އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ސްޓޭޓް ޑިޕާޓްމަންޓުގައި ތަގުރީރުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
14 ޖެނުއަރީ 2025 - 06:16
ދުނިޔޭގެ މައިދާނުގައި އެމެރިކާ މިހާރު އޮތީ މީގެ އެތައް އަހަރެއް ކުރިން އޮތް ވަރަށް ވުރެ ވަރުގަދަކޮށް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އޭނާގެ ވަދާއީ ފޮރިން ޕޮލިސީ ތަގުރީރުގައި ވިދާޅުވެއްޖެ އެވެ.
ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްއަށް އެނބުރި ވަޑައިގަތުމުގެ ހަފުތާއެއްހާ ދުވަސް ކުރިން، ހާރިޖީ ސިޔާސަތުގެ ތަގުރީރުގައި ބައިޑެން ވަނީ ރަޝިޔާ، ޗައިނާ އަދި އީރާނަށް އަމާޒުކުރައްވައި، ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް އޮތް ތާއީދު ދެމެހެއްޓުމަށް ގޮވާލައްވައިފަ އެވެ.
ނަމަވެސް ބައިޑަން ބަހުގެ ހަމަލާ ދެއްވީ ޓްރަމްޕުގެ ހަލަބޮލި ފުރަތަމަ ރިޔާސީ ދައުރަށް ފަހު އަލުން ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާއިރު ބައިނަލްއަގުވާމީ ގުޅުންނަށް އަލުން އާރާސްތު ކުރެއްވުމަށް މަސައްކަތްކުރައްވާތީ އެކަމަށެވެ.
"މީގެ ހަތަރު އަހަރު ކުރިއާ އަޅާބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ވާދަވެރިކަން ކާމިޔާބު ކުރަނީ އެމެރިކާ،" ސްޓޭޓް ޑިޕާޓްމަންޓުގެ ޑިޕްލޮމެޓުން ބައިޑެން އަށް ދިން 'ސްޓޭންޑިން އޮވޭޝަން' އަށް ފަހު ބައިޑެން ވިދާޅުވި އެވެ.
"އެމެރިކާ ވަރުގަދަވެއްޖެ. އަޅުގަނޑުމެންގެ ކޯލިޝަންތައް ވަރުގަދަ ވެއްޖެ. ދުޝްމަނުންނާއި ވާދަވެރިން ބަލިކަށިވެއްޖެ."
ޑިމޮކްރެޓިކް ލީޑަރު ވިދާޅުވީ، އެމެރިކާގެ ބައިވެރިންނާ އެކު އޮންނަ ގުޅުމަކީ ފާއިތުވި އަހަރުތަކުގައި އޮތް އެންމެ ވަރުގަދަ ގުޅުން ކަމަށާއި ނޭޓޯގެ އަސްކަރީ އިއްތިހާދުގެ ބައިވެރިން މިހާރު އެއްވަރަކަށް ކަންކަމުގައި ހިއްސާވަމުން އަންނަ ކަމަށެވެ.
އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު، ޗައިނާ މިހާރު ހުރި މިސްރާބުން، އެ މީހުންނަށް ދުވަހަކުވެސް އަހަރެމެން ފަހަތަށް ޖައްސައެއް ނުލެވޭނެ: ބައިޑެން
ބައިޑެން މިހެން ވިދާޅުވެފައި ވާއިރުނޭޓޯގެ ގައުމުތަކުން "އަގު އަދާ ނުކުރާ" ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްކެވި ވާހަކަތަކެއްގައި ވަނީ ނޭޓޯގެ އެފަދަ މެންބަރު ގައުމަކަށް "ރަޝިޔާއިން ހަދާނެ އެއްޗެއް ހަދަން ދޫކޮށްލާނެ" ކަމަށް ވިދާޅުވެފަ އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ޓްރަމްޕް ބައެއް ފަހަރު ތައުރީފް ކުރައްވާފައި ވާއިރު، ބައިޑަން ވަނީ ރަޝިޔާއިން ޔުކްރެއިން ހިފަން ކުރާ މަސައްކަތުގައި ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅުވައި ޓްރަމްޕަށް މަލާމާތް ކުރައްވައިފަ އެވެ.
"ޕުޓިން ޔުކްރެއިނަށް އެރުމާ އެކު އޭނާ ހީކުރީ ދުވަސްކޮޅެއްގެ ތެރޭ [ވެރިރަށް] ކިއޭވް ހިފޭނެ ކަމަށް. އެކަމަކު ހަގީގަތަކީ، ހަނގުރާމަ ފެށުނީންސުރެ ކިޔޭވްގެ މެދުގައި ހުރި ހަމައެކަނި މީހަކީ އަޅުގަނޑު. އޭނާއެއް ނޫން،" ބައިޑެން ވިދާޅުވި އެވެ.
ބައިޑަން 2023 ވަނަ އަހަރު ޔޫކްރެއިންގެ ވެރިރަށަށް ސިއްރު ދަތުރެއް ކުރައްވާފައި ވާއިރު އޭނާ ވެފައިވަނީ، އެމެރިކާގެ އަސްކަރިއްޔާގެ ކޮންޓްރޯލް ނެތް ހަނގުރާމަވެރި ސަރަހައްދަކަށް ޒިޔާރަތް ކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސަށެވެ.
ބައިޑެން ވިދާޅުވީ 2022 ވަނަ އަހަރު ޔުކްރެއިން ހަނގުރާމަ ފެށި ފަހުން އެމެރިކާއިން އެތައް ބިލިއަން ޑޮލަރެއް ޔުކްރެއިނަށް ހޭދަކޮށްފައި ވާއިރު އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް ޔުކްރެއިން ދޫކޮށްލާފައި ދެވެން ނެތް ކަމަށެވެ.
