ރައީސް ޑރ. މުހައްމަދު މުއިއްޒު: މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށް ރައީސް ވިދާޅުވި.
09 ޖެނުއަރީ 2025 - 13:55
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ތެރޭގައި ޒަމާނުއްސުރެން ފެށިގެން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް މި ސަރުކާރުން މުލުން ލުހެލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވީ މިފްކޯ ރިފޯމްކޮށް ހަރުދަނާ ކުރުމުގެ ގޮތުން ބޭކާރު ހަރަދުތައް މަދުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
"އެތަނުގެ އެތެރޭގައި ޒަމާންތަކެއް. ވަންދެން އެކިއެކި ގޯސްތައް ހިނގާ، އަޅުގަނޑު ގަބޫލުކުރަނީ ކޮރަޕްޝަންގެ އަމަލުތައް ގޮތަށް ފެންނަ ކަމެކޭ. އަޅުގަނޑުމެން ހުރިހާ ކަމެއް މުލުން ލުހެލާނަން،" ގއ. ދެއްވަދޫގައި ހުންނަވައިގެން ރައީސް ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ އަޒުމުގައި ކަމަށާއި އެ ކުންފުންޏަށް ބޭރުގެ ސީއީއޯއެއް އައްޔަން ކުރެއްވީ ވެސް އެެހެންވެ، ކަމަށް ރައީސް ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެ ކުންފުންޏަށް އައްޔަން ކުރީ ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އެވެ. އެއީ ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމެންޓުގެ ދާއިރާގެ ސްޕެޝަލިސްޓެއްގެ ގޮތުގައި 20 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ މަސް ކުންފުންޏަށް ފުރަތަމަ ފަހަރަށް ބޭރުގެ ބޭފުޅަކު އައްޔަން ކުރެއްވީ ވެސް ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ މަސައްކަތުގެ ތެރެއިންނެވެ.
"އެ އަޒުމުގައި މަސައްކަތްތައް ކުރަން ފެށީ. ބޭރު މީހަކު އެހެރީ [މިފްކޯގެ ސީއީއޯ] އެ ކަމުގައި. އަޅުގަނޑުމެން ދެންނެވި ގޮތަށް މި ސަރަހައްދު ނޫނީ އަޅުގަނޑުމެންގެ އާންމުކޮށް މި ކަންކަމުގެ ތެރޭގައި ނޫޅޭ ހިސާބަކުން ރަނގަޅު ބޭފުޅަކު ގެނެސް ހަވާލުކޮށްފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިން ބޭނުންވާ ގޮތަށް މިފްކޯ ހަރުދަނާ ކުރުމަށް ކަމަށެވެ.
އެ މަސައްކަތްކުރުމަށް މިހާރު ކޯލްޑް ސްޓޯރޭޖް އިތުރުކުރުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މަސްވެރިން ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ކޮށްދެއްވާނެ ކަމަށެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ގދ. ފިޔޯރީގައި މަސް ބަންދު ކުރާ ބޮޑު ކާރުހާނާއެއް ހެދުމުގެ އެއްބަސްވުމެއްގައި އަންނަ މަހު ސޮއި ކުރާނެކަން ވެސް އިއުލާން ކުރައްވައިފަ އެވެ.
ރައީސް ކުރިން ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިތަންމެ ގިނައިން މަސް ކިރުވިޔަސް، އޭގެ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދަނީ ދޫކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
10 January 2025
ކަންކަން ކުރެވޭމީހުން ކުރާނަން ކުރެވޭނެ، މާދަންކުރާނަން، މިގޮތަށް ހުސް ސްޓޯރީ ތަކަކުން ނުނިންމާނެ. ޑޮލަރ އަދިވެސް ހުރީ 19 އިން މަތީގަ. ސުވާލަކީ ޔާމީނު ބްލެކްމާކެޓް ދުއްވާލީ ކިހިނެއްހޭ. ރިސޯޓުއޯނަރުންއަތުން ޑޮލަރ ލިބިގެން އެމާރުކުރެވުނު ދުވަހަކުންނޫން.
އަސް
10 January 2025
"މިފްކޯގެ ތެރޭގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނަން" ވަރަށް ސަޅި ޖޯކެއް.
