ކަނޑުގައި އޮތް ދޯންޏެއްގެ ދަށުން ފެހުރިއްސެއް ދަނީ: އދ. އަތޮޅުގެ ރިސޯޓެއްގެ ފުއްޓަރު ފަރާތަށް ފީނަން ފައިބާ އުޅުނު ޓޫރިސްޓަކުން ވަނީ މަރުވެފައި.-- ފޮޓޯ: އޯޝަންއާނޯގްރެފިކް މެގަޒިން
12 ޖުލައި 2025 - 13:05
އދ. އަތޮޅުގެ ރިސޯޓެއްގެ ފުއްޓަރު ފަރާތަށް ފީނަން ފައިބާ އުޅުނު އެމެރިކާގެ ޓޫރިސްޓަކު މަރުވި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އެއީ މިދިޔަ އާދިއްތަ ދުވަހު މެންދުރު 12:30 ހާއިރު ރިޕޯޓްކޮށްފައިވާ މައްސަލައެއް ކަމަށެވެ.
މަރުވީ 47 އަހަރުގެ އެމެރިކާ ފިރިހެނެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެކަން ހިނގީ ކޮން ރިސޯޓެއްގައި ކަމެއް އަދި އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް ވެސް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މޫދުގައި ހިނގި އެކި ހާދިސާތަކުގައި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 112 ޓޫރިސްޓަކު މަރުވެފައިވާކަން ރައްޔިތުންގެ މަޖިލީހުގައި ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން މިދިޔަ ހަފުތާގައި ވަނީ ހާމަވެފަ އެވެ.
މިފަދަ މައްސަލަތައް އެހާ ބޮޑަށް އިތުރުވި އިރު ވެސް މިކަމާ ގުޅޭ ގަވާއިދެއް މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް އެކުލަވާނުލެވި އޮތް ކަމަށް ވިދާޅުވެ މަޖިލިސް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި، މިދިޔަ އަހަރު އެކަނި ވެސް ގެނބިގެން 20 އަށް ވުރެ ގިނަ ޓޫރިސްޓުން މަރުވި އެވެ.
މިދިޔަ ފަސް އަހަރު ގެނބިގެން މަރުވި ޓޫރިސްޓުންގެ އަދަދު 68 އަށް އަރަ އެވެ. ޑައިވިނާއި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް 42 ޓޫރިސްޓަކު މަރުވި އެވެ. އަދި ސްނޯކްލިން އާއި ޑައިވިންގައި އުޅެނިކޮށް، އުޅަނދެއްގައި ޖެހިގެން އެކަކު މަރުވެ، ނުވަ މީހަކަށް ވަނީ އަނިޔާވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
13 July 2025
މަތީގައިދެންނެވިކަންކަން ބެލެހެއްޓުމާއި، ފަތުރުވެރިކަން ޕްރޮމޯޓްކޮށް ގުޅުންހުރި ޤާނޫނާއި ޤަވާއިދު ފަރުމާކޮށް އަދި ޓްއަރިޒަމަށް އިންވެސްޓްކުރާނެ އިންވެސްޓަރުން ހޯދުންފަދަ ހުރިހާކަމެއް ވަޒީރުގެ ބޮލަށް ޖަހާފައި އޮތުމުން އެކަންކަން ވަޒީރަކަށް ނުބެލެހެއްޓޭނެ. އަދި "މިގޮތަށް މިކަންކަން އެކެއްގެ ބާރުގެދަށުގައި އޮތީމާ ވަޒީރުގެ ރިމޯޓް އޮންނަނީ ފަތުރުވެރިކަމުގެ ދާއިރާގެމައްޗަށް ނުޙައްޤުބާރުވެރިކަން ހިންގާ ޕައިނީއަރުން ގެ އަތަށް ހިތަކަށް ލިބިފައި" އިގޭތޯ.
އެއްލާ ބެއްޔާ
12 July 2025
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް އޮތް ބޮޑު ނުރައްކަލެއް މީ. އަހަރަކު 100 އަށް ވުރެ ގިނަ ޓޫރިސްޓުން މަރުވީމާ އެއީ 2 މިލިއަން މީހުން އަންނައިރު ނިސްބަތުން ވަރަށް ބޮޑު އަދަދެއް. އަހަރެން ފީނަން ދިޔަ އިރު އިނގުނީ އެމީހުން ވަރަށް ފަރުވާ ކުޑަކަން ޓޫރިސްޓުނާ ދޭތެރޭ ކަންތައް ކުރާ ގޮތް ފެނުނު. ބުރަފަތިން ޖެހެނީވެސް ބައިވަރު ދޯނިތައް އެއްތަނަކަށް ގގޮސް އެންމެއް އެއް ޕޮއިންޓަކަށް ވޭލް ޝާކް ބަލަން އަޅާލަނީ
ބުރޯ ބުރޯ
12 July 2025
އޭ އަހަރަކު ސަތޭކައެއް ނޫނޭ، 5 އަހަރުތެރޭ ސަތޭކަ، އަދި އެއް ފަހަރު ރަނގަޅަށް ކިޔާލާ.
ރާވެރިބެ
12 July 2025
ބްރޯ އެމެރިކާ ޓުއަރިސްޓެއް މަރުވީމަ ތީ ވަރަށް ބޮޑު މައްސަލައެއް. ޗައިނާ ުއަރިސްޓުން މަރުވީމަ ދާގޮތަށް ލުއިކޮށް ނުދާނެ. އެހެންވީމަ ފުލުހުން ޖެހޭނެ ވަރަށް ފުރިހަމަ އަށް ތަހުގީގު ކޮށް އިހުމާލެއް އޮތިއްޔާ މައްސަލަ ޝަރިއަތަށް އަވަހަށް ފޮނުވަން. އަދި މީކޮންމެ ރިސޯޓެއްގެ ޓުއަރިސްޓަކަށް ވިޔަސް މީޑިއާއަށް ފުރިހަމަ މައުލޫމާތު ދޭން. އެހެން ނޫނިއްޔާ އެމެރިކާ ސަރުކާރުން އަހަރަމެން ބޮލަށް ވައްޓާލާ ބަދުނާމާ އަޅާފާނެ ފިޔަވަޅަކަށް އަހަރަމެނަށް ކެތެއް ނުކުރެވޭނެ.
ރުކުން ވެއްޓުނު އާދަނު
12 July 2025
ޔޫރޮޕުގެ ނޫސްތަކުގަ ހަބަރު ބުނާގޮތުން ރާއްޖޭގައި ގެންގުޅޭ ޑައިވިން އާލާތްތައް ހުނަނަނީ ވަރައް ބާވެފަ...މިކަން މިނިސްޓްރީން ބަލަންޖެހެ ވީހާވެސް އަވަހައް ....