ގްރީން ބިލްޑިންގުގައި މިދިޔަ ބުރާސްފަތި ދުވަހު ރޯވުމާ ގުޅިގެން އެ ތަނުގައި ހުރި ތަކެތި ސިފައިންގެ އެހީތެރިކަމާ އެކު ނެރެނީ: ސަލާމަތް ކުރެވުނީ މަދު ލިޔުންތަކެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު
14 ޑިސެމްބަރ 2024 - 08:20
ތިން މިނިސްޓްރީއެއް ހިންގާ މ. ގްރީން ބިލްޑިންގުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވޭނެ ކަމަށް މިހާރު ލަފާނުކުރެވޭ ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރޭ ވިދާޅުވެއްޖެ އެވެ.
އެކި މީޑިއާތަކަށް ވަކިވަކިން ދެއްވި އިންޓަވިއުތަކުގެ ތެރެއިން ޕީއެސްއެމާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ވަރަށް ގިނަ މައުލޫމާތުތައް ރައްކާ ކޮށްފައި ހުންނާނީ އެ މިނިސްޓްރީގެ ސާވާގައި ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ ހުރިހާ މައުލޫމަތަކާއި އެކިއެކި މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސާވާ އަށް އެކްސެސް ނުލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެންނަކަށް އެ މައުލޫމާތެއް އަލުން ހޯދޭނެ ގޮތެއް ނޯންނާނެ. ހުރިހާ ލިޔެކިޔުމެއް ވެސް އަނދައި އެ ދިޔައީ. އެހެންވީމާ އެއީ ވަރަށް ބޮޑު ގެއްލުމެއް އަޅުގަނޑުމެންނަށް،" ހައިދަރު ވިދާޅުވި އެވެ.
އިއްޔެ ހަވީރު "މިހާރު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ސަލާމަތް ކުރެވުނީ ވަރަށް މަދު ލިޔުންތަކެކެވެ. ޑިޖިޓަލް ގިނަ މައުލޫމާތު ހުންނާނީ ސާވާގައި ރައްކާ ކޮށްފައި ކަމަށް ވާތީ ޑިސްކު ނަގައިގެން ވެސް ރިކަވާ ކުރެވޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މުވައްޒަފުންގެ މައުލޫމާތުތަކާއި އެކިއެކި ޕްރޮޖެކްޓްތަކުގެ މައުލޫމާތުތަކުގެ އިތުރުން ގޭގެ ރަޖިސްޓަރީތަކާއި ކުރެހުންތައް ހިމެނޭ ގޮތަށް މުހިއްމު ލިޔުންތައް ވެސް ރައްކާ ކޮށްފައި ވަނީ ސާވާގަ އެވެ.
"ޑިސްކު އެނަލައިޒްކޮށްގެން އެ އެއް [ލިޔުންތައް ސަލާމަތް ކުރެވޭނެކަން] އެނގޭނީ. އެނަލައިޒް ކުރަން ފަހަރެއްގައި ބޭރަށް ވެސް ފޮނުވަން ޖެހިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ގްރީން ބިލްޑިންގުގައި ރޯވި އަލިފާންގަނޑު ނިއްވަން އެމްއެންޑީއެފް ފަޔާމަނަކު ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ހައުސިން މިނިސްޓްރީގެ އެހެނިހެން ލިޔުންތަކަށް ގެއްލުން ލިބުނަސް، ފްލެޓު ލިސްޓާއި ގެދޮރުވެރިޔާ ސްކީމުން ފުރުސަތު ލިބުނު މީހުންގެ މައުލޫމާތަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އަލިފާން ރޯވި ވަގުތުން ފެށިގެން ކަހަލަ ގޮތަކަށް ސަރުކާރުން އަންނަނީ ދެމުންނެވެ. އެ ތަކެތި ރައްކާކޮށްފައި ވަނީ ކްލައުޑުގަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ލިޔުންތަކަށް އަލިފާނުގެ ހާދިސާގައި އަސަރެއް ނުކުރިޔަސް ފްލެޓު ލިސްޓުގެ ރީ-އިވެލުއޭޝަންގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ އިރު ކުޑަ މަޑުޖެހުމެއް އައިސްފައިވާ ކަމަށް ހައިދަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ހައިދަރު: ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް އިއްޔެ ވިދާޅުވި.
