އެމްޑީޕީގެ ގައުމީ މަޖިލީހުން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯތައް: ހުސެން ވަހީދު/ މިހާރު
18 ޖޫން 2025 - 12:33
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޑިމޮކްރެޓްސް އިން އިއްޔެ ފާސްކުރި ގަރާރާ ގުޅޭ މައުލޫމާތު ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ.
އެ ކަމަކު، އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަންތައްތަކާ ގުޅޭ ތަފުސީލްތަކެއް އަދި ނުލިބެ އެވެ. ނަމަވެސް ޑިމޮކްރެޓްސްގެ ނިންމުމާ ގުޅޭ މައުލޫމާތު އެމްޑީޕީގެ މެމްބަރުންނަށް ދީ، އެ ބޭފުޅުންގެ ހިޔާލު ބައެއް ކަންކަމުގައި ހޯދާނެ ކަމަށް އެނގިފައި ވެ އެވެ.
ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީ އިން އިއްޔެ ބޭއްވި ނުރަސްމީ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ބުނީ، އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށެވެ.
އެހެންވެ، ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލް ކުރުމަށް އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް ގަރާރުގައި ވެ އެވެ.
އެ ބައްދަލުވުމުގައި 46 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއިރު އެމްޑީޕީއާ ގުޅެން ދެކޮޅު ހެއްދެވީ ހައެއްކަ މެމްބަރުންނެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކާ ގުޅިގެން ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023 ގަ އެވެ. ނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސް ބޭފުޅުންތަކެއް ވަނީ މި އަހަރުގެ ކުރީކޮޅު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވުމުގެ ކުރިން ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ބައްދަލުކުރައްވައިފަ އެވެ.
ފައްޔާޒު ވިދާޅުވީ، ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކުރައްވާފައިވާ ކަމަށެވެ.
"ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ލީޑަޝިޕާއި ގިނަ މެމްބަރުން ވެސް ދެކޭގޮތުގައި 2023 ގެ ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ގެއްލުނު މައިގަނޑު ސަބަބަކީ އޭރުގެ ރައީސް އިބޫ އާއި ނަޝީދާ ދެމެދު އުފެދުނު ހަމަނުޖެހުންތަކާ އެކު، ނަޝީދު ޑިމޮކްރެޓްސް ޕާޓީ އުފައްވައި އެ ޕާޓީން ވެސް އިންތިހާބަށް ނުކުތުމެވެ.
ޑިމޮކްރެޓްސް ޕާޓީ އަށް ޖުލައި 13، 2023 ވަނަ ދުވަހުގެ ރޭ ސޮއިކުރެއްވީ ވެސް އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައި ވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލާއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޫރުބެ
18 June 2025
މިހާރު ހަތަރު ކަށިމަތި މީހުންވެސް އުނބަށް ޖަހާދޯ؟؟؟
