ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ މެދުގައި ގުރުއަތު ނެގުން ކުރިއަށް ގެންދަނީ.---ފޮޓ
29 ޑިސެމްބަރ 2024 - 20:11
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަމުރަކަށް ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމާ ގުޅޭ ހާއްސަ ތަހުގީގެއް ފުލުހުންނާއި އޭސީސީން ފަށާފައިވާތީ، ހެކި ހޯދަން ފުލުހުން ގާއިމްކުރި ޕޯޓަލް އަށް މިހާތަނަށް 16 މީހަކު މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ، މިދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި 16 މީހަކު ތަހުގީގަށް ބޭނުންވާ މައުލޫމާތު ދީފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކު ވަނީ މައްސަލަތަކާ ގުޅުން ހުރި ލިޔުންތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައި ކަމަށެވެ.
ފުލުހުންގެ މި ހާއްސަ ޕޯޓަލް މެދުވެރިކޮށް ތަހުގީގަށް މައުލޫމާތު ދޭން ހުޅުވާލީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭގަ އެވެ.
ފުލުހުން މިއަދު ބުނިގޮތުގައި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓްތައް ދޫކުރުމުގައި ހިންގާފައިވާ ޖަރީމާތައް ބަލަން ހިންގާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލައިފަ އެވެ.
"މައުލޫމާތާއި ހެކި ހިއްސާ ކުރައްވާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅުއްވިދާނެ އެވެ. ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކު ވެސް ހިއްސާ ކުރެއްވިދާނެ އެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައުލޫމާތުތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައި ވަނީ ޕޯޓަލް އަށް ލިބޭ މައުލޫމާތުތަކަށް ބަލައި، އެއްވެސް މީހަކާ މެދު ޖިނާއީ ތުހުމަތުތަކެއް ކުރެވޭ ނަމަ ޖިނާއީ ތަހުގީގުގެ ތެރެއިން ބަލައި ދައުވާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށެވެ.
"އެއްވެސް ބޭފުޅަކާ ދޭތެރޭގައި ނާޖާއިޒު ގޮތެއްގައި ކަމެއް ކޮށްފައި އޮތީ ނުވަތަ އުސޫލުން ބޭރުން އަމަލު ކޮށްފައި އޮތީ. އެހެންވެއްޖެ ކަމަށް ވަނީ ނަމަ އަޅުގަނޑުމެން އެ ކަމެއް ބަލާނަން. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ޝުޖާއު ވިދާޅުވެފައި ވެ އެވެ.
ބިންވެރިޔާ/ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނާއި އޭސީސީ އަށް ޕީޖީ އަމުރު ކުރެއްވީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ ގެދޮރުވެރިޔާގެ ސްކީމްގެ ފޯމު ބަލައިގަތުމާއި ގޯއްޗާއި ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.
ޕީޖީގެ އަމުރެއް އައީ އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުގެ ގޯތީގެ ރަޖިސްޓްރީގައި ނެތި އޭނާ އަށް ގޯއްޗެއްގެ ހުއްދަ ދޫކޮށްފައިވާ މައްސަލައެއް ފެންމަތިވެ، ގޯތިތަކުގެ މައްސަލަ ވަރަށް ބޮޑުވުމުންނެވެ. އެ ހޫނުގަނޑުގެ ތެރޭގައި ފަޒުލް މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް، މިދިޔަ ހަފުތާގެ މި މަހުގެ 21 ވަނަ ދުވަހު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއަކުން ދަންނަވައިފަ އެވެ. ފަޒުލްއާ އެކު، އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ހިމެނޭ ގޮތުން 20 މީހެއްގެ ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
30 December 2024
ހެކި ދޭމީހާ ކުއްވެރި ނުވެއްޖިއްޔާ ރަނގަޅެވެ.