ހައުސިން މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް ހިންގާ ގްރީން ބިލްޑިންގުގައި ރޯވިތާ ހަތަރު ގަޑިއެއްހާއިރު ފަހުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓް ލިސްޓާއި ބިންވެރިޔާ ސްކީމުން ދޫކުރާ ލިއުންތަކަށް އަސަރު ނުކުރާ ކަމުގެ ޔަގީންކަން ދީފަ އެވެ.
އެ މިނިސްޓްރީން އެ ބަޔާނުގައި ބުނީ ހައުސިން ސްކީމްގެ ލިޔެކިޔުންތައް ކްލައުޑު ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާތީ އަލިފާނުގެ ހާދިސާގައި އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.
ގްރީން ބިލްޑިންގް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާތީ އެ އިމާރާތުގައި ހިންގި ތިން މިނިސްޓްރީ ވެސް ވަގުތީ ގޮތުން ދަރުބާރުގޭގައި ހިންގަން ނިންމައި ސެޓަޕް ހެދުމުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
15 December 2024
ތަހުގީގުގައި އެއްވެސްކަމެއްހާމަކުރެވޭވަރުނުވެގެން އުޅެނިކޮށް ތަހުގީގަށް އަސަރުފޯރަފާނެޒާތުގެވާހަކަ މިނިސްޓަރެއްކަމަކު ދައްކައިގެންނުވާނެ، ސާވަރ މިނިސްޓުރީގައިހުރުންވެސްތީބޮޑުގޯހެއް، އެންމެސަރވާއެއްހުރުންވެސްގޯސް، ސަރވަރ ބެކަޕުކޮބާ؟ މިޒަމާނުގެގޮތަށްއެއްވެސްކަމެއް ކޮށްފައިނެތީދޯ، ސާވަރ ސަލާމަތްނުވިޔޭކިޔުންވެސްގޯސް، ސަބަބަކީ ތިޔަކަމަކީބަޔަކު މައުލޫމާތުތަކެއްނައްތާލަންކުރިކަމަކަށްވަންޏާ މިނިސްޓަރުގެ ތިޔަވާހަކަޔާގުޅިގެން އެބަޔަކު މިހާރު ޕާޓީބާއްވާނެ!
ހަންނާން
15 December 2024
އޭސީސީ ގަ އެބައިން ބެކަޕް. ދެން ދާނީ އޭސީސިގެ ދުވަސް ތޯޗެ.
ކެކެކެކެކެކެކެކެކެ
14 December 2024
ބެކް އަޕް އެއް ނެތޯ؟ އެކަމަކު ޓެކް ނޮލަޖީ އާއި ޑިޖިޓަލް މަނީ އޯ! ޕަކާސް!
ކޮސް
14 December 2024
ސާވާ ކޮންމެހެން ބޭނުމެއްނުވޭ ގޯތިލިބުނު މީހުންނަށް ގޯތިދޭކަށް. ލިބުނު މީހުން އަތުގަ އެބަހުއްޓޭ ގޯތީގެ ފަތް. ސަރުކާރުގެ ތައްގަނޑު ޖަހާފައިއޮތް ލިޔުން. ދެންވެސް ލިޔުންގެންދާ މީހުންނަށް އެތަންތަން ދީ ނިންމާލާ.
ބެކަޕް ސާވާ ސާރ!
14 December 2024
ފުރަތަމަ ކަމަކީ ސަވާރގެ ބެކަޕެއް އަބަދުވެސް ހުންނަންވާނީ އެހެން ތަނެއްގައި މިފަދަ ޑާޓާ ރައްކާކުރުމަށް ހާސަކުރެވިފައިވާ އިމާރާތެއްގަ. މިޢިމާރާތަކީ ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ ޑާޓާރައްކާކުރެވިފައި ހުންނަން ޖެހޭތަނަކަށް ވާންޖެހޭނެ. އަދި މިތަންހުންނަންވާނީ އަލިފާނުގެ ކަރިސާއެއް ހިގައިފިނަމަ ސަލާމަތްވާގޮތަށް. އަދި ތަނުގެ ސެކިޔުރިޓީ ހުނަންވާނީ ވަރުގަދަކޮށް. މިނިސްޓަރު ހައިދަރު މިކަންތައްތައް ފުރިހަމަނުކޮށް ތިވާހަކަދެއްކުމުގެ އެއްވެސް ބޭނުމެއްނެތް.
