އެމްޑީޕީން ދާދިފަހުން ބޭއްވި އެއްވުމެއް: އެ ޕާޓީން މިމަހު ވެސް ބޮޑު އެއްވުމެއް ބާއްވަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
09 ޖެނުއަރީ 2025 - 13:47
އެމްޑީޕީން މި މަހުގެ 31 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ފާސްކޮށްފި އެވެ.
އެމްޑީޕީން އެ އެއްވުން ބާއްވަން ފާސްކުރީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. އެކަން އެ ޕާޓީގެ އިސް އޮފިޝަލަކު ވަނީ "މިހާރު" އަށް ކަށަވަރު ކޮށްދީފަ އެވެ.
އެމްޑީޕީން މިދިޔަ މަހު ވަނީ "ގާނޫނުއަސާސީގެ ދިފާއުގައި" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވައިފަ އެވެ.
މި މަހު 31 ގައި ބާއްވާ އެއްވުމަކީ ވެސް އެ ހަރަކާތުގެ ތެރެއިން ބާއްވާ އެއްވުމެއް ކަމަށް އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ ދިފާއުގައި އެމްޑީޕީން ހަރަކާތެއް ހިންގަން ފެށީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގެ އެއް ދުވަސް ތެރޭގައި ގާނޫނުއަސާސީ އަށް ބޮޑެތި އިސްލާހުތަކެއް ގެނައި މައްސަލާގަ އެވެ.
އެކަމާ ގުޅިގެން ސަރުކާރާއި ޕީއެންސީއަށް ވަނީ ބޮޑެތި ފާޑު ކިޔުން އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
10 January 2025
ކޮންކޮހަލަ މުޑުދާރުވެރިކަމެއް ކުރިބައެއްތީ. ރައްޔިތުންގެ އިތުބާރެއް ނެތް. ވަރަށް ކޮރަޕްޓް ލީޑަރޝިޕެއް އޮތް ޕާޓީއެއްތީ. ބަލައިގަންނަ ކަހަލަ ލީޑަރަކުނެތް. ކޯއްޗެކޭ ގޮވަން މަގުމައްޗަށް ނިކުނަނީތީ
މރ.ކާޕެޓް
10 January 2025
އަދީބު މިނިވަންކޮށް ހުދުފޮތިކޮޅަކަށް ހާދާފަ ފުރުވާލާ ދިވެހި މާލިއްޔަތުން ތިންހަތަރުހާސް ބިލިއަނު ް ދަރުބާލީމަ އެކަމާ ދެކޮޅުހަދަން ބާއްވާ މުޒާހަރާއެއްތަ؟
އެހެނަސް
09 January 2025
އަހަރެން ނުދާނައް ތިއިން އެއްވެސް ތަނަކައް ކުރިން ވެސް ވައްކަންކޮއް އަދި ގޯތިތަކާ އެއްޗެހި ބޭނުން ބަޔަކައްދީ ހުސްކޮއްފަ. އަނެއްކާ ވެސް ބަޔަކު ގުބޯހައްދާފަ ވެރިކަމައް އަންނަން ތިއުޅެނީ
ދަނޑިފުޅުދޫނި
09 January 2025
ގައުމަށް ހަމަޖެހުމާއި އަމާންކަން ލިބިދާނެހެން ހީވީދޯ. ބުނަން ރަނގަޅު ވާހަކައެއް. ގައުމު ހަލަބޮލިކޮށް ހަމަޖެހުން ނަގާލައި، ހަމަޖެހުމަށް އެދޭ ރައްޔިތުންނަށް ދުއްތުރާ ޖައްސަން ނޫޅޭ
ކައުންސެލަރު...
09 January 2025
އުނ. އަނެއްކާވެސް މިއުޅެނީ ރައްޔިތުނަން ކޮންމެވެސް ނޮހޮރުއްޕާނެއް ޖައްސަން. އެޖެންޑާ 19 ތަފާތުވާނޭ ކިޔާފައި ދުވަހަކުވެސް ޤައުމު ނުދަރާވަރަށް ދަރުވާފާ ކޮންކަމެއް މިމީހުންނަށް ރައްޔިތަކަށް ރަނގަޅަށް ކުރެވޭނީ.
ފޫޑުބެ އަމީނާ
09 January 2025
އިބޫގެ އެމްޑީޕީ މިހާރު ރައްޔިތުން ބަލައި ނުގަނޭ. ރައްޔިތުންނަށް އެމްޑީޕީގެ ގޮތް މިހާރު އެނގޭ. އެވާހަކަ ބުނެލަން. ވަރަށް ސަލާން
ދރ ސައކަ
09 January 2025
މިހާރު ދެން މުޒާހަރާ ކުރުމުގެ ބޭނުމެއްނެތް. މަޖުލިސް މެންބަރުން އެތިބީ އަތުޖެހޭ ހިސާބުގައި، މިނިސްޓަރުންނާއި ސްޓޭޓުން ނާއިބު މިނިސްޓަރުން ވެސް އެތިބީ ހަމަ ޢާއިލާ ކުދިން. އެމީހުން ގާތު ބުނެގެން ސަރުކާރު ތެރެއިން ކޮންމެ ކަމެއްވެސް އިސްލާހު ކުރެވޭނެ.
އިއްޒަތު
09 January 2025
100% ތާއީދު ތިކަމަށް.
އާދަނު33
09 January 2025
މަވެސް ދާނަނަން،..
ށަބާބާ
09 January 2025
ޢެމްޑީޕީގެ އުނދަގޫ އަނެއްކަ އާނަމުންނައްޖެހެނީއޭ. ގައުމު ދަވާލާފަ ގޮސް މާ ރިލަވެންޓް ވާން އުޅޭނެ ކަމެއްނެއް.