ޜުތމހ
30 December 2024
މީގަ ކޮންމައުލޫމާތެއްތަ ދޭން އޮތީ މިއީ ރޭސިސްޓް ހަމަތަކުގެ މަތިން ދީފަ ހުރި ގޯތި ތަކެއް، މިޢި އިޒްރޭލުގަ އަދި 80ގެ ފަހު ކޮޅު ސައުތްއެފްރިކާގަ ގެންގުޅުނު ނަސްލީތަފާތު ކުރުމުގެ ބައެއް، މިކަމަކުގެ ސަބަބުން މުސްތަގްބަލްގައި ރައްފުށު މީހުންވެސް ނިކުންނާނެ އެރަށެއްގެ އުފަން މީހުންނަށް ގޯތިދޭން ޝަރުތު ކުރަން
ބިޑިތަކުރު
30 December 2024
ގޯތި ސްކީމްތަ؟ ގޯތި ސްކޭމްތަ؟
ބަޑިތަކުރު
30 December 2024
ކަރުދާސްކޮޅަށް ހީރަސްޖެހުންފަދަ ކަންކަން ކުރުމަކީ އިންސާފުވެރި ގުރުއަތަކަށް ނުވެދާނެ ކަންކަން. މީގެ ކުރިންވަނީ ކޮންމެސްރަށެއްގައި އެންމެ ރަނގަޅު ގެވަޅުތައް ފާހަގަކުރުމަށްޓަކައި ވަކިގޮތަކަށް ހީރަސްޖަހައިގެން އެކަންކުރި މީހުން ބޭނުންވާ ބަޔަކަށް އެންމެ ރަނގަޅުތަންތަނުން ގޯތިދީފައި. ހުޅުމާލޭގައި ވެސް ނެގި ގުރުއަތެއްގައި މިފަދަ ގޮތަކަށް ކަންތައް ކޮށްފައިވާކަމަށް އަޑުއަރާފައިވޭ.
އައްސަދު ޝަރީފް
30 December 2024
ވަރަށް ރަނގަޅު. ހުރިހާ ކަމެއްވެސް ދެކޮޅު ބަލާފަ ކުރިޔަށް ގެންދަންވާނީ. އެހެން ނޫނީ އެތައް ބަޔެއްގެ ހައްގު ގެއްލޭނެ. އެކަހަލަ ގޮތަކަށް މިދިޔަ ސަރުކާރުން ގޯއްޗާ ފްލެޓް ބެހީ
ސޫދާ ސޮބްރީ
30 December 2024
އަކްރަމް ކަމާލުއްދީން މެން ހުސް ޖަރީމާ ހިންގާފަ ވެރިކަން ނިންމާލީ. ގާތް މީހުންނަ ބަހާލާފަ ދިޔައީ
ނޫރޫﷲ
30 December 2024
އެމްޑީޕީއިން ނުހައްގުން ދިން އެއްޗެސް ތަހްގީގް ކޮށް ހައްގުވެރިން މި ސަރުކާރުން ކަށަވަރުކުރާތީ ވަރަށް އުފާވޭ
އަސްރަފަ
30 December 2024
ތިހުރިހާ ގޯއްޗެއް އަތުލާފަ ފުލެޓް އަޅަންވީ. ތިއީ ރައީސް ސޯލިހު މިރާއްޖޭގެ ތާރީހުގަވެސް ހިންގެ އެންމެ ބޮޑު ޖަރީމާ
ސިލްމާ ޒާހިރު
30 December 2024
ތިޔަ ސްކީމުން އެންމެންނަށް ޕޮއިންޓް ލިބުނުގޮށް ހާމަކުރޭ. ކޮންމެ ކަނޑައެޅިފައިވާ ކްރައިޓީރިއާ އަކުން ޕޮއިންޓް ލިބުނުގޮތް ނޭނގޭ އިރު ކޮން ޝަކުވާއެއްތޯ ހުށަހެޅޭނީ. ތިއުޅެނީ ގޮތް ދައްކަން. އިންސާފު ޤާއިމުކުރާކަށެއް ނޫން. 10 ދުވަހުން އެންމެ 16 ޝަކުވާއޭ ލިބުނީ ކިޔައި ރައްޔިތުން ބޮލަށް ކަނޑާލަން. ދޮގު މަޢުލޫމާތު ދިން އެންމެން ޑިސްކޮލިފައިކޮށްބަލަ. ދެން ބަލާބަލަ ޝަކުވާ ލިބޭ މިންވަރު. ހާމަކޮށްބަލަ. ކީއްވެ ފޮރުވަންވީ؟
އަލީ1
29 December 2024
ކުރީގެ ވެރިން ހެދި އުސޫލް އިސްލާހުކޮށްފަ ގޯތި ނުލިބޭ މީހުންނަށް ދީބަ.އެގޮތަށް ހަމަނުޖެހޭ އުސޫލަކަށް މިސަރުކާރުން ވެސް ގަބޫލު ކުރަނީތޯ؟