ނަޝީދު ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށް ޖުލައި، 2023 ގައި ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ޖެނުއަރީ 2025 - 18:17
އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި ވެސް މި ވަގުތު އަމަލީގޮތުން މަސައްކަތްނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ބައިވެރިވުމާ އެކު "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ހަތަރު ބޭފުޅަކު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވަނިކޮށް، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސިޔާސީ އެއްވެސް ޕާޓީއަކާ އެ މަނިކުފާނު އިދިކޮޅު ނުވާނެ ކަމަށެވެ.
އެމްޑީޕީއަކީ "ދަރިއެއް" ފަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީ ވަރުގަދަކޮށް އޮތުމަށް އަބަދުވެސް އެދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އޭގެ ފަހުން އުފެއްދި ޑިމޮކްރެޓްސް އަކީ ސިޔާސީ މަސައްކަތުގައި ޒުވާނުން ބައިވެރިވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
އެކަމަކު، މި ވަގުތު އެއިން އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
Alhugadu ge hayaathuge bodu baeh heydhakuree Dhivehi Raajjeygai gina party ekulevey nizaameh qaaim kurumuge masakkathugai. Qaumeh ge tharahgee ah, rayyithehge thanavaskamah eneme beynun eh vaseelathakee vaadhaveri siyaasee harakaiykamun, 2008 ge inthikhaab ah fahugai Sarukaaruge…
— Mohamed Nasheed (@MohamedNasheed) January 13, 2025
"އެހެން ނަމަވެސް، ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވާކަށް ވެސް ނެތިން،" ނަޝީދު ވިދާޅުވި އެވެ.
ނިމިދިޔަ ވެރިކަމުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދޭތެރޭގައި ޖެހުނު މައްސަލަތައް ހައްލު ނުކުރެވި އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސް އުފެއްދީ ޖޫން، 2023 ގަ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީން ވަކިން ވާދަކުރިއަސް މާ ބޮޑު ކާމިޔާބީއެއް ނުލިބުނެވެ. އޭގެ ފަހުން، މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް ނުހޯދުނެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމްކުރާށެވެ.
ގައުމެއްގެ ތަރައްގީއަށް އަދި އާއްމު މީހެއްގެ ތަނަވަސްކަމަށް އެންމެ ބޭނުންވާ އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތްކަމަށް ވާތީ، 2008 ގެ ރިޔާސީ އިންތިހާބަށްފަހުގައި ސަރުކާރުގެެ އާމްދަނީ އިތުރުވެގެންދިޔަ މިންވަރުން އަދި އެ އާމްދަނީން ކުރެވުނު އުމްރާނީ މަސައްކަތާއި އާއްމުންނަށް ހޯދައިދެވުނު އިޖުތިމާއީ ރައްކާތެރިކަމުން ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ އަންގައިދޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ ދާއިރާއިން މި ވަގުތު ދުރުގައި ހުންނެވި ނަޝީދަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލެވެ. އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް މީގެ އަހަރެއް ކުރިން އެ މަނިކުފާނު ވަނީ ގާނާއަށް ބަދަލުވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހްމަދުހު
14 January 2025
އެ ވިދާޅުވީ ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ވާހަކަ. އަދި އެމްޑީޕީ އާއިއެކު ރުޖޫއަ ވާތަން ވަރަށް އަވަހަށް ފެންނާނެ
ހ. ހުސައިން
14 January 2025
ސިޔާސީ ޚަބަރުތަކަށް ކޮމެންޓްކޮށް ހަދަންވާނީ ސިޔާސީގޮތުން ތަސައްރުފު ފުދި ޖަޒުބާތުގައި ނުޖެހި. ސިޔާސީ މަސްރަހުގައި ކަންކަން ފުރޮޅި ނިއުޅެމުންދާގޮތަށް ވިސްނުން ހިންގަންޖެހޭ. އެހެންނޫނީ ދައްކާ ވާހަކައާއި މަސްރަހުގައި ކަންކަން ވަމުންދާގޮތާ ދިމަލެއް ނުވާނެ. ސަރުކާރު ހިންމުގައި ހުރި ނުރަނގަޅު ކަންކަމަކީ ޕާޓީނިޒާމުގެ މައްސަލައެއްކަމުގައި ދެއްކުމަށް ބައެއްބޭފުޅުން ބޭނުންވޭ. ނަމަވެސް އެއީ އަދި މުޅީން ރަނގަޅު ވިސްނުމެއްނޫން.
