ޑޮލަރުތަކެއް. ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ރަޖިސްޓާ ކުރަން ވަނީ ހުޅުވާލާފައި. -- ފޮޓޯ: މިހާރު
09 ޖެނުއަރީ 2025 - 21:23
ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ވިޔަފާރިތަކުން އެމްއެމްއޭ ގައި ރަޖިސްޓަރީ ވާން ހުޅުވާލައިފި އެވެ.
އެމްއެމްއޭ އިން އާންމުކުރި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދުގައިވާ ގޮތުން ގާނޫނު ވުޖޫދަށް އައުމުގެ ކުރިން އޮތް ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން އެމްއެމްއޭގައި ރަޖިސްޓަރީ ކޮށްފައި ނުވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން ރަޖިސްޓަރީ ކުރަން ޖެހެ އެވެ. މި މަހުގެ 1 ގެ ފަހުން ވިޔަފާރި ފަށާ ފަރާތްތަކުން ރަޖިސްޓަރީ ވާން ޖެހެނީ އެ ވިޔަފާރިއެއް ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގަ އެވެ.
އެ ގާނޫނުގެ ދަށުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރުމެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
MMA Extranet
ޓޫރިޒަމްގެ ވިޔަފާރިތައް ރަޖިސްޓްރީ ކުރާ ޕޯޓަލް
ރަޖިސްޓަރީ ކުރުމުގެ ގަވައިދުގައިވާ ގޮތުން ޓޫރިޒަމް ދާއިރާގެ މުއްދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މާލީ އިދާރާތައް ފިޔަވައި، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، މިދިޔަ އަހަރު ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާ ނަމަ އެ ފަރާތަކުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭގައި ރަޖިސްޓަރީ ވާން ޖެހޭނެ އެވެ.
މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން ބޭރު ފައިސާއިން 15 މިލިއަން ޑޮލަރުގެ އަދަދެއް ލިބޭ ނަމަ އެ ވިޔަފާރިއެއް ރަޖިސްޓަރީ ކުރަން ޖެހެނީ ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ކަމަށް ވެސް އެ ގަވައިދުގައި ކަނޑައަޅާފައި ވެ އެވެ.
ވިޔަފާރިތައް ރަޖިސްޓަރީ ކުރަން ޖެހެނީ އެމްއެމްއޭގެ ވެބްސައިޓުގައިވާ ފޮރިން އެކްސްޗޭންޖު ރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާރު
10 January 2025
ވަން ރެޖިސްޓުރޭޝަނުން ސަރުކާރުގެ ހުރިހާ ތަނެތްގަ ރެޖިސްޓުރީ ވާގޮތް ހަދަންވީ ނޫންތޯ. މުޅި ރަށުތެރޭ ދުވަން ނުޖައްސާ.
ޓުއްޓޯންބެ
10 January 2025
އެއަރޕޯޓުން ބޭރު ގައުމަކަށް ފުރާ ކޮންމެ ދިވެއްސެއްގެ ބޮލަކަށް 1000 ޑޮލަރު 15 ރުފިޔާ ފަންސާސް ދެ ލާރި ރޭޓުން ގަންނަން ލިބޭނެ.
ވިސްނާށޭ
10 January 2025
ފޮރެކްސް ގާނޫނަށް އަމަލު ކުރަން ފެށުމުން ޑޮލަރުގެ ކަޅު ބާޒާރު ނެތިގެންދާނެ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ އެކަން ކުރުމަށްޓަކައި ސަރުކާރުން ތަންފީޒީ މަރުހަދާގެ މަސައްކަތް ތައް އަވަސް ކޮށް މިކަމުގައި އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި މިކަން ކޮށްފިނަމަ މިކަން ކާމިޔާބު ވާނެއޭ ދެން އަނެއް ކޮޅުން ސަރުކާރުގެ ކުންފުނި ތަކުގެ އަދަދު މަދުކޮށް ފެނަކަ ފަދަ ބޮޑެތި ގެއްލުންވާ ތަންތަން އޯވަރހޯލް ކޮށް ކައުންސިލް ތަކަށް އިންޖީނުގެ ތައް ހަވާލު ކުރާށޭ
ނުލިބޭ
10 January 2025
ހެހެ. ކާކުތަ ބުނާނީ މިވަރު ތިމަންނަ އަށް ޑޮލަރ ލިބެޔޭ. ތަންތަން އޯޑިޓް ކޮށްފައި ތިވާހަކަ ބުނެބަލަ. ޢޭރުންތާ އެނގޭނީވެސް. ތިހުންނަނީ ވަލުދޮރުން ނިމްމާ ކަންކަން ކުރާގޮތް.
