އަލިފާނުގެ ހާދިސާގައި ތަކެތި ސަލާމަތް ކުރަން ސިފައިން މަސައްކަތް ކުރަނީ: ހައުސިން މިނިސްޓްރީގެ ސާވާ ރިކަވާވޭތޯ ބަލަން ސިންގަޕޫރަށް ވަނީ ފޮނުވާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
14 ޖެނުއަރީ 2025 - 16:13
ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ މ. ގްރީން ބިލްޑިންގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވޭތޯ ބަލަން ސިންގަޕޫރަށް ފޮނުވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ އުމަރު ޒާހިރު އޮފީސް ބިލްޑިންގައި ބެކައަޕް ސާވާތައް ބެހެއްޓުމަށް މަޝްރޫއުއެއް ހިންގަމުން ދަނިކޮށް ކަމަށާއި އަލިފާނުގައި ސާވާތައް އަނދައިގެން ދިޔައީ އެ މަޝްރޫއު ނިންމެން ގާތްވެފައި ވަނިކޮށް ކަމަށެވެ.
ސާވާތަކަށް އަލިފާނުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައި ކަމަށާއި އެހެންވެ، އެތަކެތި ރިކަވާ ކުރެވޭތޯ ސިންގަޕޫރަށް މިހާރު ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާގައި ސަލާމަތް ކުރެވުނީ ވަރަށް މަދު ލިޔުންތަކެކެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ ހައުސިން މިނިސްޓްރީގެ ވަރަށް ގިނަ މައުލޫމާތުތައް ރައްކާ ކޮށްފައި ހުންނާނީ އެ މިނިސްޓްރީގެ ސާވާގައި ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ ހުރިހާ މައުލޫމާތަކާއި އެކިއެކި މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުވައްޒަފުންގެ މައުލޫމާތުތަކާއި އެކިއެކި ޕްރޮޖެކްޓްތަކުގެ މައުލޫމާތުތަކުގެ އިތުރުން ގޭގެ ރަޖިސްޓަރީތަކާއި ކުރެހުންތައް ހިމެނޭ ގޮތަށް މުހިންމު ލިޔުންތައް ވެސް ރައްކާ ކޮށްފައި ވަނީ ސާވާގަ އެވެ.
ހައުސިން މިނިސްޓްރީގެ އެހެނިހެން ލިޔުންތަކަށް ގެއްލުން ލިބުނަސް، ފްލެޓު ލިސްޓާއި ގެދޮރުވެރިޔާ ސްކީމުން ފުރުސަތު ލިބުނު މީހުންގެ މައުލޫމާތަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ. އެ ތަކެތި ރައްކާ ކޮށްފައި ވަނީ ކްލައުޑުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުނބު
14 January 2025
މަހީކުރީ އެސްޓޯނިއާއިން ހިލޭ ތިކަން ކޮށްދޭނެކަމަށް...
ސަޒަން
14 January 2025
ދެން ކޮންތާކަށް ކީތްކުރަން ، ބަލަ އެއީ ގުދްރަތީ ކަމެއްނޫންކަމަށް ގިނަ ޟީހުން ގަބޫލުކުރަނީ ކަންކަން ހިގާފައިއޮތްގޮތުން! މިގައުމަކީ ސައުތްއޭސިއާގައި އޮތް ގައުމެއް ..... ނިކަން ވިސްނާލަބަލަ
ޗަރކޭސ
14 January 2025
ޗަރުކޭސް ކުޅުނަސް ރައްޔިތުން މިހާރު ގަބޫލު ނުކުރާނެ.......
މިއަދުގެ ފުރަތަމަ ސުވާލު
14 January 2025
ފެލްޓްދޭން ބޭނުންވާ މީހުންނަށް ދެވޭކަށް ނެތް، ފުލެޓް ލިބެންޖެހޭ މީހުންނަށް ނުދީވާކަށްނެތް، ފުރެންޑުން ގާތްމީހުން އިގްނޯރ ކުރެވޭކަށްނެތް. ދެން ކިހިނެތް ހަދާނީ؟
ބޮރިސް
14 January 2025
ސަވާރ ރިކަވާ ކުރެވޭނު ދުވަހެއްވެސް އަންނާނެ ހުޅުހިފީތޯ ހުޅުޖެހީތޯ ވެސް އެގޭނެ
3
14 January 2025
ސިންގަޕޫރުން ނުވެއްޖިއްޔާ އެސްޓޯނިޔާއަށް.
ފަންސުރު
14 January 2025
މަގުމަތީގައި ހުރި ގަސްތަކެއް އެއްދުވަހު އިރުއެރިއިރު ކަނޑާލަފާއިވުން، އަދީބު އެއްދުވަހުން މަހުޖަނަކަށްވުން، ތަންތަނުގައި ކުއްލިއަކަށް ރޯވުން، ތަނެއް އެނދިއިރު އެތަނުގެ ސާވާރ ބެކަޕް ނެގޭނެ ނިޒާމެއްނެތުން..މީހަމަ ހުސް ކޮއިންސިޑެންސްބާ!! ދިވެހިންނަށް މިހާރު ކޮންމެވެސް އެއްޗެއް ވިސްނޭނެ ކަންނޭގޭ!
ކެކެކެކެކެކެކެކެ
14 January 2025
ޕަކާސް! ސާވާ ހުރިތަނަށް މީހުންގެންނަނީ އާއްމުކޮއް! އެކަމަކު މިފަހަރު މި ދަނީ ސާވާ ހިފައިގެން ދުނިޔެވަށާ ބުރުޖަހަން! ތިކަމުގަ އުޅޭ އިރު ވޯލްޑް ރިކޯޑް އެއް ހެދޭތޯ ބަލާ ބަލަ!
ސަހަރޯ
14 January 2025
މިހެން މިކަންދިމާވީމަ މިކަމުން އިބުރަތެއް ހާސިލްކޮށްގެން އެހެން އޮފީސްތަކުގެ ސާވާ ބެލެހެއްޓުމުގައި ގެންނަންޖެހ ބަދަލު ގެނެއްސިބާ! ބެކަޕް ސާވާތައް ކުލައްޑް، ނުވަތަ އެހެން ލޮކޭޝަނެއްގައި ބެހެއްޓުން ފަދަކަމެއް...
ސަކަރާތް
14 January 2025
ސަރުކާރުގެ ސާވާތައް ބެހެއްޓުމުގެ ގަވާއިދެއް ނޫނީ މިންގަނޑަށް އޮވޭތޯ. އޮންނާނެ، އޮންނަންޖެހޭނެ، އެއީ ވަރަށް ބޭސިކް އެހެންސް ވަރަށް މުހިންމުކަމެއް. އެހެންވެއްޖެޔާ އެކަންނުކޮށް އެކަމުގައި އިހުމާލުވީ މީހުންނަށް ފިޔަވަޅުއެޅުމެއް ނޯވޭތަ؟ އޯ ހަނދާންނެތުނީ މީ ދިވެހިރާއްޖެ މިގައުމުގައި ކަމެއް ދިމާވީމަ އެކަމެއް ބަލައި އިންކުއާރީއެއް ހެދުމެއް ފެއިލްވި ދިމާ ބެލުމަކީ އޮންނަކަމެއްނުން. ވެލް ކަމް ޓް ސޭކްސްތާން!
ދހދހދ
14 January 2025
ނޯވޭ މިންގަނޑެއް. އެން.ސީ.އައޓީ ކިޔާފަ ހުންނަ ނަންބޯޑެއް ހުންނަނީ .އެތާނގައި ހިނގަނީ ވަކިބއެއްގެ ބާރު.