13 ޖެނުއަރީ 2025 - 09:38
ޖިއްދާ (ޖެނުއަރީ 13) – ރެއާލް މެޑްރިޑްގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ސްޕެނިޝް ސުޕަ ކަޕް، ބާސެލޯނާ އިން ކާމިޔާބުކޮށްފި އެވެ.
މާލީގޮތުން އުނދަގޫ ހާލަތުގައި އޮތް ބާސާއިން ރެއާލްއާ ދެކޮޅަށް ދެއްކި ކުޅުން ގަބޫލުކުރަން ވެސް އެ ޓީމުގެ ކޯޗު ހެންސީ ފްލިކް އަށް ދަތިވި އެވެ.
"މިއަދު [ރޭ] ގެ މެޗަކީ ގަބޫލުކުރަން ވެސް ދަތިވި މެޗެއް. (ޓީމުގެ) ކޯޗުންނަށް އެހާ ހައިރާން ކުރުވަނިވި ކަމަކަށް ނުވެދާނެ. އެކަމަކު ސަޕޯޓަރުންނަށް މިއީ އާދަޔާ ހިލާފު މެޗަށް ވާނެ،" ފްލިކް ބުންޏެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލުންނެވެ. މެޗު ފަށައިގެން ފަސް ވަނަ މިނެޓްގައި ކީލިޔަން އެމްބާޕޭ ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ވިހި މިނެޓެއްހާއިރަށް ވެސް ރެއާލަށް ލީޑުގައި ދެމިނޯވެވުނެވެ. ޒުވާން ލަމީން ޔަމާލް މެޗުގެ 22 ވަނަ މިނެޓްގައި ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
އެ ލަނޑަށް ފަހު ބާސާގެ ބާސާގެ ޑޮމިނެޝަން ފެށުނެވެ. އެ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ފުރަތަމަ ހާފުގައި ޖެހި އެވެ.
އެ ޓީމަށް ލީޑުނަގައިދިން ލަނޑު، ޕެނަލްޓީއަކުން ޖެހީ ރޮބަޓް ލެވަންޑޯސްކީ އެވެ. އޭގެ ތިން މިނެޓް ފަހުން ރަފީނިއާ އެ ޓީމުގެ ލީޑް ފުޅާކޮށްދިނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލްހެންޑްރޯ ބަލްޑޭ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހި އެވެ.
ދެ ވަނަ ހާފު ފެށިގޮތަށް ދެވަނަ މިނެޓްގައި ރަފީނިއާ ބާސާގެ ފަސް ވަނަ ލަނޑު ޖެހި އެވެ. ދެ ލަނޑު ޖެހުމުގެ އިތުރަށް އޭނާ ވަނީ އިތުރު ލަނޑެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ދެ ވަނަ ހާފުގެ ބޮޑުބައެއް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ބާސާގެ އަސްލު ކުޅުން ދެއްކޭގޮތެއް ނުވި އެވެ. އެ ޓީމުގެ ކީޕަރު ވޮއިޒެޗް ޝެޒްނީ އަށް ރެފްރީ ރަތް ކާޑް ދެއްކީ ގޯލް ޖަހަން އެމްބާޕޭ އަށް ލިބުނު ހުސް ފުރުސަތަށް ހުރަސް އެޅުމުގެ ގޮތުން އޭނާގެ ފައިގައި ދަތިއަޅުވައި ވައްޓާލުމުންނެވެ. ވީއޭއާރުން މައްސަލަ ބެލުމަށް ފަހު ރެފްރީ، ޝެޒްނީ އަށް ދެއްކީ ރަތްކާޑެކެވެ.
ބަދަލު ކީޕަރު އިނާކީ ޕެނާ ކުޅެން ނެރުނީ ޕަބެލޯ ގަވީގެ ބަދަލުގަ އެވެ. ޝެޒްނީ ކުރި ފައުލަށް ލިބުނު ހިލޭޖެހުމުން، ރޮޑްރިގޯ ގޮއިސް ރެއާލްގެ ދެ ވަނަ ލަނޑު ޖެހި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުންކުރު
13 January 2025
ރިއާލްގައި ތިބީ ހުސް ތަރިން އެކަމަކު ޓީމެއްގެ ގޮތުގައި ބާސާ މާ މޮޅު. މޮޅުވާން ޓީމަކުން ކުރާ މަސައްކަތް މާ މުހިންމު ވާނެ
ޖަމަލު
13 January 2025
ރެފުރީ ރޭގަ މަސައްކަތްކުރި މެޑްރިޑް މޮޅުކޮށްދޭން. އެކަން ކާމިޔާބުވާ ގޮތެއްނުވި.
ބާރްސާ
13 January 2025
ކީޕަރަށް ރަތްކާޑު ނުދެއްކި ނަމަ 10 ޖަހީސް ދޭގަ.
މުދިމިއްޓޭ
13 January 2025
ރެއާލް ބަލީވީމަ ދެރަ.
ރަދީފްއޮފިޝަލް
13 January 2025
މަރުހަބާ ބާސާ.ރެއާލުން ކުރި ހިތްވަރަށް ސާބަސް. # ވިސްކައެލްބާސާ # ޕުތަމެދްރިދް # ހޮދަރ މެދްރިދް
އަހުމިއްޓޭ
13 January 2025
ކަލޭ ޖެހޭނެ ކޮންމެހެން ހަދާފަވެސް ކޮމެންޓެއް ކުރަން. އެކަމު ނޭނގޭ ދޯ މިހާރުގަ ހޭޝްޓެގް މަސައްކަތް ނުކުރާކަމެއް.
ރަދީފްއޮފިޝަލް
13 January 2025
ކަލޭ އަދި ވަރަށް އާވާނެ މިކަމުގަ. ހޭޝްޓެގް ބޭނުންކުރީ ކީއްވެކަން ޅަކުދިންނަށް ނެނގޭނެ.
ޚސކސި
13 January 2025
އެއީ ތަންތާ މަޖާ ކޮމެންޓު ކުރާ މީހުންގެ ހާލަކީ. ސުކުނެއް އުކުނެއް ހޭޝްޓެގެއް ނޭނގޭނެ
ޛސޖސޖޖސ
13 January 2025
އެމީހުންގެ ބޮޓު ރެފުރީން ނެތިއްޔާ ނުވާނެ