ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވިއިރު ހަސަން ލަތީފް "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މިހާރު/ މިހާރު
12 ޖެނުއަރީ 2025 - 13:32
ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް އަލުން އެމްޑީޕީއާ މިއަދު ގުޅިވަޑައިގެންފި އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީ ދޫކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުންތަކެއް ވަނީ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައިފަ އެވެ.
އެކަމަކު، ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން މިހާރު ގެންދަވަނީ އެމްޑީޕީއާ ގުޅިވަޑައިގަންނަވަމުންނެވެ.
ހަސަންގެ އިތުރުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެ ޕާޓީން މިއަދު ވަނީ އެ ދެބޭފުޅުންނަށް މަރުހަބާ ކިޔައިފަ އެވެ.
ހަސަނާއި ޝިފާޒުގެ އިތުރުން އެއީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
މި ޕާޓީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް އާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އަލުން މި ޕާޓީއާ ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވަން.
— MDP Secretariat (@MDPSecretariat) January 12, 2025
އެމްޑީޕީގެ އިސްސަފުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން އަލުން އެ ޕާޓީއާ ގުުޅިވަޑައިގެންނެވި އިިރު، އެ ޕާޓީން އަންނަނީ "ގާނޫނުއަސާސީގެ ދިފާއުގައި"ގެ ނަމުގައި މި މަހު 31 ގައި މާލޭގައި އެއްވުމަށް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
12 January 2025
ކެޔޮގަނޑުގެ ފޫވައްޓާލަން އުޅުނު މީހުންގެ ފޫވެއްޓުންތައް މިފެނުނީ އެހެންތާ ވާނީ ދުވަހަކު ކެޔޮގަނޑެއް ކީއްކުރަން ކެޔޮ ފީންޔެއް ލޮލުން ފެނުނު މީހެއްނެތް ކަނޑަ ނުކުތުމުގެ ކުރިން އޮތީ ގިރިއަ އަރާފަވިއްޔާ..
ރަގަޅު އެބަވޭ
12 January 2025
ތި ޕާޓީ އެއް ހަދައިގެން ނިކުތީމަ ވީ އެއްވެސް މޮޅެއްނެތޭ.ނޫންނަމަ އަދިވެސް ވެރިކަމުގަ ތިބޭނީ އެމްޑީޕީ. ވިސްނުނު އިރުދެން މާ ލަސްވެއްޖެ ވިއްޔާ.
ޔެސް
12 January 2025
އެމްޑީޕީ އަލުން ހޯއްދަވައި އަންނިއާ ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް އުންމީދުކުރަން
ގުދުގުދުލީބެއްޔާގެ ތެދުބަސް
12 January 2025
އުނބަށްޖެހީ، އުބަށްޖެހީ. ދެން ލަލަލާ.
މުޚައްމަދު ނަޝީދު
12 January 2025
ކުރިއަށް، ބާރަށް ކުރިއަށް... ކުރިއަށް ކުރިއަށް، ބާރަށް ކުރިއަށް... ވަލްހަމްދުލިﷲ
ހަސަނު
12 January 2025
އުވާލާނަން... އުވާލާނަން.... މި ބުނީނު އެ ކުޑަކުޑަ ޕާޓީގަނޑު އުވާލާނަމޭ...
ބިލަރސް
12 January 2025
އިބިލީސް ބުނިފަދަ ބަހެއް:ކުރިހުރިހާ ކަމެއް ފެއިލުވުމުން. ދެން މިހެން ތިބެގެނެއް ނެތޭ ވާކަށް . ދެންވެސް ޕާޓީ ސުލްހަކޮށް ގައުމުގެ މިސްރާބު ހަމަ މަގަށް އެޅުވުމުގެ ކުރީން ކުރެވެން ހުރިކަމެއް ކުރާށޭ. މީހުންނަށް ތަހުޒީބު ދައްކައި ލާރީގެ ފޮނިކަށް ދައްކައި އަބުރުކަތިލައިގެންވިޔަސް އަވަސްކުރާށޭ.
ހަލާކުވީ
12 January 2025
އެމް.ޑީ.ޕީ. އިތުރަށް ހަލާކުވީ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
12 January 2025
ދެން އަންނިވެސް އެމް.ޑީ.ޕީއާ ގުޅޭނެ. އޭރުން އަނެއްކާ މިދިޔަ އިންތިހާބުގެ ކުރިން ފެނުނު ޝޯގެ ރިޕީޓް ފެންނާނެހެން ހީވޭ. މީދެން ފުކެއް ބޮޑުވަރު ދޯ؟؟ ބަތް ކައްކާ ކުޅުނަސް މާ ތާހިރުވާނެ!!!
ކޮވެލި
12 January 2025
ރޫޅައެއް ނުލެވުނު ދޯ. ދެންވެސް ލާރިއެއް ލިބޭނީ އެމްޑީޕީ ފަހަތު އެލިގެން ދުވީމަ ކަން އެނގޭތީ ތިއުޅެނީ.