އެމްޑީޕީން މިފަހުން މާލޭގައި ބޭއްވި އެއްވުމެއްގައި އެ ޕާޓީގެ މީހުންނާއި ފުލުހުން.-- ފޮޓޯ: މިހާރު
16 ޖެނުއަރީ 2025 - 19:09
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސައްހަ ނޫން މެމްބާޝިޕް ފޯމުތަކުގެ މައްސަލަ ބަލައިދޭން އެމްޑީޕީން ވެސް ޕޮލިހުގައި މިއަދު އެދިއްޖެ އެވެ.
އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީ އަށް މީހުން ވެއްދި މައްސަލާގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގުކުރުމަށް ފުލުހުންނާއި އޭސީސީއަށް އެ ޕާޓީން ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަތައް ތަހުގީގުކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގައި ވެސް އެދިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އޮޅުވާލައިގެން ފޯމް ހުށަހަޅާ މައްސަލާގައި މިފަހުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި ޕީއެންސީއަށް ބަދަލުކުރުމުންނެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑޭޓާބޭސް ބޭނުންކޮށްފައިވާ ކަމަށް ބުނެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލާގައި ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް ޕީއެންސީން ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް އެއްބަސްވެފަ އެވެ. އަދި އީސީން އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައި ވާތީ، ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
17 January 2025
އެމްޑީޕީންތައް ތިޔަހާ ނަޒާހަތްތެރިވީމަ ވ.އުފާކުރަން. އިސްލާހު ވީކަމަށް ހީކުރަން. ދެންވެސް ސަރުކާރެއް އަތުޖެހެންދެން ނިކަން ނަޒާހަތްތެރި ތެދުވެރި ހުދުކާފޫރު ކޮޅެއްފަދަ ބޯކިރުތިކެއްފަދަވާނެ. ހީލަތުން ފުރިފަ.
ޑީއެން އާރު
17 January 2025
ކަލޯ ގަޑު ބަޑު ހަދާލައިގެން ނޭގޭ ކިތަށް ބަންގާޅީން ކަމަށް ވެއްދީ ވެސް
ސަލަބް
16 January 2025
ޑީއެންއާރގެ ވެރިންނާއި ސުވާލުކުރުމެއްނެތްބާ؟؟ދައުލަތުގެ މުއައްސަސާއެއް ޕީއެންސީގެ ޖަގަހައަކަށް ހަދާލީ..
އަޒްރާ
16 January 2025
ދޮންރިހަ ކައްކަން ފެށީދޯ؟
1828
16 January 2025
ނުބަލާނެ. ނަމަވެސް މިއީ ބަލަންޖެހޭ މައްސަލައެއް. ބައެއްގެ ސޮއި ފޯޗުކޮށްގެން، ޑީ.އެން.އާރއިން އެބައިމީހުންގެ ޕޮޓޯ 'ވަގަށް' ނަގައިގެން ފޯމްފުރައިގެން އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަކީ ކުޑަކަމެއްނޫން. ސަރުކާރުގައި ތިބުމަކީ ސަރުކާރުގެ މުދަލުން ވަށްކަންކުރަން ލިބޭ ލައިސަންސެއްނޫން. ދެން އެމް.ޑީ.ޕީގެ ވެރިކަމެއް އަޔަސް މިފަދަ މައްސަލަތައް ނުބަލާނެ. އެއީ ދެރަކަމަކީ.
މިއައު
16 January 2025
ޕޮލިހަށް އާދޭސް ދަންނަވައިންތަ މިކަން ކުރަން ޖެހެނީ؟