ޓޯޭޓެ
14 December 2024
ބެކަޕް ހުންނާނެ މީރާ ގަޔާ ރައީސް އޮފީހުގަ.މަކަރުން އުޅޭބަޔަކު ކިޔާނެ އެހެން
އަޒްރާ
14 December 2024
ޙައިދަރުތަ؟މި 15އަހަރުގަވެސް މިނިސްޓަރަކަށް ހުރީ
ހީވޭ ވިސްނެން އެބަ ކައިރިވެއޭ
14 December 2024
ތިނެއް ނޮވެމްބަރު ބަޣާވާތް ހިނގިއިރު ދިފާޢީ ހުރިހާ ހަތިޔާރެއް ބަނޑޭރި ގުދަނަށްލާ ތަޅުލާގެން ސަލާމަތީ ބޭފުޅުން ފޯރިއަށް ތިއްބެވިއިރު ތަޅުދަނޑި އޮތީ ރައީސުލްޖުމްހޫރިއްޔާގެ ގަޑުވަރުގައި! އެދުވަހު ހަތިޔާރު އަތްމަތިވީކަން އެއީ މުޢުޖިޒާތެއް! މިއަދުވެސް މިތިބެނީ ހުރިހާ ބިސް އެއްވައްޓަކަށް އަޅާގެން ޢާފިލުވެ އަމާންކަމުގައި! ތޮއްޖެހުނު ސިޓީތަކުގައި ކިޔަވާށާ ކިޔަވާދޭން އުޅުއްވި ވެރިއެއްގެ 6 ދައުރުގެ ތެރޭގައި ދިވެހި މުޖުތަމައު ފުނިޖެހި ބޮއްސުންލީވެސް...
ޓަނަލް
14 December 2024
މިގައުމުގެ ރައްޔިތެއްކަން ސަރުކާރު އިދާރާތަކުން އަންގަނުދެވޭނެ ހިސާބަށް ގޮސް، ދިރިއުޅެނީ އަމިއްލަ ގޭގަކަން ސަރުކާރުން ބެލެން ނެތް ހާލަތަށް ގޮއްސަ އޮތް ގައުމެއްކަން މިއަދު އެނގުނުއިރު އެހެންވީމަ އަދިވެސް ފަރެއް ހިއްކާފަ އާ ރަށެއް ހަދާފަ ޓަނަލެއްތަ އެޅޭތޯ ބަލަންވީ؟ އެފަދަ ބޭކާރު ކަންކަމަށް ފައިސާ ހޭދަކުރަން ހުރޭ. 7000 ސިޔާސީ މަގާމު އުފައްދާފަ މީހުންނަށް މުސާރަ ދޭންވީމަ ފައިސާ ހުރޭ. ގައުމުގެ އެންމެ މުހިއްމު ކަންކަން ކުރަންވީމަ ފައިސާ ނުހުންނަނީ.
މުބާރިކ
14 December 2024
ލަދުހަޔާތްކުޑަ ވާހަކަ ނުދައްކާ މިއޮއް ޓެކްނޮލޮޖީ ޒަމާނުގަ.އެހެންކަމަށްވާނަމަ ވަޒީރު 21ވަނަ ގަރުނަށް ފިޓެއްނޫން.އަވަހަށް އިސްތިއުފާ ދެއްވާ
އަބޫ
14 December 2024
ވަކިި މުއްދަތުތަކަކުންނަގާ ބެކަޕްތަކެއް ހުންނާނެތާ, އެންމެފަހުން ސާރވާގެ ބެކަޕެއްނެގީ ކޮންދުވަހަކުބާ, ތިހާ ތިލަ ތިލަކޮށް ނުވިސްނާ...
ނާމްދި ކާނޫ
14 December 2024
ސަރުކާރުގައި އެހާ އަގޮބޮޑެތި ސާވާތަށް ގެންގުޅޭއިރު އޭގެ ބެކަޕް ގިނަ އޮފީސްތަކުން ދުވަހުން ދުވަހަށް ނަގާ، އެކަމަކު އެބެކަޕް ރައްކާކުރަނީ އެ ބެކަޕް ނަގާ އޮފީހެއް ގެ ބިލްޑިންގްގައި! ކުރިޓިކަލް ޑޭޓާ ގެ ދުވަހު ބެކަޕް އޯފްސައިޓް ގައި އަބަދުވެސް ބެހެއްޓުން މުހިއްމު! އެހެނީ މިހަކަލަ ހިތާމަވެރި ހާދިސާއެއް ހިންގައި ހުރިހާ ސާވާތަށް އަޅިޔަށް ވިޔަސް ކުރިހާ ކުރިޓިކަލް ޑޭޓާ އެއިރުން ހުންނާނީ ސަލާމަތުން! މިއީ ސަރުކާރައް ލިބުނު ފިލާވަޅެއް!