ހަސަން ލަތީފް މީގެ ކުރިން "މިހާރު"އަށް އިންޓަވިއުއެއް ދެއްވަނީ.-- ފޮޓޯ: މިހާރު
11 ޖެނުއަރީ 2025 - 15:57
ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ހަސަން ވަނީ އިސްތިއުފާ ދެއްވިކަން މިއަދު "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
"އެއީ މި ވަގުތު ވަރަށް މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވޭތީ،" އިސްތިއުފާ ދެއްވި ސަބަބުން އެހުމުން އޭނާ ވިދާޅުވި އެވެ.
ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ހަސަން ޑިމޮކްރެޓްސްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވަނީ އެ ޕާޓީގެ މެމްބަރުން އޭނާއާ އެކު ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ވިދާޅުވީ، ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވަނީ އެ މަގާމުގައި މި ވަގުތަށް ހުންނެވެން ނެތުމުން ކަމަށެވެ.
ހަސަން ޑިމޮކްރެޓްސްގެ ރައީސްކަމުން އިސްތިއުފާ ދެއްވިއިރު 2023 ގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިން މޭޓުގެ ގޮތުގައި ވާދަކުރެއްވި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އާއި ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިފާޒު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެމުގައި އިސްކޮށް އުޅުއްވި މި ބޭފުޅުން މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އެ ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގަ އެވެ. އެ ބޭފުޅުން ޕާޓީން ވަކިވިއިރު، އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެއީ އިބޫގެ ފެކްޝަނަކާއި ކުރީގެ ރައީސް އަދި އޭރު މަޖިލީހުގެ ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދަށް ވަފާތެރި ފެކްޝަނެކެވެ.
ޑިމޮކްރެޓްސް އުފެއްދީ އޭރު އެމްޑީޕީން ވަކިވި ބޭފުޅުން ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
12 January 2025
ހީވަނީ ފިލިކޮށްލަން އެންކޮޅެއް އުކާލާނެ އެންކެޔޮޅަކުވެސް ނެތީހެން، އައިން އޮތްގޮތަށް އެންއޮތްތަނަކަށް ދިޔައީ.
ޑރ ވާންޗޯ
12 January 2025
މިއެންމެންގެ ކަޅުދަބަސްތައްވެސް އެއްފަހަރާތަމިހުސްވީ؟. އަވަހަށް ބާރަށްދުވޭ އެމްޑީޕީ ހަރުގެޔާ ދިމާލަށް، ދާނެ އެހެންދިމާލެއް އެބައޮތްބާ؟.
ޓީޓ2
12 January 2025
މި މީސް މީހުންގެ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީ. ތިމާ ހިތިހުރި އެއްޗެއް ކިޔާފަ އަނެއް ދުވަހު އެއްވެސް ކަމެއް ވީ ކަމަށް ނަހަދާ ގޮސް އެމީހުންގެ ގައިގަ ބައްދާ ދޮން ދޭންވީ...
ދުވިސައްތަ
12 January 2025
ހަސަނާ ކަލޭގެ ލަދުކޮބާ؟
މަގުކޮށަނީ
12 January 2025
ތަންކޮޅެއް ދުރަށްވިސްނީމައި އެބަހީވޭ އަރިސްކުދިންކޮޅު ފޮނުވައިގެން 2028 އަށް މަގުކޮށަން ފެށީހެން. އެމެރިކާމީހުން ޓްރަމްޕަށް ދެވަނަފަހަރު ވެރިކަންދިނަސް، ހަމަގައިމުވެސް އެފަދަމީހަކަށް އަހަރެން ދެވަނަފަހަރަކު ވޯޓެއް ނުދޭނަން.
ފޮނިހުސޭނު
12 January 2025
ނަޝީދު ފަހަތުގަތިބީ .. ޝިޔާމްމެން ކަހަލަ ގަމާރު ކުދިންކޮޅެއް. ރައްޔިތުން މިހާރު އަންނި ބަލައިނުގަންނަކަން އެއޮތީ ނިމިދިޔަ ރިޔާސީ އިންތިޚާބުން ދައްކާފަ.
ދަނޑި މޮކް ރެޓްސް
12 January 2025
ފުނޑެނީ..... ފުނޑެނީ ..... ގޮވި މީހުން ފުނޑެނީތަ؟ ކޮބާ ފޫވައް؟
ބަލާބަލަ ވީގޮތް
11 January 2025
ތިމަންނާ މެންނަކީ ކިންގު މޭކާސް ކަމަށް ދައުވާ ކުރަމުން ހާދަބޮޑާ ވެފައުޅުނު ބައެކޭ މީ. މޮޅުވެއްޖެ އެއްނު .
ޑިސްއޮންރަބުލް މުޙައްމަދުބެ
11 January 2025
ފޫވައް ވެއްޓޭކަށް ދެން ގިނަދުވަހެއްނެތް. އެކަމަކު އިއްޔެ މީ ކިންގުމޭކަރުން. ކޮބާ މިމީހުންގެ ލަދު؟ ކެޕްޓަން އެކަނިވެރިކޮށް ހުރިހާ ފަޅުވެރިން އޮޑިން ފުންމާލި ފުރަތަމަ ހާދިޘާކަންނޭންގެ މީ އިންސާނީތާރީޚު ދުތް.
3
11 January 2025
ތިއޮތީ ރޫހާނީ ލީޑަރާ ދެކޮޅަށް ސިޔާސީ ބަޣާވާތެއަކޮށްފާ. މީ ޕޮލިހުން ތަހުގީގުކުރާންޖެހޭ މައްސަލައެއް. ބޭންކަށް އެކަންޏެއްނޫން ބަޣާވާތްކުރެވޭނީކީ.