އެންމެފަހުން ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު މާލޭގެ މަގެއްގައި ބެނާތައް ހަރުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
30 ޑިސެމްބަރ 2024 - 07:23
މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރާ ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ "މިހާރު" އަށް ވިދާޅުވީ އެ ކަހަލަ ޝަކުވާތަކެއް ލިބިގެން އެ މައްސަލަތައް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް، އެއީ މާ ގިނަ އަދަދެއްގެ ޝަކުވާ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދޭތެރެދޭތެރެއިން އެކަމުގެ ޝަކުވާ އާދޭ އެކިއެކި ޕާޓީތަކަށް، މީހުންނަށް ނޭނގި ވައްދާފައިވާ ކަމުގެ،" ޒަކަރިއްޔާ ވިދާޅުވި އެވެ.
އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ނޭނގި އެ މީހުން އެހެން ޕާޓީތަކުގެ ދަފްތަރުގައި ހިމަނަމުންދާ ކަމަށް ބުނެ އެ ޕާޓީން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުން އެހެން ޕާޓީތަކުގެ ދަފްތަރުގައި އަދި ވަކިން ހާއްސަކޮށް، ވެރިކަންކުރާ ޕީއެންސީގެ ދަފްތަރުގައި ހިމަނަމުންދާ ކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި 2005 ވަަނަ އަހަރުން ފެށިގެން ހުންނެވި، އަދި އެމްޑީޕީ ސަރުކާރުގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް) ވެސް އޭނާ މިހާރު އޮތީ ޕީއެންސީގެ ދަފްތަރަށް ބަދަލުކޮށްފައި ކަމަށް ވިދާޅުވެ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅުއްވާފައިވެ އެވެ. މަނަދޫ ދާއިރާގެ ރައީސްގެ މަގާމުގައި ހުންނެވި ތޯރިގް ވަނީ އޭނާގެ ޒާތީ މައުލޫމާތު ވަގަށް ބޭނުންކޮށް ޕީއެންސީއަށް ފޯމު ފުރާފައިވާ މައްސަލަ ބަލައިދިނުމަށް އެދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ފޮނުއްވި ސިޓީ ވެސް ސޯޝަލް މީޑިއާގައި އާންމުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާބޭ
30 December 2024
މަ ކަންބޮޑުވަނީ ޕާޓީ ބަދަލުކުރާތީއެއްނޫން. ޕާޓީއަށް ނުވަދެ ތިބި އެތަށް ބައިވަރު މީހުންގެ ޙައްޤު ފައިސާ ބަޖެޓުން ދަމައިގަނެ ބަޖެޓުގެ ތެރެއިން ޕާޓީ ތަކަށް ބަހަން ބިލިޔަނުން ފައިސާ ފޭރިގަނެގެން ނަގާތީ. ދުނިޔޭގެ ކޮން ޤައުމަކުންތޯ ޕާޓީ ހިންގަން އެދައުލަތަކުން ފައިސާ ޚަރަދު ކިރަނީ. މިކަން ހުއްޓުވަން ރައްޔިތުން ނުކުންނަންވީ. ވޯޓު ރިޝްވަތު ބަހަނީވެސް މިފައިސާއިން. ހުއްޓާލަ. ފަސާދަ ފައިސާ ހުއްޓާލަ.
ސުމީނާ
30 December 2024
ތިޔައީ ބޮޑުވެއްޖެ މުސީބާތެއް، ދެހާސް ތޭރައިގައި ވަޒީފާއަކަށް ކުރިމަތިލާންވެެެގެން ޕާޓީއެއްގެ ދަފުތަރުގައި ނެތްކަމުގެ ލިޔުމެއް ހޯދަން އިލެކްސަނަށް ލިޔުމުން އައީ ސަޕްރައިސް ޖަވާބެކެވެ. މަގޭ ނަން މަހުޖަނަކު ހިންގާ ޕާޓީއެއްގެ ދަފުތަރުގައި އޮތްކަމަށެވެ. މަމީ ސިޔާސީޕާޓީއެއްގައި ދުވަހަކުވެސް ބައިވެރިވާން ހިތަށްވެސް އެރި މީހެއްނޫނެވެ. މިކަހަލަ ކިތައްމެ ކަމެއް ހިނގާފައި ހުންނާނެއެވެ.
ޝިޔާޒް އަލީ
30 December 2024
އެމްޑީޕީ ދެކެ މީހުން ފޫހިވެ ޕާޓީއިން ވަކި ވުމަކީ އަހަރުމެންގެ މައްސަލައެއްތަ؟
ފަރުހަތު އަލީ
30 December 2024
ތީ އާކަމެއްތަ އެމްޑީޕީއިން މާ ބޮޑު ކަމަކަށް ހަދައިގެން ތިވާހަކަ ދައްކަނީ ތި؟ ބައްލަވާ 2021 ވަނަ އަހަރު މަވެސް އިނީ މަށަށް ނޭނގި އެމްޑީޕީއަށް ވައްދާފަ
ހަމްދާ
30 December 2024
އެމްޑީޕީ އުވެނީ ސަބަބެއް ނެތި އެއްނޫން، ރައްޔިތުން މާޔޫސް ކުރީ ވެރިކަން ލިބުނު ދެފަހަރުވެސް
ލުގުމާންް
30 December 2024
ޕީއެންސީއަށް ރައްޔިތުން ގުޅިގެންދަނީ ރައީސް މުއިއްޒުއަށް ކުރާ ތާއީދުން، ރައްޔިތުން ގަބޫލު ކުރޭ މި ވެރިކަމަކީ ވައްކަމަކަށް ފުރުސަތު ދޭނެ ވެރިކަމެއްނޫންކަން.
ސައުދޫން
30 December 2024
އެމްޑީޕީ އަކީ ތިކަމުގެ ތާރީހެއް އޮންނަށް ބައެއް، މަށަކީ ޑިމޮކުރެޓެސްގެ މީހެއް މަމީ ފުރަތަމަ 500 މީހުންގެ ތެރޭގަ ސޮއިކުރި އެކަކަށް، އެކަމަކު އަދިވެސް އިނީ އެމްޑީޕީގަ، އިލެކްޝަނުން މަށަކީ ޑިމޮކުރެޓުގެ މީހަކަށްވެސް ބަދަލުވި އަނެއްކާ އެމްޑީޕީއަށް ދިޔަގޮތެއް ނޭގެ
އައިޝަތް ސުވޭދާ
30 December 2024
މައްސަލައެއް އައިއްޔާ ބަލަންވާނެ. ފިޔަވަޅުވެސް އަޅަން ވާެނެ. އެކަމަކު އީސީ އިން އަހާބަ އެމްޑީޕީ ކައިރީ މިދިޔަ އަހަރު އަޅުގަނޑު އައިޝަތް ސުވޭދާ ނ.މަނަދޫ އެމްޑީޕީއަށް ވެއްދީ ކިހިނެއް ހޭ؟ ސޮއި ހޯދާ؟ ފިންގާ ޖެހީ ކިހިނެއްތޯ؟
ޝަބާނާ އަލީ
30 December 2024
އީސީ މިސަރުކާރު އައިފަހުން މިނިވަން ކަން ވަރަށް ފާހަގަވޭ. އެހެން ވެރިކަމެއްގައި މިކަހަލަ ސްޓޭޓްމެންޓެއް ވެސް ނާދޭ
ސިފްހާން
30 December 2024
އެމްޑީޕީ ގަ ހުންނާކަށް މިހާރު ބަޔަކު ބޭނުން ނުވޭ. އެއީ ދެން މިހާރު ޕާޓީއެއްތައް