މާފަންނު ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން މަރާމާތުކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ސްޓެލްކޯ އަދި އާރުޑީސީން ކުރަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
11 ޖެނުއަރީ 2025 - 20:51
މާފަންނު ސަހަރާގައި ހުންނަ ފެން ހިންދާ ޕަމްޕް ސްޓޭޝަން މަރާމާތުކޮށް ސަރުކާރުން ވަގުތީ ގޮތުން ހައްލެއް ހޯދައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާލެއަށް ވިއްސާރަކޮށް ފެންބޮޑުވާ ކޮންމެ ފަހަރަކު ވެސް އެކި ހިސާބުތަކުގައި ހުރި ވާރޭ ފެން ހިންދާ ޕަމްޕް ސްޓޭޝަންތައް އިންސްޕެކްޓުކޮށް، އެ ތަންތަން ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލާ ކަމަށެވެ. މިއަދު މާލޭގައި ފެންބޮޑުވުމާ ގުޅިގެން މާފަންނު ޕަމްޕް ސްޓޭޝަން ބެލި އިރު، އެ ސްޓޭޝަނާއި އެއާ ގުޅާފައި ހުރި ހޮޅިތައް ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރިކަން ފާހަގަކުރެވުނު ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މާފަންނު ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން މަރާމާތުކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ސްޓެލްކޯ އަދި އާރުޑީސީން ކުރަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
އެ ޕަމްޕް ސްޓޭޝަނަށް ގެއްލުން ލިބުނީ މާލޭ ސިޓީ ކައުންސިލުން ސަހަރާ ހުސްކުރުމުގެ މަސައްކަތްކުރުމުގައި އެއްވެސް ވަރަކަށް ބެލުމެއް ނެތި އެތަން ކޮނެފައި ވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސިޓީ ކައުންސިލުން އެ މަސައްކަތް ކޮށްފައި ވަނީ ވެސް މިނިސްޓްރީއާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް، އަދި އެއްވެސް އެންގުމެއް ވެސް ނެތި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ޕަމްޕް ސްޓޭޝަންތަކާއި ނެޓްވޯކް ޗެކުކޮށް، އާރުސީޑީ އާއި ސްޓެލްކޯގެ އެހީތެރިކަމާ އެކު، މާފަންނު ސަހަރާގައި ހުރި ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.
މާފަންނު ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން މަރާމާތުކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ސްޓެލްކޯ އަދި އާރުޑީސީން ކުރަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު "މިހާރު"އަށް ވިދާޅުވިީ މާފަންނު ސަހަރާގައި ހުންނަ ފެން ހިންދާ ޕަމްޕް ސްޓޭޝަން ހަލާކުވީ މާލޭ ސިޓީ ކައުންސިލުން އެތަން ހުސްކުރަން ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުގެ އިހުމާލުންނެވެ. އަދި، އެއީ ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ވެސް ބެލެވެ އެވެ.
މާލޭގެ މޭޔަރު އަލީ އާޒިމް ވިދާޅުވީ އެ ޕަމްޕް ސްޓޭޝަން ހަލާކުވެފައި ހުންނަތާ ގާތްގަނޑަކަށް ފަސް މަސް ވެދާނެ އެވެ.
އެކަމަކު، އެ ވާހަކަ ދޮގުކޮށް މުއްތަލިބް ވިދާޅުވީ މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ވިއްސާރަކުރި އިރު ވެސް އެ ސްޓޭޝަން މަސައްކަތްކުރި ކަމަށާއި އެއްވެސް މައްސަލައެއް އޭރު ފާހަގަކުރެވިފައި ނުވާ ކަމަށެވެ. މާލެ އަށް ވިއްސާރަކުރާ ކޮންމެ ފަހަރަކު މިނިސްޓްރީގެ މުވައްޒަފުން މާލޭގެ އެކި ތަންތަނުގައި ހުރި ޕަމްޕް ސްޓޭޝަންތަކުގެ ހާލަތު ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޓޒަން އޮފް މާލެ
12 January 2025
މިނިސްޓްރީގެ މުވައްޒިފުން ޕަމްޕް ސްޓެޝަންތައް ބަލާ ޗެކްކުރާކަމަކަށް ގަބޫލެއް ނުކުރެވޭ! މާފަންނު ކޮޅުގައި ފެންބޮޑުވާތާ މަހެއްވެއްޖެ! ބެލިނަމަ އެގޭނެތާ! ހިރިޔާ ސްކޫލް ކައިރީގައި ހުންނަ ޕަމްޕް ސްޓޭޝަން ނިހިންގަނީ ކޮން ބަޔަކު ގެއްލުން ދީގެންތޯ، ވަޒީރު؟؟
އަހްމަދް ޔާސީން
12 January 2025
ޔަގީނޭ ބަޔަކަށް ތިތަނުގެ ހާލަތު ފެނިގެން ޕޯސްޓު ކުރީމަ ކަން އާޒިމް އަށް ތި ތަނުގެ މަތިން ހަނދާން ވީ ވެސް. ސާބަހޭ އާޒިމް ތީ ވާ މޭޔަރެއް.
