ވ. ތިނަދޫ ކައިރީގައި ޓޫރިސްޓުންތަކެއް ކެނޯ ދުއްވަނީ: ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތް މީހުން ވަނީ ސަލާމަތްކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
09 ޖެނުއަރީ 2025 - 22:03
ވ. ފުލިދޫ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާގެ ޓޫރިސްޓުންތަކެއް ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ ފުލިދޫ ކައިރީގައި އޮންނަ ބޯމަސް ކަނޑު ޑައިވް ސައިޓަށް ފީނަން ގޮސް އުޅެނިކޮށް ޗައިނާގެ ހަތް މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓްކުރީ މިރޭ އިރާކޮޅު ކަމަށެވެ.
އެ މީހުން ފެނުނީ، އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލިދޫގެ ލޯންޗަކަށެވެ. ކަނޑުމަތިން ފެނިގެން އެ އެންމެން ވެސް ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެންމެންގެ ހާލު ރަނގަޅެވެ.
ފީނަން އުޅެނިކޮށް މީގެ ކުރިން ވެސް ޓޫރިސްޓުން ގެއްލުމާއި ގެނބިގެން މަރުވުމުގެ ހާދިސާތައް ހިނގާފައިވެ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ހިނގި ހާދިސާތަކުގައި ގާތްގަނޑަކަށް 8 ޓޫރިސްޓަކު ގެނބިގެން މަރުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދަ
11 January 2025
ޓޫރިސްޓުންނަށް ހޮލިޑޭގަ ދިމާވާ މިބާވަތުގެ ކަންތަކުގެ ސަބަބުން ޓޫރިޒަމަށް އަސަރުކޮށްފާނެ. މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް. ގެނބިގެން މަރުވުވާއި ، ބުރަފަތީގަ ޖެހިގެން މަރުވުމާއި ކަނޑުމަތިން އޮޔާ ދިއުމާއި މިކަންކަމާމެދު ފުންކޮށް ވިސްނާ ފިޔަވަޅު އަޅަން އެބަޖެހޭ. ޓޫރިޒަމް ޕޮރޮމޯޓު ކުރުމަކުން ނުފުދޭނެ. ޓެކުލްކުރަންޖެހޭ ކަމެއް މިއީ.
ކޮން
11 January 2025
އަދި ވެސް ގިނައިން ޓުއަރިސްޓުން ގެނެސް ގެސްޓްހައުސް ތަކަށް އެޅޭތޯ ބަލާ. އެއްވެސް ހަމައެއް ލަމައެއް ނޯވެ، ބެލެހެއްޓެނީއެއް ނޫން. މިއަށް ވުރެއް ސީރިއަސް ކަންތައްތައް މާ ގިނައިން މިހާރު އެބަ ހިނގާ. އިއްޔެވެސް ފެނުނު ސޯޝަލް މީޑިއާ އިން މީހަކު ބޯޓަކުން ޖެހި މަރުވެފައޮތް ތަން.
ފަތްމިނި
10 January 2025
އިއްތިފާގުން އެހެން ކަމެއްގަ އުޅުނު ބަޔަކަށް މި ފެންނަނީ. ފުލުހުންގެ ކޯސްޓުގާޑު އާއްމުކޮށް އޮންނަ އަތޮޅެއް ވާވަކީ.