އެމްޕަވަމަންޓް ހަބް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން.
14 ޖެނުއަރީ 2025 - 18:11
ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް އެމްޕަވަމަންޓް ހަބްގެ ނަމުގައި ހާއްސަ މަރުކަޒެއް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރާއްޖޭގައި މުޅިން އަލަށް ގާއިމުކުރާ މި މަރުކަޒު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފެވެ. އެފްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.
ފެމިލީ މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މިއީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުނަރު ދަސްކޮށްދީ، އެ މީހުންގެ އުފެއްދުންތައް ވިއްކައި ވަޒީފާ އަދާކުރެވޭނެ މަރުކަޒެކެވެ. އެ ތަނުން އެމީހުންނަށް ބޭނުންވާ ހުނަރުތައް ދަސްކުރުމާއި އަމިއްލަ މަސައްކަތެއް ފެށުމާއި އާމްދަނީ ހޯދުމުގެ މަގު ތަނަވަސްވާނެ އެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން އެފްޑީސީިއާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކޮމިއުނިޓީ އެންޕަވަރމަންޓް ހަބެއް ތަރައްޤީކުރުމަށްޓަކައި ވެވޭ އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން pic.twitter.com/y3DakPvlHk
— Fahi Dhiriulhun Corporation Limited (@Fdc_mv) January 14, 2025
އެމްޕަވަމަންޓް ހަބް ހަދަން ނިންމާފައި ވަނީ ހުޅުމާލެ ދެއަކުން ލިބިފައިވާ 5،500 އަކަފޫޓުގެ ބިމެއްގަ އެވެ. އެ ތަނުގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި އިންކްލޫސިވް ކެފޭއަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އުފައްދާ ތަކެތި ވިއްކަން ހާއްސަ ފިހާރައެއް ހުންނާނެ އެވެ.
އެ ހަބުގައި ވޯކްޝޮޕް ހިންގުމަށާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތަމްރީނުދޭ ތަނެއް ވެސް ގާއިމްކުރާނެ އެވެ.
މިހާރު ޕްލެން އޮތް ގޮތުން ނަމަ މި އަހަރުގެ ތެރޭގައި އެ ތަން ހުޅުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
14 January 2025
މީ އެއްކަލަ ކަހަލަ ވާހަކައެއް. ޙާއްސަ އެހީއަށް ބޭނުންވާ އެތަށްހާސް މީހުން ރާއްޖޭގެ އެކި ރަށްރަށުގަ އެބައުޅޭ. ދެން ތިބެލާފަ ހުޅުމާލޭގަ ބޮޑު ސިންގާ ބިލްޑިންގއް އަޅާ އެތަން ހިންގަން ބޮޑު ޙަރަދެއް ކުރާނެ އިރު އެތަނުން ޙިދުމަތް ލިބޭނީ ހުޅުމާލޭގަ އުޅޭ ބަޔަކަށާ މާލެއިން ބަހުގަ ދަތުރުކޮށްފަ ދެޥޭ މަދު ބަޔަކަށް. ތިހުންނަނީ ނަމަކަށް ކުރާކަން ކަން. ކޮންމެ އަތޮޅެއްގަ ހުރި ސްކޫލް ފަދަ ތަންތަނާ ގުޅިގެން ތި ޕްރޮގްރާމް ހިންގޭނެ. ބޭނުންވަނީ ބޮޑު އިމާރާތެއް ނޫން.