ރުންކުރު
18 June 2025
މިހާރު އެމް.ޑީ.ޕީއަށް އެންމެ ފައިދާ ބޮޑު ގޮތަކަށްވާނީ ކުރިން ނުނެރޭ މޫނެއް ރިޔާސީ ރޭހަށް ނެރުން. ކުރިން ވެރިކަން ކުރި މީހުން، ހާއްސަކޮށް އަންނި، ރިޔާސީ ރޭހަށް ނެރުންވާނީ ބޭކާރު ކަމަކަށް. އެކަމަކު އެންމެން އެކައްޗެއް ކިޔާނަމަ ޕާޓީއަށް ވެއްދުމަކުން ގެއްލުމެއް ނެތް
މައިކާލޯ
18 June 2025
ޕާޓީކަންތައް މާބޮޑުވަރުވާތީ ގައުމު ހަލާކުވާވަރު ދިރާސާކޮށް ފިޔަވަޅެއްވެސް އަޅަންއެބަޖެހޭ. ދެރަކަމަކީ އެއްވެސްކަމެއްގައި އެއްވެސް ގަވާއިދެއް ގައިޑު ލައިނެއް އޮންނަކަމަކަށްނުވޭ. ސްކޫލެއް ކުރިމާތީވެސް ޕާޓީޖަގަހަ ހުޅުވާލައިގެން ރެޔާދުވާލު ޕާޓީލަވަ އަޑުގެކޮޅަށް ޖަހާ ކުޑަކުދިންގެ ސިކުޑި އެބަ ތަޔައްޔަރުވޭ. ނުގުޅޭކަމެއް މީ..މިކަމަކީ އެންމެކާރުބާރު ބޮޑު މާޖީދީމަގުގައި ބޮޑެތި ގޯޑައުން ހުޅުވަން ހުއްދަނީ މުޅިހިސާބު އަބަދު ބާރުބޮޑުވެފައި. މީގޮތެއްނުން ދޯ
ބަދަލުކުރޭ
18 June 2025
ކެނެރީގެ ނަޝީދު ނޫން ގޮތެއް އެމްޑީޕީން ހޯދަން ޖެހޭނެއޭ ދެން އެމްޑީޕީ ވައްޓާލުމަށް ފަހު ކުރިހޯދޭނީ ހަމައެކަނި ޕީއެންއެފް އްށޭ އެކަމަކު ޕީއެން އެފް ވެސް ޖެހޭނީ ތިއަރީ ބަދަލު ކުރަން ރައީސް ޔާންޓޭ އާއި އުމަރު ނަސީރު ގުޅެންވީއޭ އަދި ކޮންމެ ރެއަކު ޖަލްސާ ތައް ބާއްވާ ސަރުކާރު ނިދިން ހޭލައްވަންވީ މާލެ ސަރަހައްދުގައި ޑޯރ ޓު ޑޯރ ޖައްސަންވީ އެމްޑީއޭ އާއި ޕީއެންއެފް ވެސް ގުޅެން ޕީއެންއެފް އިން އިސް ނަގާ އެކަން ކުރިއަށް ގެންދަންވީއޭ އަވަސް ކުރާށޭ ވިސްނުން
ޖެރި
18 June 2025
ތިޔައިން އެކަކުވެސް އަނބުރާ ވައްދާނެކަމެއް ނެތް. އޭގެ ތެރެއިން އެނބުރި އަލުން ޕާޓީއަށް ވަދެތިބި މީހުންވެސް ކަނޑާލަން ނިންމާ. އަމިއްލަ އެދުމާހެދި މުޅި ޕާޓީއަށް ދިނީ ގެއްލުން.
އަންނި ކަމްބެކް
18 June 2025
އަންނި އެމް.ޑީ.ޕީ އާ ގުޅުމާ ދެކޮޅަށް ކޮމެންޓް ކުރާ ހުރިހާ އެންމެން ނަކީ ޕީ.އެން.ސީ މީހުން. އެއީ ގަންނާ ކުރައްވާ ބިރުން. 2028 އަންނި އެމް.ޑީ.ޕީ
ހީހީ ސުލީހް
18 June 2025
އެޖެންޑާގަ އޮތީ ވެރިކަމަށް އަނބުރާއައިސް އިތުރުލާރި ކެވޭނެގޮތްތައް ހޯދުން.
ދިއްދޫމީހާ
18 June 2025
ބަލަން ހުންނާތި މިފަހަރު ކަށި ޖަހާނީ ފަޔާ ގަޔަށް….
ނަޝީދު ކަމް އެންޑް ނަޝީދު ގޯ، މިހާރު މިހުރީ ރާއްޖޭގައި
18 June 2025
އެމްޑީޕީން ވަކިވީ ވެރިކަމާހެދި މޮޔަވެގެން، އަލުން ގުޅެނީވެސް ރާއްޖޭގެ ރައީސްކަމަށ ފެންބޮވައިގެނެގެން، އެކަމަކު ރައްޔިތުން ޓެސްޓުކޮށް ފޭލިވެފައިވާ މީހެއްކަމެއް ހަނދާނެއް ނުވޭ، ޗާޓުގެ ބޭރުން ގާނޫނީ އިމުން ބޭރުން އުޅެން ބޭނުންވާ މީހެއް.
މަސްރޭސް
18 June 2025
ސިޔާސީ މަޝްރަހެއް ނޫން، ސިޔާސީ މަސްރަހު