ނުއުމާން
12 January 2025
އާޒިމް ސަރުކާރަށް ޑަމީކޮށް ތިތަން އަނެއްކާ ފުޑާލާ، ދެން ދުރުގަ ތިބޭ ހޭން. މީނަ ދެން ހޮވައިގެން ނުވާނެ މާލެގެ މޭޔަރަކަށް.
ކެވޭތޯ ބަލާ!
12 January 2025
ކަދުރު ރުކާ، ސްޕީކަރު މަގު ބައްތި ތަކާ، ބޮކި ފައްޗާ، ޕާކިންގް ސްލޮޓްތަށް. މިކަން ކަން ވަރަށް ފުރިހަމަ އަށް ކޮށްފަނުން ގޮސް ތިތިބީ!
އަނގަ ގޮއްވަން
12 January 2025
ތިއީ ޖޯކެއްތަ؟ ފެން އިސްކުރު ސައިޒް ހޮޅިއެއް އަޅައިގެން. ހުރިހާކަމެއް މިވައްތަރަށް.
ރިހުލާ އަހްމަދު
12 January 2025
އެމްޑީޕީއަށް ފެނޭތަ؟ އެމީހުންގެ ސްލޯކަމުގަ މިގައުމު ހިންގި 5 އަހަރަށް ފަހު އަވަސް ހަލުވި 5 އަހަރު މިއައީ. ސަރުކާރުގެ ސްޕީޑާ މެދު ސުވާލު ކުރާނެ ޖާގައެއް ނެތް
ޒީނާ މުހައްމަދު
12 January 2025
މިސަރުކާރުގެ ސްޕީޑް ހާދަ ރަނގަޅޭ. އެހާ އަވަހަށް މި ނިންމާލީ އެވެސް މަރާމާތު ކޮށް
ބީޓެލްޖޫސް
12 January 2025
މިފެންނަނީޑިމޮކްރަސީގެއަނދިރިފަޅި
މަޒް
12 January 2025
ތި ޕަންޕް ސްޓެޝަނެކޭ ކިޔައިގެން ކޮންމެ މީހަކު އުޅޭތާ 10 ވަރަށް އަހަރުވަނީ.. އަބަދުވެސް ކޮންމެވެސް ޕަންޕް ޝްޓޭޝަނެއް ހަލާކުވެފަ ހުންނަނީ.. އަސްލުވާ ގޮތަކީ މިކަން ހައްލުކޮއްދޭން ނުވަތަ ހައްލު ކުރަން އިނގޭ އެއްވެސް މީހަކު ނެތީ ހަމަ
އަޅުންގެއަޅުން
12 January 2025
ނޭގެނީކީ ނޫން. ހަމަ ގަސްދުގަ ތިކަން ހައްލުކުރަން ބޭނުން ނުވަނީ. ޢޭރުން ޕްރޮޖެކްޓް ހިންގަން އެނަގާ ފައިސާ ޖީބަވަންނަނީ ކިހިނެތް
އޮނަރަބްލް ކުދު ބެއްޔާގެ އަފީފު ދީދީ
12 January 2025
ޕަމްޕް ސްޓޭޝަން ހަލާކުވެފައި ހުންނަތާ ފަސް މަސް ވެދާނެ ކަމަށް މޭޔަރު މިވަނީ އިއުތިރާފް ވެފައެވެ . މާފަންނު ސަހަރާ ކޮނެ ނެގީ ކަރަންޓު ނަރުތަކައި ހޮޅިތަކަށް ބެލުމެއްނެތި އަދި އެއް ވެސް މިނަވަރެއްގެ ސާވޭއެއް ނެތި. ގަބުރުސްތާނު ކޮނުމާއި ގިނަ ބަޔަކު ދެކޮޅުވެ އަޑު އުފުލި . ފާއިތުވީ ހަފްތާގައި މާފަންނު ކޮޅު ފެންބޮޑުވެ ވިޔަފާރި މުދާ ގޯތި ގެދޮރަށް އެތަކެއް މިލިއަން ރ ގެއްލުން ވަނީ ލިބިފައި .މާލޭ ގެ މޭޔަރު މިކަމުގައި ޒިންމާ ނަގަން ޖެހޭނެ.