ބަލާތި
10 January 2025
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރެނީއޭ މި 60 އަހަރު ފުރޭއިރު ރާއްޖޭގެ އިގްތިސާދު ހިންދެމިލުމަށް ޓަކައި ޑޮލަރު މާރުކުރުމުގެ ގާނޫނު އެއީ ރަނގަޅަށް ތަންފީޒު ކުރެވިއްޖެނަމަ މިއިން އިބްރަތެއް އެހެން ގައުމު ތަކަށް ވެސް ލިބި މި ތިއަރީ މުޅި ދުނިޔެއިން ބަލައިގަންނާނެއޭ މިކަމުގައި ސަރުކާރުން ޖެހޭނެއޭ ވަކި މީހަކަށް ވުމުން މިގާނޫނަށް އެފަަދަ ފަރާތެއް އަމަލު ކުރުން އިސްތިސްނާ ކޮށްގެން ނުވާނެއޭ މިކަން ސަރުކާރުން ދަންނާށޭ ރަނގަޅަށް އެނޫންނަމަ ގޯސްވާނެއޭ
ވިސްނާށޭ
10 January 2025
ޑޮލަރު މާރުކުރުމުގެ ގާނޫނަކީ ރައްޔިތުންނަށް ފައިދާ ކުރަނިވި ކަމެކޭ ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ހަގީގަތް ގަބޫލުކުރާށޭ މާލެ ސަރަހައްދުން ފްލެޓް ރާއްޖެތެރޭ އެންމެނަށް ކުޑަ ކުއްޔަކަށް ސަރުކާރުން ދޭނަމަ ރާއްޖެތެރޭގެ %95 ރުހި މާލެ ސަރަހައްދަށް އެމެން ހިތުން ތުހުމުން ބަދަލުވާނެއޭ ސަރުކާރުން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަން ސަރުކާރު ބަޖެޓުން ޚަރަދުކޮށްގެން އޮޅުވާލައިގެން ކެމްޕެއިން ނުކުރާށޭ މުއިއްޒު އަށް 2 ވަނަ ދައުރެއް ނުލިބޭނެއޭ ވިސްނާށޭ
އޮޅިވާލި
10 January 2025
މިސަރުކާރުން އޮޅުވާލާކައް ނޫޅޭ އޮޅުވާލި މީހުން ވަނީ އެއްވެސް ވައުދެއް ނުފުއްދާ ވެރިކަމުން ގޮސްފަ މިއީ ހަގީގަތަކީ
އޮނަރަބްލް އަފީފު ދީދީ
10 January 2025
ޑޮލަރުން އާމްދަނީ ލިބޭކަމަށް CENTRAL BANK ގައި ރެޖިސްޓްރީ ކުރާ ފަރާތް ތައް ފިޔަވާ އަމިއްލަ ފަރުދުންނާއި އެހެން އެހެން ވިޔަފާރިތަކުން ބޭންކްގައި ހުޅުވާފައިވާ ޑޮލަރ އެކައުންޓަށް ޑޮލަރ ޖަމާކުރާ ނަމަ އެފަރާތް ތަކުން ޑޮލަރ ގަތް ކަމުގެ އޮފިޝަލް ރިސީޕްޓް ބޭންކަށް ހުށަހަޅާން ޖެހޭގޮތަށް މަނިޓަަރީ ޤަވާއިދު އެކުލަވާލާ އެކަން މިއަހަރުގެ 2 ވަނަ ކުއާޓަރ ގައި ތަންފީޒު ކުރަން ފައްޓަވާ ޑޮލަރުގެ ކަޅުބާޒާރު މުޅިން ހުއްޓުވަން މަސައްކަތް ފައްޓަވާ ނަތީޖާ ޙާސިލް ކުރޭ.
؛ހަސުނ25
09 January 2025
ތިވަރުގެ އާމްދަނީއެއް ލިބޭ ހަމަ އެއްވެސް ރިޒޯޓެއް އޮތްކަމަކަށް ވާނެ ހެން ހިޔެއް ނުވޭ
ވިސްނާށޭ
09 January 2025
ރައްޖެ މިނިވަންވީ އިނގިރޭސިން އަތުން ގައުމު ރައްޔިތުން މިނިވަން ނުވޭ އަދިވެސް ބަލަގަ ރާއްޖޭގެ ރިސޯރޓް ތަކަށް އަހަރު ނިމުނު މޫސުމުގައި އެކަނި ވެސް 10 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ ކަން ޔަގީނޭ ހުރިހާ ރިސޯރޓް ތަކުގެ މަތީ ފަށަލަ ބޭރުމީހުން ޚާއްސަ ކޮށް ފައިސާ އާއި މާރކެޓިންގް ދާއިރާ އަށް ދިވެއްސަކު ވައިއެޅިޔަ ވެސް ނުދޭ މީ ސީދާ މަޓީގެ ބޮޑުން ދިވެހިރައްޔިތުންގެ ތައްލީމީ ޖީލަށް ކުރުދޮށިން ބޯން ދިނުމޭ އެމްޑީޕީން މިކަން އޮޅުވާލާ އޮޅާލަނީއޭ