ސްކޫލަކުން އަތުލައިގަތް ވޭޕްތަކެއް.-- ފޮޓޯ: މިނިސްޓްރީ
24 ޑިސެމްބަރ 2024 - 16:00
ވޭޕް ބުއިން ރާއްޖޭގައި މަނާކުރިތާ ހަފުތާއެއްގެ ތެރޭގައި ނުވަ މީހަކު ޖޫރިމަނާކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާ ހިލާފުވި ނުވަ މީހަކު މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެއީ ޖުމުލަ 50،000ރ. ގެ ޖޫރިމަނާ އެވެ.
އޭގެ ތެރެއިން އެކަކު ސައިކަލު ދުއްވަމުން އީ-ސިނގިރޭޓް ބޭނުންކުރުމުން އިތުރަށް 10،000ރ އިން ޖޫރިމަނާކުރި ކަމަށް ފުލުހުން ބުންޏެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާކުރާނެ އެވެ. ހިލޭ ވޭޕް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ދުންފަތް ވިއްކުން މަނާ އުމުރު، 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ 50،000ރ. އިން ޖޫރިމަނާކުރާނެ އެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުން ވޭޕް ބޭނުންކުރުން މަނާކޮށްފައިވަނީ މި މަހުގެ 15 ގަ އެވެ.
ފުލުހުން ބުނީ، ގާނޫނާ ހިލާފުވެގެން ޖޫރިމަނާ ކުރެވޭ މީހުންނަށް އެކަމުގެ މައުލޫމާތު އަންގާނީ މޯބައިލް ފޯނަށް ފޮނުވާ ކުރު މެސެޖަކުން ކަމަށެވެ. މި މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމެންޓް ލިންކެއް ހިމަނާފައިވާނެ ކަމަށާއި ފައިސާ ދައްކަން ޖެހޭނީ އެ ލިންކުން ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާ
25 December 2024
ދެން ދުވަސްކޮޅަކުން އަޑު އިވޭނެ ތިޔަ މެސެޖް ކެންސަލް ކުރި ވާހަކަ. ޔަގީނުންވެސް މިއުޅޭ ސްޕޭމަރުން ތިޔަ މެސެޖް ކުރަން ފަށާނެ އެއަށް ލިންކްތައް ލާފައި. ދެނެއް އަސްލު މެސެޖަކީ ކޮބައިކަމެއް ސްޕޭމަކީ ކޮބައިކަމެއް ނޭނގޭނެ. މިހާރުވެސް ފުލުހުން އިރުއިރުކޮޅާ ޓީވީތަކުން ހޭލުންތެރި އެކުރަނީ ލިންކްތަކަށް ނުފިތާށޭ ނުފިތާށޭ. އެހެން ކިޔާފައި ލިންކް ފޮނުވީމާ ވާނީ ކޯއްޗަކަށް. ބަގަލަ ތިކުރާ ޖޫރިމަނާ އެއް ކޮށްފީމޭ، މީރާއަށް ދައްކާލާށޭ ކިޔާފައި މެސެޖެއް ކޮށްބަލަ.
ކޮރަލް
24 December 2024
ވޭޕް ކުރީން ވިއްކި ތަންތަން ބަންދެއް ނުކުރެ އެވެ. އޯސީސީ ވެސް ފުރިފަ އެވެ.
ކެކެކެކެކެކެކެކެކެ
24 December 2024
ގެސްޓުން ވޭޕް ގެނެސްގެން އެބަ ބޮއެ ނަގާ މަގުމަތީގަ!
އައްޕަތުރަެ
24 December 2024
މަގުމަތީ މިއުޅޭ ޕާޓޭން ޖޫރިމަނާ ކުރޭތޭ..
މުނީރު އަލީ
24 December 2024
ހުޅުމާލޭ ހުރަވީ ސްކޫލް ކައިރި ކަންމަތީ ގައި ތި ބޭނުން ކުުރޭ. ފިޔަވަޅު އަޅަން އާދޭ !! ފޭވްމަންޓް ކެފޭ ތަކުގައި ވެސް އާއްމު ކަމެއް.
މާނުބެ
25 December 2024
ބްރައިޓްވޭ ކައިރީގަ ހުންނަ ރިއޯގުރޭންޑް ރެސްޓޯރެންޓުގަވެސް ބޭރުގަ މޭޒުޖަހައިގެންބޮއެނަގަނީ ސްކޫލްކުދިންނައްވެސްފެންނަގޮތައް !
ޖަމީލުބެ
24 December 2024
ޖޫރިމަނާ ދައްކަން ޖެހެނީ ކިތައް އަހަރުގެ ތެރޭގަތޯ؟
އިބުރާ
25 December 2024
ބައިބަޔަށް ބަހާލައިގެން. ކޮންމެ ދުވަހަކަށް ވަކި ވަރެއް. ދެން ދުވަސްކޮޅަކުން އަޑު އިވޭނެ ތިޔަ މެސެޖް ކެންސަލް ކުރި ވާހަކަ. ޔަގީނުންވެސް މިއުޅޭ ސްޕޭމަރުން ތިޔަ މެސެޖް ކުރަން ފަށާނެ އެއަށް ލިންކްތައް ލާފައި.