ސިކުނޑި
12 January 2025
އެންމެ ބޮޑަށް ފެންބޮޑުވެ ގެއްލުންވި ދުވަހު ޕަންޕް މަސައްކަތް ކުރިކަމަށް ވަޒީރު ވިދާޅުވީ! ކުރީގެ ވަޒީރާއި ނާއިބާއި ދެމީހުން ތިބެގެން ކުރި ހަމައެއްކަމެއްވެސް ނެތޭ! ދެވަނަ ފަހަރަށް ތިންވަނަ ފަހަރަށް ކުރަން ނުޖެހޭ! މަގުހެދުމާއި، ދުވާޓްރެކާއި، ޕާކުތަކަކީ އޭގެ ހެކި!! ބޮޑަށް ބެލެވެނީ މާބޮޑަށް ވިޝަނަރީ ކަމަށް! ފިތުރަތުގެ ގާނޫނާއި ބުއްދީގެ ހަމަތަކަށް ސަކޭގާނުވާ ތަސައްވުރު ގެންގުޅުއްވާ ބޭފުޅުން!!
ކުރުސީނު
12 January 2025
ދޮގުފަތުރާ މީހުން މި ފެންނަނީ.. ގެއްލުންވީ އެތައް މިލިއަނެއް ނޫން . އެތައް ޓްރިލއަން އަކުން.... ތިޔައި ބަޔަކު ނާޖާއިޒް ފައިދާ ތަކެއް ބަދަލުގެ ގޮތުގައި ހޯދުމައް ކުރި ހިސާބެއް ގެއްލުން ލިބުނު ކަން ޔަގީން
އޮނަރަބްލް އަފީފު ދީދީ
12 January 2025
އިޤިރޭސި ދައުލަތުން އައްޑޫގައި ކޮށްފައިވާ އިމާރާތް ތަކާއި، މުދާ ޢަނީމާކޮށްގެން ކ.އަތޮޅު މާލެއަށް އުފުލި ގޮތަށް އަދި އެކުވެރި ދައުލަތް ތަކާއި ސާކް ސެކެޓްރޭޓުން ދިން އެހީގައި ތަރައްޤީކުރި Addu Equatorial Convention Center އީސީސީ ގައި ހުރި ހަރު މުދަލާއި، އިންޖީނާއި ވެހިކަލް އަދި ގޮނޑި މޭޒާއި، ކާޕެޓާއި ތަށި ސަމުސަލަށް ދަންދެން ކަޅާކޮށްލި ގޮތަށް އިންޑިޔާ ސަރުކާރު ލޯނުގައި ހަދާފައިވާ އައްޑޫގެ މަގުތަކުގައި ހުރި ޕަމްޕް ކ.މާލެއަށް ގެންދަނީ ކޮންއިރަކު؟!
އަޅިބެ
12 January 2025
ކަލޭ ދާންވީންނުން އިނގިރޭސި ވިލާތަށް.. މިތާ ތި އުޅެނީ ކީއްވެތަ؟
ރަންދާލަ
12 January 2025
އައްޑޫ ގައި އިނގިރޭސިން ކުރި އުސްއިމާރަތް ތައް މާލެގެނައީ ދޯ އޮނަރަބަލް އަފީފު ދީދީ އިނގިރޭސިން ދޫކޮއްފައި ދިޔަ ތަށީ ތެލިން ވައްކަން ކޮއްގެން ގެނެސް މާލެ ތެރޭގައި ވިއްކީ އައްޑޫ އަތޮޅު ރައްޔިތުން ގެ ތެރެއިން ބަޔަކު.. ތިޔަބުނާ ކޮންވެން ޝަން ހަދަން ސާކް ސެކްރިއޭޓްސް ކޮން އިރަކުބާ ފައިސާދިނީ ، ދިވެހި ސަރކާރު ގެ ބަޖެޓް ހަރަދު ކުރީ ވަކިބަޔަކަކު ލާރި ކޮޅު ދިރުވާލާފއި ސިފައިން ލައްވާ އަޅު މަސައކަތް ކުރުވީ ކެނެރީގޭ ނަޝިދު