަން ކުރާކަމެއްބާ އެހެންވެ މިބުނަނީ މީބޮޑު އިސްރާފެކޭ ޕޯސްޓްމޯޓަމް ދާހަރަދު ހާމަކުރަން ޖެހޭއެބަ ރައްޔިތުންގެ ފައިސާވާނުވާ އެނގެންޖެހޭ ރައްޔިތުންނަށް
ކެއްނުލަވާާ ބުުރާންތި
23 December 2024
ޕޯސްޓްމޯޓަމް ރިޕޯޓަކާ ދުވަސްތަކެއް ނަގާކަމެއް، ދިރާސާ ތަހުލީލުތައް ކުރުމަށް ސާމްޕަލް ނެގުމަށް ފަހު އަވަހަށް ވަޅުލަނީ މައްޔިތާއަށް އިހުތިރާމް ކުރުމުގެ ގޮތުން.
ގެދާނޯމޮސް
23 December 2024
ބަޔަކުދިފާއު ކުރަން ދައްލާފަވާ ދަޅަޔަކާވައްތަރެވެ!