ކުޅުދުއްފުށީ ކުޅިއަށް މިއަދު ޒިޔާރަތް ކުރި ފްލެމިންގޯތައް: ސޯޝަލް މީޑިއާގައި ފޮޓޯތަކަށް ވަނީ ސަމާލުކަން ލިބިފައި - ފޮޓޯ: ހައީ ރަޝީދު / ފޭސްބުކް
03 ޖެނުއަރީ 2025 - 16:41
އިރުވައި މޫސުން ފެށުމާ އެކު، ގުޑުގުޑާ ދޫނިތައް (ފްލެމިންގޯ) އަނެއްކާވެސް ރާއްޖެ އަށް ޒިޔާރަތްކުރަން ފަށައި ހދ. ކުޅުދުއްފުށީގެ މަށި ކުޅި މަންޒިލަކަށް ހަދައިފި އެވެ.
ކުޅުދުއްފުށީ ކުޅިއަކީ މި ފަހަރު ރާއްޖެ އައި ގުޑުގުޑާ ދޫނިތަކުގެ ފުރަތަމަ މަންޒިލެވެ. މި ފަހުން ކޮންމެ އަހަރަކު ވެސް މި ދުވަސްވަރާ ދިމާކޮށް މި ދޫނިތައް ރާއްޖެ ޒިޔާރަތް ކުރެ އެވެ.
އާންމު ގޮތެއްގައި ފްލެމިންގޯތައް ޒިޔާރަތް ކުރަނީ ކުޅުދުއްފުށީގެ އިތުރުން ށ. ފުނަދޫގެ ކުޅިއަށެވެ.
ފްލެމިންގޯ އަކީ މާކަނާ އާއިލާ އަށް ނިސްބަތްވާ، މާކަނާ އަށް ވުރެ ބޮޑު ދޫންޏެކެވެ. މާކަނާއާ އެއްގޮތަކަށް ކަރު ދިގުކޮށް ހުންނަ މި ދޫނި އެންމެ ބޮޑަށް ތަފާތު ވަނީ ކުލައިންނެވެ.
ކުޅުދުއްފުށީ ކުޅިއަށް މިއަދު ޒިޔާރަތް ކުރި ފްލެމިންގޯތައް: ސޯޝަލް މީޑިއާގައި ފޮޓޯތަކަށް ވަނީ ސަމާލުކަން ލިބިފައި - ފޮޓޯ: ހައީ ރަޝީދު / ފޭސްބުކް
މި ދޫނިތަކުގެ ފޮޓޯ ނެގުމަށް ކުޅުދުއްފުށީ ކުޅި ކައިރިއަށް މިއަދު ގިނަ ބަޔަކު ދިޔަ އެވެ. ސޯޝަލް މީޑިއާގައި ވެސް އެ ފޮޓޯތަކަށް ވަނީ ސަމާލުކަން ލިބިފަ އެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި މިއަދު ހެނދުނުގެ ވަގުތުގައި ކުޅިއަށް ޖައްސާފައިވަނީ ފަސް ފްލެމިންގޯ އެވެ. އެ ދޫނިތައް އަދިވެސް ކުޅީގައި އެބަތިއްބެވެ.
އާންމުކޮށް ހަފުތާއެއްހާ ދުވަހު ދޫނިތައް އެއް ތަނެއްގައި ތިބެފައި އެހެން މަންޒިލަކަށް ދަތުރު ފަށަ އެވެ.
ކުޅުދުއްފުށީ ކުޅިއަށް މިއަދު ޒިޔާރަތް ކުރި ފްލެމިންގޯތައް: ސޯޝަލް މީޑިއާގައި ފޮޓޯތަކަށް ވަނީ ސަމާލުކަން ލިބިފައި - ފޮޓޯ: ހައީ ރަޝީދު / ފޭސްބުކް
ފްލެމިންގޯއަކީ ރާއްޖޭގައި އާންމުކޮށް އުޅޭ ދޫންޏެއް ނޫނެވެ. މި ދޫނިތައް ރާއްޖޭގެ އެކި ރަށްރަށުން ފެންނަން ފެށީ 2022 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެންމެ ފުރަތަމަ ހއ. އަތޮޅުންނެވެ. އޭގެ ފަހުން އުތުރުގެ އެކި ރަށްރަށުގެ ކުޅިތަކުގައި އެ އަހަރު އުޅުނެވެ.
ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ފްލެމިންގޯއަކީ ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. އެ ދޫނިތައް ވިއްކާ ފަރާތްތަކުގެ އިތުރުން ގަންނަ ފަރާތްތަކަށް ވެސް ގަވައިދުގެ ދަށުން ފިޔަވަޅު އަޅަ އެވެ.
ފްލެމިންގޯގެ ހަ ވައްތަރުގެ ތެެރެއިން އެންމެ ބޮޑުވާ ގްރޭޓާ ޕްލެމިންގޯ 4.7 ފޫޓާއި 3.9 ފޫޓަށް ދިގުވެ އެވެ. އެންމެ ކުދި ފްލެމިންގޯ ލެސާ ބޮޑުވަނީ 2.6 ފޫޓަށެވެ. މީގެ ދެ އަހަރު ކުރިން 2022 ގައި ފްލެމިންގޯތައް ރާއްޖޭގައި އުޅެނިކޮށް ހއ. ބާރުގެ މީހަކު އޭގެ ތެރެއިން ދޫންޏެއް ހިފައި އެ ވިއްކަން ވައިބާ ގްރޫޕެއްގައި ޖެހުމާ އެކު، އެ މީހާ ހައްޔަރުކޮށް، ޖޫރިމަނާ ވެސް ކުރި އެވެ. އެކަމަކު، އޭނާ ފިޔަކޮށާލި އެ ދޫނި އަތުލައި އީޕީއޭ އިން ބަލަހައްޓަމުން ދަނިކޮށް މަރުވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުޅިމެންގޯ
05 January 2025
ފްލެމިންގޯ ތައް ރާއްޖެ ދޫކޮށް ނުދޭ. އެސޮރުމެން ނޫނު އަތޮޅާއި ށަވިޔަނި އަތޮޅުގެ ފަޅު ރަށްތަކުން އަބަދުހެން ފެނޭ 31 ޑިސެމްބަރ ގަ ށ.އަތޮޅު ހުރަސްކޮށް އުތުރަށް ދަތުރުކުރަނިކޮށް ފެނުނު. އެ ދެވުނީ ކުޅުދުއްފުއްޓަށް ދޯ.