ބައިޑެން ވިދާޅުވި ގޮތުގައި އެމެރިކާ ދުނިޔޭގެ ބޮޑު ބާރުގެ ގޮތުގައި ދެމިއޮންނާނެ ކަމަށާއި ޗައިނާއަށް އެމެރިކާގެ މައްޗަށް ކުރިއެއް ވެސް ނުހޯދޭނެ އެވެ.
"އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު، ޗައިނާ މިހާރު ހުރި މިސްރާބުން، އެ މީހުންނަށް ދުވަހަކުވެސް އަހަރެމެން ފަހަތަށް ޖައްސައެއް ނުލެވޭނެ،" ބައިޑެން ވިދާޅުވި އެވެ.
ޗައިނާއާ އެކު އޮންނަ އުނދަގޫ ގުޅުންތައް އެމެރިކާއިން ފަރުވާތެރިކަމާ އެކު ބެލެހެއްޓި ކަމަށާއި ރައީސްކަމުގެ ހަތަރު އަހަރުގެ ތެރޭގައި އެ ގުޅުން "ހަމަނުޖެހުންތަކަކަށް ބަދަލު ނުވާ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައިޑެން މި ހުރިހާ ވާހަކައެއް ތަފްސީލްކޮށް ދެއްކެވި އިރު އެމެރިކާގެ މަދަދާ އެކު އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކުގެ ވާހަކަ އެހާ ބޮޑަކަށް ނުގެންނަވަ އެވެ. އެކަމަކު ވިދާޅުވީ ޣައްޒާގެ ހަމަލާތައް ހުއްޓާލައި އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމެއް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ.
ބައިޑަންގެ ޚާރިޖީ ސިޔާސަތުގެ ތަގުރީރަށްފަހު އަންނަ ބުދަ ދުވަހު އޯވަލް އޮފީހުން، ފަހު ފަހަރަށް ގައުމާ މުހާތަބު ކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެއްހެއްހޭ
18 January 2025
އަރައިފި ކަން މި އެނގުނީ
އޯކޭސް
14 January 2025
ދެން އެއަށްވުރެ ކުރިއަށް އަރާކަށް ނުޖެހޭނެ
ސަމަދު.
14 January 2025
ކަލޭމެން ތިއަހެން ގޮވަނިކޮން ފެންނާނީ ކަނޑަށް ގިރިގެންދާތީ. ޗައިނާ އެދަނީ އެފްރިކާ އަދި އޭސިއާ ބައްރަށް ނުފޫޒު ފޯރުވަމުން. އެމެރިކަން ކޮންޓިނެންޓު ވެސް ވަކިދަށުލަމުން. ބައިޑަން ވެއްޖެ ދޯ މޮޔަގޮވުން ހުއްޓަން.
މާ ރަނގަޅު ގޮތެއް
14 January 2025
އެހެން ބަޔަކު ކުރިއަރަންޏާ އެބައެއްގެ ދުވަސްދުއްވާލަން ވާނީ. އަމިއްލަ މަސައްކަތުން އެއަށްވުރެ ކުރިއެރުމަކީ އޮތް ކަމެއް ނޫން. ސްޓުޕިޑް ޕީޕަލް އިން ޕަވަރ!
އިސްމާލި
14 January 2025
""އެމެރިކާ ވަރުގަދަވެއްޖެ. އަޅުގަނޑުމެންގެ ކޯލިޝަންތައް ވަރުގަދަ ވެއްޖެ. ދުޝްމަނުންނާއި ވާދަވެރިން ބަލިކަށިވެއްޖެ." އެމެރިކާ ނޫން ބަޔަކު ނޫޅޭ ދުނިޔޭގެ މައްޗައް ގަދަވެގަނެ އެހެން ގައުމުތަކުގެ މައްޗައް ވެރިކަން ކުރާކަށް. ޗައިނާއޭ ކިޔާއިރު ޗައިނާއަކީ އެމެރިކާ ގެ 200 އަހަރަށް ވުރެ ހާސް އަހަރު ދޮށީ ގައުމެއް. އެއްވެސް ޒަމާނެއްގައި ޗައިނާއިން ދުނިޔެ ހިފާކަށް ނޫޅޭ. ޓައިވާން، ޖަޕާން ކޮރެއާ މެދުވެރިކޮށް ޖެއްސުންކުރަނީވެސް އެމެރިކާ. އެމެރިކާ އަކީ ވަބާއެއް.
ވޭމަންޑޫ
14 January 2025
ކަލޭމެން މާފުއްޕަ ތިއުޅެނީ ނޭރެނެޔޭ ކިޔާގެން އެރޭނެ ޗައިނާއަށް ތިއުޅެނީ އަލިފާން ރޯވެ ނިއްވާނުލެވިގެން އަނގައިން ގަދަވަންޏާ ގަދަވާންވީ އެބަޔަކު ހަމަލާ ދޭންބޭނުންވި ކޮންމެ ތާކަށް އެމެރިކާއަށް ދީފަ ހުރީ ކިތަންމެ ސުޕަޕަވަރޭ ބުންނަސް ތީ ހަމަ ސުޕަޕަވަރޭ ޒީރޯ އެމެރިކާ ނެތިދިއުން ވަރައް ގާތްވެއްޖެ މުސީބާތް އަދި އޮތީކުރިއަށް އެމެރިކާއަށް
މާލު
14 January 2025
ތިޔެއް އެބަ އެގޭ ލޮސްއެންޖަލްސްގެ ބޮޑު ހުޅަށް ބަލާލީމާވެސް، ކަލޭމެންހާ ބާރުގަދަ ކުރި އަރާފައިވާ ބައެއް ނެތްކަން