މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުސަަތުތައް، ޗައިނާގެ ވިޔަފާރިވެރިންނަށް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމަށްފަހު ފިޝަރީޒް މިނިސްޓަރު ޝިޔާމާއި އެ މިނިސްޓްރީގެ އިސްވެރިން، ޗައިނާގެ ޓީމާއެކު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
23 ޑިސެމްބަރ 2024 - 12:52
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓުކުރެވޭނެ ފުރުސަތުތައް ޗައިނާގެ ވިޔަފާރިވެރިންނަށް ކިޔައިދީފި އެވެ.
ސަރުކާރުގެ ހަބަރުތައް ގެންނަ ވެބްސައިޓުގައި ފިޝަރީޒް މިނިސްޓްރީން އިއްޔެ ބުނީ، ޗައިނާގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް މެރިކަލްޗާ އަދި ބްލޫ އިކޮނޮމީ ދާއިރާއިން ހުރި ފުރުސަތުތަކާއި ސަރުކާރުން މި ދާއިރާ ކުރިއަރުވަން ކުރާ މަސައްކަތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްގީކުރުމާއި މެރިކަލްޗާ ދާއިރާއިން ކުރާ މަސައްކަތްތައް ހިމެނެ އެވެ.
ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޝިޔާމާއި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
މީގެ އިތުރުން މެރިކަލްޗާ ދާއިރާ އިން ތަމްރީން ދިނުމާއި މަސްވެރިކަމުގެ ދާއިރާއިން ދިރާސާކުރަން ޗައިނާގެ ނެޗުރަލް ރިސޯސަސް މިނިސްޓްރީގެ ފަސްޓް އިންސްޓިޓިއުޓު އޮފް އޮޝަނޮގްރަފީގެ ޓީމަކާ އެކު ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓާއި ޗައިނާގެ އިންސްޓިޓިއުޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމާ ބެހޭ ގޮތުން ވެސް ވާހަކަދެއްކި ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
24 December 2024
ސިޔާސީ ޕޯޑިއަމްތަކާއި މަޖިލީސް ގޮންޑީގައި އަނގަތެޅުމާއި، ކަންކުރުމުގެ ހުރި ތަފާތު މިހާރު މިހާރު ވަޒީރަށް އިހުސާސްވާނެ! މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރެވޭނެ ދާއިރާއެއްކަމަށް ސްޕޯޓްސްފިޝިން ބަނދަރު ތަރައްގީކުރުން ހިމެނޭކަމަށް ދެކޭނަމަ، މެރިން ރިސާރޗް ސެންޓަރު އުވާލާފައި އެކަން ބޭރު ބަޔަކަށް ހަވާލު ކުރަންވީ!
ދިވެހީންގެޗައިނާ
24 December 2024
ދިވެހިންގެ މަސްވެރިކަން ޗައިނާއަށް
ރިދި ރޯނު
24 December 2024
ކޮބާހޭ 42 ގަޑިއިރުތެރޭ ޖަމާކޮށްދޭން ބުނި ލާރި. މިހާރު 2 ހަފްތާ މިވަނީ
ފެހި ސިގްނަލް
23 December 2024
ފެހި ސިގްނަލް ލިބިއްޖެ
މަނަސް
23 December 2024
ދިވެހިވިޔަފާރިވެރިންނައް މިމައުލޫމާތުދީބަލަ !
ޑިނގާ
23 December 2024
މީ މެގަޕުރޮޖެކްޓަށް ވެދާނެ.