ސަލްމާން ހާންގެ "ސިކަންދަރު"ގެ ޕޯސްޓަރެއް.
29 ޑިސެމްބަރ 2024 - 06:19
ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "ސިކަންދަރު"ގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.
މިނެޓާއި 41 ސިކުންތުގެ މި ޓީޒާގައި ދައްކަނީ ސަލްމާން އޭނާގެ ދުޝްމަނުންގެ ބަޔަކާ ތަޅާފޮޅާ ތަނެވެ. ބެލެވޭ ގޮތުގައި، މި ވެސް ވަރަށް ވަރުގަދަ އެކްޝަން ފިލްމަކަށް ވާނެ އެވެ.
ސަލްމާންއާ އެކު، މި ފިލްމުގައި ލީޑު އެކްޓްރެސްގެ ރޯލުން ފެންނާނީ ރަޝްމިކާ މަންދަނާ އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ އާމިރް ހާންގެ މަޝްހޫރު ފިލްމު "ގަޖްނީ" ޑައިރެކްޓުކުރި އޭއާރް މުރުގަޑޮސް އެވެ. ސަލްމާންއާ އެކު އޭނާ މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރެވެ.
ރަޝްމިކާ އެންމެފަހުން ފެނުނީ މިދިޔަ އަހަރު ނުކުތް ބޮލީވުޑްގެ ބްލޮކްބާސްޓާ ފިލްމު "އެނިމަލް" އިންނެވެ. ރަންބީރް ލީޑު ރޯލު ކުޅުނު އެ ފިލްމަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެއް ފިލްމެވެ.
ސަލްމާންގެ އެކްޝަން ފިލްމު "ސިކަންދަރު" ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ކުޑަ އީދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
29 December 2024
މީނަޔަށް ދިމާކުރާ ޝިކާރަ ވެރިންނަށް ދޭއިންޒާރުގެ ފިލްމަކަށް ތިވަނީ އެވެ.