އެމްޑީޕީން މީގެ ކުރިން ބޭއްވި ބޮޑު ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގަންނަވަނީ .-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
13 ޖެނުއަރީ 2025 - 17:16
އިލެކްޝަންސް ކޮމިޝަނަކީ އާއްމުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ހަދަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ވައިކަރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި، އޭނާ ޕީއެންސީއަށް ބަދަލުކުރި މައްސަލައާ ގުޅިގެން އިބޫ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އާއްމު އެތައް ބައެއްގެ ޒާތީ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް، އޮޅުވާލައިގެން، ވެރިކަންކުރާ މައި ޕާޓީއަށް މީހުން ވައްދަމުންދާ ކަމަށެވެ.
އެ ހިސާބުން، އީސީގެ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރޭތޯ ސުވާލު އުފެދޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އާންމު އެތައް ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް އޮޅުވާލައިގެން ޕީއެންސީއަށް އެބަ ވައްދައެވެ. އެންމެ ފަހުން މިއެނގުނީ އެމްޑީޕީ އަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުވެސް އޮޅުވާލައިގެން ޕީއެންސީއަށް ވެެއްދި ވާހަކައެވެ. ސުވާލަކީ…
— Ibrahim Mohamed Solih (@ibusolih) January 13, 2025
"އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން އެބަޖެހެ އެވެ،" އިބޫ ވިދާޅުވި އެވެ.
ވަގަށް ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލަ ހައްލުކުރަން އެ ކޮމިޝަނުން މީގެ ކުރިން ވެސް ފިޔަވަޅުތަކެއް އެޅި އެވެ. އޭގެ ތެރެއިން، ޕާޓީއަށް ވަންނަން ފޯމު ހުށަހަޅާ ހިސާބުން އެ މީހަކަށް އެސްއެމްއެސް ފޮނުވަން ވެސް އީސީން ވަނީ ނިންމައިފަ އެވެ. އަދި ވެބްސައިޓުގައި ވެސް ހަތް ދުވަސް ވަންދެން މައުލޫމާތު އާއްމުކުރެ އެވެ. އެކަމަކު، އެކަމަކު، އެ ލިސްޓު "އެއްވެސް މީހަކު ނުބަލާ" ކަމަށް ބުނެ އެކަން ކުރުން މި ފަހުން ވަނީ ހުއްޓާލައިފަ އެވެ.
އީސީން ބުނީ ވަގަށް ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ހައްލުކުރަން ދެން އޮތީ، އެކަން އީ-ފާސް މެދުވެރިކޮށް ކުރެވޭ ގޮތަށް ބަދަލުކުރުން ކަމަށެވެ. މި އަހަރު ފަހުކޮޅު އެ ބަދަލުތައް ގެނެވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހިނެއް
14 January 2025
މިވަރު ކަމެއް ކޮއްފިއްޔާ ނޭނގި ނުހުންނާނެ މިކަންބޮޑައް ވައްތަރީ އެމްޑީޕީ އަޑީގަ އޮވެގެން ބައެއްގެ އަގުވައްޓާލަން ކުރި ކަމެއް ގޮތުގަ
އެހެން
14 January 2025
ޑެޕިއުޓީ މިނިސްޓަރެއް.
ހަމަދު
14 January 2025
އެމްޑީޕީއަކީ އަބަދުވެސް އޮޅުވާލުމުގެ ތެރޭން ކަންތައް ކުރާ ބައެއް
ހުށޭނު
14 January 2025
ކޮބާ ޝަރީފަށް ގުޅަމާ؟ އީސީ ބްރޯ ޓުދަ ރެސްކިއު!!
ޔަހީޔާ
14 January 2025
ކަލޭމެން އައްމިއްލަޔައް އެހެން މީހުންގެ ބޮލުގަ އަޅުވަން އޭނަ ވެއްދީ ޔާމީންގެ މީހަކު މެދުވެރިކޮއް ކަލޭމެންތީ އަބަދުވެސް ފިތުނަ އުފައްދަން އުޅޭބައެއް.
އެހެނަސް
14 January 2025
އަސްލު ވެސް
އޮނަރަބްލް އަފީފު ދީދީ
14 January 2025
ވެރިކަމާއި، މަޖިލިސް ސްޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން ބޭޅާއާއި ތިބޭޅާގެ މައްޗަށް އަމުރު ހިންގެ ބޭޅާގެ ވަޒީރުންނާއި އަދި ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ތެރެއިން ބޭޅާއަށއ ބައިޢަތު ހިފި މެންބަރުން ކަންކުރެއްވިގޮތް އަހަރުމެން ދިވެހި ރައްޔިތުންނަށް ވޭތުވެދިޔަ 5 އަހަރު ފެނިގެން ހިގައްޖެ. ބޭޅާގެ ވާހަކަ އަޑުއަހާ ތިއަށް ސަމާލުކަން ދޭނީ ހަމަ އެކަނި މިދެންނެވި މީހުން. ހީއެއްނުވޭ މިހާރު ތިޔަ ޕާޓީގެ އާންމު މެންބަރުވެސް ތިވާހަކަ އަޑުއަހާނެ ހެނެއް.
އިއްބެގެލިސްޓް
13 January 2025
ލިސްޓްތަކެއް ހަދާފަ ފުލެޓް ދޭނަމޭ ކިޔާފަ ދިޔަ މީހާ ދޯ މީ… ވަގުތު ކުޑަތަންވީމަ ލިސްޓް ހެދީ ވޯޓުން ހޯދަން ހަމަ
ނަމުން ސޯލިހް
14 January 2025
ވޯޓް ހޯދަން ގާތްމީހުނައް ހުޅުމާލެވެސް ފޮތިފޮތި ކޮއްލީ، މިހާ ނުބައި ވެރިކަމެއް ކުރި މީހަކު މިފަހުގެ ތާރީހު ނުދެކޭ.
ދަންވަރަށްފަރިވެފޮޅޭތަކުރުބެ
13 January 2025
ރައީސް އިބޫމެން ވެރިކަމުގައި ތިއްބެވިއިރު މިބާވަތުގެ ކަންކަން އޮތީ ބޮއްސުންލައިފަ. މުޅިގައުމުގައި ވަގުންނާއި ރިސްވަތުދޭމީހުންނާއި އޭގައި ހިފާމީހުންނާއި ހިޔާނާތާއި މިހެންގޮސް އެތައްކަމެއް. އަދިވެސް މިފެންނަނީ އޭގެކުލަވަރު.
ކޮރަލް
13 January 2025
މީނަގެ މައްސަލަތައް ނުބަލާ ހުއްޓަ އަހަރު ވީ އެވެ.
ބިންގުޑާ
13 January 2025
މީހެއްގެ ބޭންކު އެކައުންޓުން ލާރި ކަނޑާއިރަށް މެސެޖު އަންނަފަދައިން އެމީހެއްގެ ޕާޓީ ބަދަލުވާއިރަށް މެސެޖު އަންނަ ގޮތް ހަދާ ބަލަ!
ރާއްޖެ
13 January 2025
މިރާއްޖޭގަ އުފެދުނު އެންމެ ބޮޑުވަގަށް މާފްދީފަ ހުރި މީހެއް. ހަނު ހުރިއްޔާ މާ ތާހިރު ވާނެ.