ފުލުހުންގެ ވެހިކަލެއް: ގޯތި މައްސަލާގައި ތުހުމަތުވާ އެންމެންގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ ހިފަހައްޓައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
25 ޑިސެމްބަރ 2024 - 22:07
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދިން މައްސަލާގައި، އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ އެންމެންގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.
ފުލުހުން ދެންމެ ބުނީ އެ އެންމެންގެ އިލެކްޓްރޯނިކް ސާމާނު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މި މައްސަލައާ ގުޅިގެން އެޗްޑީސީން ސަސްޕެންޑްކުރި 15 މުވައްޒަފުންނާއި ހައުސިން މިނިސްޓްރީން ސަސްޕެންޑްކުރި 10 މުވައްޒަފުންނެވެ. ފުލުހުން ކުރާ ތަހުގީގާ ގުޅިގެން އެ އެންމެންގެ ޕާސްޕޯޓު ވެސް މީގެ ކުރިން އޮތީ ހިފަހައްޓައިފަ އެވެ.
މި މައްސަލާގައި އެޗްޑީސީގެ ވަޒީފާއިން ވަކިކުރި ބައެއް މުވައްޒަފުންނާއި ބޯޑު މެމްބަރުންގެ ވަޒީފާ މިއަދު ވަނީ އަލުން އިޔާދަ ވެސް ކޮށްފަ އެވެ. އެކަމަކު، އަދިވެސް އެ މީހުން ތިބީ ސަސްޕެންޝަނުގަ އެވެ.
ގޯތި ލިބުނު ކަމުގެ ވަގު ލިޔުން ހެދި ކަމަށް ތުހުމަތުވާ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ފޯނު ވެސް ފުލުހުން ވަނީ މިއަދު ހިފަހައްޓައިފަ އެވެ. ފަޒީލްއަކީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.
ފަޒުލް އަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ ބޭބެ، ފަަޒީލް އަށް ހުޅުމާލެ އިން ބިމެއް ދިން މައްސަލައެއް ހިމެނެ އެވެ.
އެ މައްސަލަ ފެންމަތިވުމުން އެމްޑަބްލިއުއެސްސީ ވަނީ ފަޒީލް ސަސްޕެންޑުކޮށްފަ އެވެ. އަދި އެޗްޑީސީން ފަޒުލް ވެސް ސަސްޕެންޑުކުރި އެވެ. ފަޒުލް ސަސްޕެންޝަންގައި ހުންނަވައި ވަނީ ފުލުހުންނާއި އޭސީސީގެ ތަހުގީގަށް ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވެ، އެޗްޑީސީގެ އެމްޑީ ކަމުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިސްތިއުފާ ދެއްވައިފަ އެވެ.
މި މައްސަލާގައި ފުލުހުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފަޒުލްގެ ގެ ބަލައި ފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންގެ އިތުރުން އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމްޒާން
26 December 2024
ބަޔަކު ބުނާނެ އަދިވެސް ވައްކަންތައް މިސަރުކާރުން ނުބަލާނެޔޭ. ފެނޭ
ސައިޚް
26 December 2024
ފުލުހުން ކުޅޭ ހެއްވާ ޑްރާމާ،
ރިމާހް
26 December 2024
ގޯތީގެ މައްސަލާއިގަ އަވަސް ފިޔަވަޅު އަޅައި ރައްޔިތުންގެ އިތުބާރު ރައީސް މުއިއްޒު މި ހޯއްދެވީ، ބަޔަކަށް މިކަން ހަޖަމްވިޔަސް ނުވިޔަސް މީ ހަގީގަތް
ނުއުމާން
26 December 2024
އެމްޑީޕީ އާ ޔާމީން އަށް ދަންނަވާލަން އޮތީ ރައީސް މުއިއްޒު އޭ ކިޔާއިގެން ކަލޭމެންނަށް ދެއްކޭނެ ވާހަކައެއް ނޯންނާނޭ.. ބަލަ ކަލޭމެންގެ ވެރިކަމުގަ މުށް ޖަހައިގެން ކެއިރު ބަލަހައްޓައިގެން ތިބީ، މި ސަރުކާރުން ވައްކަމެއް ޓޮލަރޭޓެއް ނުކުރާނެ
މިރުޒާގް
26 December 2024
ބަރާބަރު ބޮޑެތި މަގާމްތައް ލިބުނީމަ ނުޖެހޭނެ ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވާކަށް.
ޝަހުމް އާދަމް
26 December 2024
އުފާވެރި ހަބަރެެއް. މީގެންވެސް ޔަގީންވަނީ ސަރުކާރުން ޖަރީމާ ހިންގާ ހުރިހާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަން. ގާތް މީހަކަށް އެހެން ބެލުމެއް ނޯންނާނެކަން.
ސޮބާހް އަހްމަދު
26 December 2024
އަހަންނަ އެއްމެ ފާހަގަވަނީ މިސަރުކާރުގެ އިހްލާސްތެރިކަން މިކަމުގައި. ގޯސްކޮށް ކަމެއް ކޮށްފަ އޮތްކަން އެގިގެން އެކަން މިދަނީ ހެޔޮ ގޮތުގައި ބަލަމުން. މިހެން މިކަން ވާންޖެހޭނެ
އަޒުމް މުހައްމަދު
26 December 2024
މިދިޔަ އެއްވެސް ސަރުކާރަކަށް ތިމާމެން އަމިއްލަ ސަރުކާރުގައި ހޭވި ހަޑި ބެލިފައެއް ނެތް. އަދި ކެރުނު ބަޔެއްވެސް މި ސަރުކާރު ނޫނީ ނެތް. މީ ހަގީގަތުގައި ނަމޫނާ ސަރުކާރެއް.
އަހްމަދު ޒަރީރް
26 December 2024
އަދިކިރިޔާއެއްނު ވައްކަން ބަލަން ކެރޭ ސަރުކާރެއް މިއައީ.
ފަޅުމަސް
25 December 2024
ފޯނުތަކާ އެއްޗިހި އާކޮށް، އަތުގައި ހުރި ހެއްކެއްވިއްތާ ނައްތާލަން ލައްކަ ވަގުތު ލިބިފަތާ އޮންނާނީ ޖޮބަށް ނުނިކުމެ ސަސްޕެންޝަނުގައި ތިބި 5 ވަރަކަށް ދުވަހު..
އުދުހޭ
26 December 2024
ޓު ޕްރޮޓެކްޓް އެންޑް ސަރވް ދަ ސަސްޕެކްޓް