މާލޭގެ މަގުތަކުން ފެން ހިންދަން ސިފައިން ރޭ ދަންވަރު ހަރަކާތްތެރިވަނީ،---ފޮޓޯ: އެމްއެންޑީއެފް
11 ޖެނުއަރީ 2025 - 07:12
މާލެ ސަރަހައްދަށް ރެއިން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރެއާ ގުޅިގެން މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާއިރު، މިއަދުގެ ހެނދުނު ހަޔަކާ ހަމައަށް 6،835 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށާއި ގިނަ ގެތަކަކަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ،
ސިފައިން ބުނީ، މާލެ އިން ފެން ހިންދުމަށްޓަކައި 8 ސަރަހައްދެއްގައި 19 ޕަންޕު ޖަހައިގެން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެއީ ވެސްޓްޕާކް ސަރަހައްދުގައި ހަތަރު ޕަމްޕާއި އައިޖީއެމްއެޗު ސަރަހައްދުގައި ތިން ޕަމްޕާއި މާފަންނު ފެރީ ޓާމިނަލް ކައިރީގައި ތިން ޕަމްޕާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕާއި ބޮޑުވަޅު ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕާއި ކުޑަކުދިންގެ ބަގީޗާ ކައިރީގައި އެއް ޕަމްޕާއި ބިހުގެ ހިމެނޭ ސަރަހައްދުގައި އެއް ޕަމްޕް އަދި އެމްޕީއެލް ސަރަހައްދުގައި އެއް ޕަމްޕެވެ.
މާލޭގެ ގެގެ އަށް ފެންގަނޑު ވަންނާތީ ސިފައިން ރޭގައި ވެލިބަސްތާ ޖަހައިދެނީ.---ފޮޓޯ: އެމްއެންޑީއެފް
ސިފައިން ބުނިގޮތުގައި، މިހާތަނަށް 58 ގެއަކަށް ވެސް ވަނީ އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ ރޭ ފަތިހު 4:45 އިން މިއަދުގެ ހެނދުނު 8:45 އާ ހަމައަށް އއ. އާއި އދ. އަތޮޅަށް އޮރެންޖު އެލާޓެއް ނެރެފަ އެވެ. އެހެންވެ، އެ ސަރަހައްދަށް ގުގުރައި، ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
މި މަހުގެ ތިން ވަނަ ދުވަހު ވެސް މާލެ ސަރަހައްދަށް ވަރަށް ބޯކޮށް ވާރެ ވެހި، ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެ، ގޭގެ އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައި ވަނީ އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެ އަށް އެންމެ ގެއްލުން ބޮޑު ފަހަރު ކަމަށެވެ.
ފެން ބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމަށް ފަހު، އެންޑީއެމްއޭ އިން ބުނީ މާލެ އިން 145 ގެއަކަށް އެ ވިއްސާރާގައި ގެއްލުންވި ކަމަށެވެ. އޭގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް ވަނީ ހަދައިފަ އެވެ. އެކަމަކު 13 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާތީ އެ ގެތަކުގެ އެސެސްމަންޓެއް ނުހަދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިއްސާރަ
11 January 2025
އަމީީނީމަގަކީގޭގެއަށް ވަންނަންގޯޅިތަކެއް ކަނޑާފައޮތްމަގެއް. މގޯޅިތަކަށްވުރެމަގު އުސްލޮށްލީމަ އަމީނީމަގުގަ ބޮޑުވާފެންގަޑުގޯޅި ތަކަށްދެމިގަނެގޮސްވަންނަނީ ގެތަކަށް. މަގުުުއުސްކޮއްފަހެދިއިރު ގުޅިފައޮތްގޯޅިވެސްއުސްކުރަން ޖެހޭނެކަންނޭގުނު. މިވަރުގެމީހުން ވެރިންގެ ގޮތުގަމިތިބީ ރައްޔިތުންގެޓެކްސް ފައިސާއިން މުސާރަނަގައިގެން. ރައްޔިތުން ދެދުހުންއެއްދުވަހު ގޭތެރޭފެންބޮޑުވެގެން އެކަމުންއަރައިނުގަނެވިފަ.
ތުނޑުހަސަނު
11 January 2025
މާލެއަށް ކިތަންމެ ކުޑަކޮށް ވާރޭ ވެހުނަސް ފެންބޮޑުވާނެ މިހާރު. ސަބަބަކީ ވެހޭފެން ހިނދޭނެގޮތެއް ނެތުމާއި މަގުމަތީގައި ހެދޭފެން ބޭރުވާނެގޮތެއް ނެތުން. ކާނުތަކަށް އެޅޭފެން ހިންދަން މަގުތަކުގައި ހަދާފައިހުރި ފެންހިންދާ ވަޅުތައް ހުންނަނީ ވެއްޔާއި ކުނި އެޅި ފުރިފައި. ކާނުތައްވެސް ހުންނަނީ ފުރިފައި. ދެންކިހިނެއް ފެން ހިނދޭނީ. ކޮންމެ މީހަކު ވެސް އަނެކާގެ ބޮލަށް ކަނޑާލުން ރާއްޖޭގައި އޮންނަނީ. ޙައްލުވާނެ ގޮތެއް ހެދުމެއް ނޯންނާނެ.
ޅަތީފާ
11 January 2025
ގޭގެއަށް ވެހޭ ފެންވެސް މަޖިބޫރުން އަޅުވަނީ މަގަށް. އެއްވެސް އިންތިޒާމެއް ހަރުދަނާކަމެއް ނެތް. ކޮންމެ ކަމެއް ކުރަނީވެސް ފައިސާ އަމިއްލަ ޖީބަށް ހޯދަން، މައްޝޫރުކަން ހޯދަން، ވެރިކަން ދިފާއުކޮށް ބާރު ހުރިކަން ދައްކަން.
ހައްޖަ.
11 January 2025
ފެންބޮޑު ވަާނެ ކާނުތައް ސާފު ނުކުރޭ ދުވަހަކުވެސް.ކުރިން މަޖްލިސް ފުރަގަސް ފެން ބޮޑު ނުވާނެ މިހާރު ވެހިލާއިރަށް އޮންނަނީ ފެންބޮޑު ވެފަ.ސިއްކަަގޯޅި.
ނަރކެނޑ
11 January 2025
ކީއްތަ މެޓުން އެކުރަނީ. މިފަހަރުވެސް އެލާޓު ނެރުނީ ވާނެ އެއްޗެއްވީމައި. ކުރިޔަށް އިންޒާރުދެވޭ ވަރުގެ ގާބިލުކަން ނެތީތަ މިދިވެހިރާއްޖޭގެ މޫސުމާ ބެހޭ އޮފީހުގައި
ގަހުވަ ތަށި
11 January 2025
މާލޭގަ އުޅޭމީހުން އިސްލާހުވެ ބަލަ.
ޅަތީފާ
11 January 2025
މާލެ ތޮއް ނުޖައްސަބަލަ! ރަށުގަ އޮތް 4000 ނޫނީ 3000 ގޯތި ވިއްކާލާފަ އައިސް މާލެ، ހުޅުމާލެ ކުޑަކުޑަ ގޮޅިއަކަށް ނުވަދެބަލަ! އާއިލާއާއި އެކު ރީތި ރީތި ހަމަޖެހޭ ދިރިއުޅުމެއް އުޅެބަލަ!