ޑރ ވާންޗޯ
05 January 2025
ފްލެމިންގޯވެސް ތީކުޅިއަށް ހާދަވަރެއް ހުންނައެއްޗެކޭދޯ؟.
ބަކުރުު
04 January 2025
ޓެކްސް ނުދައްކަނީސް ފުރިޔަ ނުދޭތި.
ށެންޑޭ
04 January 2025
ޢަވަހަށް ހިފައިގެން މަސްކާލާ! ދިވެހިނގެ ގމރ ކަން!
ނަސީމު
04 January 2025
ބުޅާ. މީދާ. ހިކަނދި ހަރުފަ. ގުރާ....ވެސް ގެނގުޅެގެން ނުވަާނެ...ގުދުރަތީ މާހައުލުގައި އުޅެންވާނީ.. އެގޮތައް ގުދުރަތުން ލައްވާފައިވަނީ...
ޙަލީލާ
03 January 2025
ރައީސް މުއިއްޒުގެ މާތްކަން މިފެންނަނީ ގުޑުގުޑާ ދޫނިތައްވެސް ރާއްޖެ އަންނަނީ މީ ކުރިންވާކަމެއްނުން. ސާބަހޭ ރައީސް މުއިއްޒު!!!
ރަބަތު
04 January 2025
މީގެ ދޫނިތައް އަންނަންފެށިތާ ތިނެއް ނުވަތަ ހަތަރު އަހަރުވެއްޖެ. އެ ކުޅީގައި އެއަރޕޯރޓް އެޅުމުގެ ކުރިންވެސް ރާއްޖޭގައި އާންމުކޮށް ނޫޅޭ ދޫނިތައް އެކުޅިއަށް ޖައްސާ.
ފްލެމިންގޯ
03 January 2025
ހިތްގައިމު މަންޒަރެއް.. އެތަކެތި ބަލަހައްޓަވާ
ބަކުރުބޭ
03 January 2025
އަންނަ ކޮންމެ ދޫންޏަކަށް 500 ޑޮލަރު ބެންކަށް މާރުކުރަން ޖެހޭނެ.
ޢާދަނުބެ
03 January 2025
މީ ހަމަ މިރާއްޖެއައް ދެއްވާ ނިއުމަތެތް މި ދޫނިތަށް ހިފާފަ ރަނގަޅައް ބަލަހައްޓާ އާލާކުރަންވީ ނޫނީ ވާގޮތަކީ ރާއްޖެޔަށް އަރާގޮތަށް ފައިބައިގެންދަނީ މި ދޫނިތަކުން އެތްވެސް ފައިދާއެތް ނުކުރޭ
އިހްސާސް
03 January 2025
އެއާއެކު ރީތި ފޮޓޯއެއް ކައިރިން ނަގާލެވުން އެއީވެސް ފައިދާއެއްނު.
ހަސަނުލްކޮސްގޮވިވްސްކީ
03 January 2025
އާދަނު ގެންގުޅޭ ދޫނި ފިޔަކޮށާފަ ގޭގަ ބައިންދާފަ އިންނަނީ ދޯ؟ ތި ވިސްނުން ދޫކޮށްލާ.
ކާދަނުބެ
03 January 2025
ރައީސްކަަންވެސް ދުވާލަކު މީހަކަށް ދޭންވީ. އޭރުން އާލާވާނީ. ދެން ވިއްކާނީ ބޭރަށް. ކުރީގެ ރައީސުންނޭ ކިޔާފަ. އަޖައިބު އަންތަރީސް.
ޙަސަން އަޙްމަދު
03 January 2025
އެއީ ކުކުޅު އުޅޭހެން އެއްތާކު ވަޒަންވެރިވެގެން އުޅޭ އެއްޗެއް ނޫން. ތިކަހަލަ ޚިޔާލު ދޫކޮށްލާ.
ބެންޖަމިން
03 January 2025
އާދަނުބޭ ގެ އަނބި މީހާ ކޮއްޓަކަށް-ލާފަ ބައިންދާ! ދެން ތިން އިރަށް އާދަނުބޭ ކާން އަޅާނީ ކުޑަކުޑަ ބައިފޫޓު ގެ ގޮޅި އަކުން. އޭރުން އާލާ ކުރެވިފަ ހުއްނާނީ ރަނގަޅަށް!
މައިގްރޭން
05 January 2025
މިހިރީ މި މީހުންގެ ވިސްނުމުގައި ހުންނަ ގަމާރުކަން... މިނިވަންކަމާއި އެކު އެއްގައުމުން އަނެއް ގައުމަށް މޫސުމީގޮތުން ހިޖުރަކުރާ މިނިވަން ވައިލްޑް ދޫނިތައް ހިފާ ހައްޔަރުކޮށް އާލާކުރަން މިގޮވާލަނީ!