ރަދީފު ބަރުލަމާނީ
14 January 2025
މަހީކުރީ ތިޔައީ ބޮޑުވަޒީރުކަން ހޯދަން ވެގެން ހެދި ޕާޓީއެއްކަމަށް
ޢޯކޭ
14 January 2025
އެއްވަގުތަކުވެސް އަހަރެމެން ބޮލަށް އުނދަގޫކުރަން މާލެ ނޭރުން އެދެނީ.
ސާމިލު
14 January 2025
ދިވެހިރައްޔަތުން ބޭނުންވަނީ އަންނި މަނިކުފާނު ޤައުމުން ބޭރުގައި މަޑުކޮށްލައްވައިގެން ހުންނަވަން. ސިޔާސީގޮތުން އަންނި މަނިކުފާނު ކެއްކެވި ރިހައިގެ ރަހަ އަދިވެސް މިއުޅެނީ ނުފިލައިގެން. މާ ލޮނުގަދަ ވެފައި ކުޅިގަދަ ރިހައެއް މަނިކުފާނަށް ކެއްކުނީ!
ނުބުންޏަސްއެނގޭ
14 January 2025
އެކަން އަހަރެމެންނަށް އެނގޭ. އަބަދުވެސް ކުރިއަށް ނެރޭނީ އެހެންބައެއް. އެބަޔަކުޖެހޭނީ އެމީހުންގެ ސިޔާސީ ހަޔާތް ގުރުބާންކޮށްލަން. 2023 ގެ ރިޔާސީ އިންތިހާބަށްވެސް ބަޔަކުނެރުނު. އެމީހުންގެވެސް ކެރިއަރ ހަލާކުވީ!
ޖިއްލެ
14 January 2025
ބަލާ . ހުރި ނުބައި ނުލަފާ ކަން. ވެރިކަމުގެ ދަހިވެތިކަމުގާ މިރާއްޖެއަށް ޕާޓީ ސިސްޓަމް ގެނެސް މުޅި ގައުމުގެ އެއްބައިވަންތަކަށް ނަގާލާ ގަޑުބަޑު ކޮށްފަ ޗާލެއްނު
ރަދީފުޕޮލިޓިކަލް
14 January 2025
ނަޝީދު ހީކުރީ 2012 ގައި މައުމޫނު އިސްވެ ހުރެ ޕީޕީއެމް އުފެއްދީމާ ވީހެން އެމްޑީޕީގެ އެންމެން މަޑުމަޑުން ނަޝީދުއާއެކު ޑިމޮކްރެޓްސް އަށް ކަހާލާނެކަަމަށް، އެކަމަކު ރިޔާސީ އިންތިޚާބާ މަޖުލިސް އިންތިޚާބު ނިމުނުއިރު ނަޝީދުގެ ސިޔާސީ ބުރަދަން ރަނގަޅަށް ސާފުވެ، ރޫޅާލަން އުޅުނު އެންޑީޕީއަކީ ނަޝީދުގެ ދޮންދަރިއަކަށްވެ ނިމުނީ.
ވަށަފަރު ނަޝީދު
14 January 2025
އެމްޑީޕީ ރޫޅާލަން ނުކުތް މީހުންނަށް އެނގިއްޖެ އެމީހުންނަށް ރާއްޖޭގައި އޮތީ އެންމެ 7% ގެ ތާއީދެއްކަން، އެހެންވެ ވަކި ޕާޓީއެއް ހަދައިގެން ވާނެ މޮޅެއް ނެތްކަން، އެހެންވެ ދަނޑިވަޅު ބަލާފައި އުނބަށް ޖަހާލީ
ހަސަންރަހާ
14 January 2025
ޕާޓީ އުފެއްދި އަދި އިސްކޮށް ތިބި އެންމެން މޑޕ އަށް ބަދަލުވާއިރު ޑިމޮ ޕާޓީ އުވާ ނުލާ މިކަން ކުރާނަމަ މިކަމުގެ އަޑީގައި އެހެން އެޖެންޑާ އެއް އޮންނާނެކަން ކަށަވަރެވެ. ހިތްވަރު ހުރިކަމަށް ވަންޏާ ޑިމޮ ޕާޓީ އުވާލާފަ މޑޕ އަށް އަންނާށެވެ.