ހަމަދު
10 January 2025
އިދިކޮޅު މީހުނައްވާނެ ޖޯކަކައް މިސަރުކާރުން ވަނީ ޖަލުގަ އޮތް ކޮރަޕްޝަނާއި ފުލުހުންގެތެރޭ ކޮރަޕްޝަނާއި އަދި ކަސްޓަމްސްގަ ހުރި ކަންކަން ހައްލުކޮއްފަ މިހާވަރުވެސް ނިމިދިޔަ އެއްވެސް ސަރުކާރަކުން ނުކުރޭ މުޅިން ވެސް ކޮރަޕްޝަނައް އެއްބާރުލުންދިނީ
ޑރ ވާންޗޯ
10 January 2025
ކޮންމެ ވެރިކަމެއްގަވެސް މިފްކޯގެ މައިމޫލުހެލާފަ އާމުލެއް ޖަހާ. ލުހެނުލެވެނީ ބެންކޮކްގަ ކޮންމެސިޕްމެންޓަކުން ދެތިން ކޮންޓޭނަރ ރިޖެކްޓްކޮށްގެން މިލިއަނަރުންގެ ގޮތުގަ ދިރިއުޅޭ ބޮޑުންގެ ފެމެލީ ގްރޫޕްތަށް. އެރިޖެކްޓްވީބަޔަށް ވީގޮތެއް އެއީ މިފްކޯގެ މައިމޫ ދުވަހަކުވެސް ބަލާއެެއްޗެއްނޫން.
މުލޭމާވަހަރު
10 January 2025
މިހާރު ތަފާތުވާނެ މިހާރުވެސް ވަނީ ނަތީޖާ ނެރިފައި ބައެއްކަންކަމުން އެކަން ގަބޫލް ކުރާނެ ވަކިކޮޅަކައް ނުޖެހޭ ރައްޔިތުން
މިފްކޯވޮޗް
10 January 2025
މިފްކޯ ކޮރަޕްޝަން މުލުން ލުހެލަން ބޭނުންނަމަ ޑިރެކްޓަރުންގެ ބޯޑު ބަދަލުކުރަންޖެހޭ!
ޑިސްއޮނަރަބަލް ޑީޑީ
09 January 2025
މުލުންލުހެލާއިރު ލުހެލި މޫގަނޑު ރައްޔިތުންނަށް ފެންނާނެބާ؟
ފޮރުވަން
10 January 2025
މިފަހަރު އިރާދަކުރެއްވިއްޔާ ފެންނާނެ. މިވަރައް ބުނެލަން ކެރުނު ވެރިޔެއް ވެސް އަދި ނާދޭ. ކުރިން މުޅިން ވެސް ފޮރުވަން އުޅުނީ
ނައުފަލު
09 January 2025
މަސްވެރިންގެ ހާލު ގާތުން ބަލާ މަސްވެރިންގެ އިހުސާސް ދަންނަށް ވެރިއެއް މިނޫނީ ނުދެކެން. 48 ގަޑިއިރުތެރޭ މަސްވެރިންގެ ލާރިކޮޅުވެސް މިހާރު ޖަމާވޭ. މަސްވެރިން އެކަމާ ހެޕީ
ގަސަމް
09 January 2025
މިފްކޯ އަކީ ވައްކަން ނުކުރާނަމަ ފައިދާ ނެރެވޭނެފަދަ ކުންފުންޏެއް. އެކަން ރައީސް މުއިއްޒުއަށް ވިސްނިގެން ކުރިއަށް ދާން ނިންމުމަކީ ވަރަށް ބޮޑު އުފަލެއް
ފުރުގާން
09 January 2025
ނިމިދިޔަ ވެރިކަންތަކުގަ ރައީސުންގެ ފަރާތުން ފެނިގެންދިޔައީ ކުންފުނިތައް ދަވާލިޔަސް ހެޔޮކަމަކަށް ވެގެން ހުންނަށް މަންޒަރު. މިނޫނީ ނުދެކެން ފާޅުގަ ވައްކަމާ ދެކޮޅަށް މަސައްކަތް ކުރާ ވެރިއެއް
މީޒާންް
09 January 2025
ޒާމަނުންސުރެ މިގައުމުގަ އޮތް ހަޑިމުޑުދާރު ހުރިހާ ކަންތައް މި ފޮހެލަނީ ރައީސް މުއިއްޒު އިސްވެހުރެ
ފާއިދް
09 January 2025
މިހެންވެ އަހަރުމެންނަށް ރައީސް މުއިއްޒު ކަމުދަނީ. ކޮރަޕްޝަނާ ދެކޮޅަށް ސިދާ އަމަލީގޮތުން އެމަނިކުފާނު އެކްޝަން ނަގާ