އޮގަސްޓް 25، 2008: ކޮލޮރާޑޯގެ ޑެންވާގައި ހުންނަ ޕެޕްސީ ސެންޓަރުގައި ބޭއްވި ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަން 2008 ގައި ޖަލްސާގައި އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ އެއްވެ ތިބި މީހުންނަށް އަތުން އިޝާރާތްކޮށްލައްވަނީ. --ފޮޓޯ: އޭއެފްޕީ
30 ޑިސެމްބަރ 2024 - 05:56
އެމެރިކާގެ ކުރީގެ ރައީސް އަދި ނޯބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ ޖިމީ ކާޓާ އުމުރުން 100 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
ޖޯޖިއާގެ ރަށްފުށު ހިސާބަކުން ވަރަށް އާދައިގެ ދިރިއުޅުއްވުމަކުން އެމެރިކާގެ ރައީސްކަމަށް ވަޑައިގެން 1977 ވަނަ އަހަރުން ފެށިގެން 1981 ވަނަ އަހަރާ ހަމައަށް ކާޓާ ވަނީ ވެރިކަން ކުރައްވައިފަ އެވެ.
އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތަކުގައި ކާޓާއަށް އައީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭނާ އުފަންވި ޖޯޖިއާގައި ހުންނަ ގޭގައި ބާއްވައިގެން ފަރުވާ ދެމުންނެވެ. ކުޑަކުޑަ އަވަށެއް ކަމަށްވާ ޖޯޖިއާ އަކީ ކާޓާ އެއް ދުވަސްވަރެއްގައި ބަދަން ދަނޑެއް ހައްދައި ވިޔަފާރި ވެސް ކުރެއްވި ތަނެކެވެ. ޕީޗް ސްޓޭޓްގެ ގަވަރުނަރުކަން ހޯއްދަވައި އަދި ފަހުން ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތީ އެ މަސައްކަތަށް ފަހުގަ އެވެ.
ކާޓާ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަވަހާރަވި އިރު އާއިލާގެ ބޭފުޅުން ގާތުގައި ތިއްބެވި ކަމަށެވެ.
"ބައްޕައަކީ ހަމައެކަނި އަޅުގަނޑަށް ނޫން، ސުލްހަ އާއި އިންސާނީ ހައްގުތަކާއި އަމިއްލަ އެދުންތައް އިސް ނުކުރުމަށް ލޯބިކުރާ އެންމެންނަށް ވެސް އެއީ ބަތަލެއް،" ބަޔާނުގައި ކާޓާގެ ދަރިކަލުން ޗިޕް ކާޓާ ވިދާޅުވެފައިވެ އެވެ.
ކާޓާ ވެރިކަން ކުރެއްވި ދައުރުގައި އިންސާނީ ހައްގުތަކާއި އިޖުތިމާއީ އަދުލު އިންސާފު ގާއިމުކުރުމަށް ބޮޑު އިސްކަމެއް ދެއްވި އެވެ. ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކާޓާ ވަނީ އިޒްރޭލާއި މިސްރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރައްވައިފަ އެވެ. ނަމަވެސް އޭނާގެ ވެރިކަމުގައި 1980 ވަަނަ އަހަރު ވަނީ އީރާނުގައި އެމެރިކާގެ 52 މީހަކު ރަހީނުކުރުމުން އެ މީހުން ސަލާމަތްކުރުމަށް ހިންގި ނާކާމިޔާބު އޮޕަރޭޝަނުގެ ފާޑުކިޔުމާ ކުރިމަތިވެފަ އެވެ. އަދި ތެލުގެ މައްސަލަ ހައްލުކުރުމުގައި ގެންގުޅުއްވި ސިޔާސަތަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
އެ އަހަރުގެ ނޮވެމްބަރު މަހު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ރޮނަލްޑް ރޭގަން ވަނީ ކާޓާގެ މައްޗަށް ރިޔާސީ އިންތިހާބުގައި ކުރި ހޯއްދަވައިފަ އެވެ.
ކާޓާއަށް ސިކުނޑީގެ ކެންސަރު ޖެހިފައިވާކަން 2015 ވަނަ އަހަރު އިއުލާނުކުރި އެވެ. އެކަމަކު ކާޓާ ވެފައިވަނީ އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުންނެވި ރައީސަށެވެ. އަދި އޭނާ އަކީ ސިއްހީ ހާލު ގޯސްވަންދެން ވެސް އަމަލީ ގޮތުން އެކި ކަންކަމުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީކޮންމެެހެން އޮންނަންޖެހޭ ބަޔެއް.
30 December 2024
ކާޓަރަކީ އިޒުރޭލު މީހުން މާ ނުރުހޭ މީހެކެވެ. ހަމާސްގެ ވެރިންނާ ކާޓަރު ބައްދަލުކުރެއްވުމާއި އޭނާގެ ފޮތް، ޕެލަސްޓައިން: ނީޑް ޕީސް ނޮތް އެޕެތައިޓް ގެ ސަބަބުން އިޒުރޭލު މީހުންގެ ނުރުހުން އޭނާ އަށް ލިބިފައިވެއެވެ. މިފޮތުގައި ކާޓަރ ސިފަކޮށްފައިވާ ގޮތުގައި އިޒުރޭލުން ފެލަސްތީނުގައި ހިންގަނީ ދެކުނު އެފުރިކާގައި ކަޅުމީހުންނާ ދެކޮޅަށް ހިންގިފަދަ އުންސުރީ ހަރަކާތެކެވެ.
ޖަލީލީ
30 December 2024
އެމެރިކާގެ ކޮންމެ ވެރިޔެއްވެސް ވަނީ މުސްލިމުންގެ ލެއިން ކަޅިވެފައި. ދުނިޔެއަށް ސުލުހަވެރި މޫނު ދައްކައިގެން މީން ކޮންމެ މީހަކު ތަންފީޒުކޮށްދެނީ ޒަޔަނިސްޓް ޕްރޮޕެގަންޑާ. އެކަމަކު އެއްވެސް މީހަކު މި މީހުންނާ ދިމާއަށް ޓެރެރިސްޓުންނެކޭ ނުކިޔާ. މިހާރުވެރިކަމުގަ އެމެރިކާގަ ހުރިމީހާ އަކީވެސް ފަލަސްތީނުގެ މުސްލިމުންގެ ލެއިން ކަޅިވެފައިވާ މީހެއް.