ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް: ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އެޅިތޯ ބަލަން ވަނީ ހުށަހަޅާފައި.- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 ޖެނުއަރީ 2025 - 22:13
ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސާފުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފި އެވެ.
އިދިކޮޅު އެމްޑީޕީ ތަމްސީލު ކުރައްވާ މީކާއިލް ހުށަހެޅުއްވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް އީސީ އަށް ފޮނުވާފައިވާ ސައްހަ ނޫން ފޯމުތަކުގައި ހޯމް މިނިސްޓްރީގެ ބައެއް އިސްވެރިން ހެކިންގެ ގޮތުގައި ސޮއިކުރައްވާފައި ވާތީ އެވެ.
އެ މައްސަލާގައި ހޯމް މިނިސްޓަރު އަލީ އިހުސާން ފަރާތުން މައުލޫމާތު ސާފުކުރުމަށް މީކާއިލް ހުށަހެޅުއްވީ މީހުންގެ ޝަހުސު އޮޅުވާލައިގެން ޕީއެންސީ އަށް މެމްބަރުންގެ ފޯމު ފުރާފައިވާކަން ހާމަވާއިރު، މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަށް އަޅާނީ ކޮން ފިޔަވަޅެއްތޯ އާއި ސައްހަ ނޫން ފޯމުތަކުގައި ސޮއިކޮށްފައިވާ އެއްވެސް މީހަކަށް ފިޔަވަޅެއް އަޅާފައިވޭތޯ ސާފުކުރުމަށެވެ.
މީކާއިލް އެގޮތަށް ހުށަހެޅުއްވިއިރު 18 އަހަރު ފުރެން ގާތްވެފައިވާ ކުދިންތަކެއް އިހުސާން އިސްވެ ހުންނަވައިގެން ޕީއެންސީ އަށް ވައްދަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ.
ޑީއެންއާރް ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރަން އީސީއަށް ފޮނުވާފައިވާ ސައްހަ ނޫން ފޯމު ތަކުގައި ފާހަގަ ކުރެވޭ މިންވަރަކަށް ހޯމް މިނިސްޓްރީގެ އިސްވެރިން ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާތީ، އެބޭފުޅުންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފާވޭތޯ ސުވާލުކޮށްފިން. pic.twitter.com/SnatbPQd4W
— Meekail Naseem (@MickailNaseem) January 14, 2025
ސައްހަ ނޫން ފޯމުތަކާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް އެމްޑީޕީން ވަނީ ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން އެކި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާފައިވާ މައްސަލާގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފަ އެވެ.
އޮޅުވާލައިގެން ފޯމު ހުށަހަޅާ މައްސަލާގައި އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ވެރިކަންކުރާ ޕީއެންސީއަށެވެ. މި ފަހުން އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީ އަށް ބަދަލުކުރި އެވެ. އެންމެ ފަހުން އީސީން ފޯމު ބާތިލުކުރީ އެވެ.
އެ މައްސަލައަށް ފަހު އަނެއްކާ ވެސް ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ފެންމަތިވެ ގިނަ ބަޔަކު ފާޑުކިޔަމުންދަނިކޮށް ޕީއެންސީން ބުނެފައި ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް ބުނެފަ އެވެ.
އެ މައްސަލަ އީސީ އާއި ފުލުހުން ވެސް ބަލަމުން އަންނައިރު ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް އެ ޕާޓީން ބުންޏެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިއްބެ
15 January 2025
އޮޅުވާ ވާހަކަ ދެއްކި އިރު ނިމިދިޔަ ވެރިކަމުގަ މަވެސް އިނީ އެމްޑީޕީ އަށް ވައްދާފަ. ހަމަ ގައިމުވެސް މަ އެއްވެސް ފޯމަކު ސޮޔެއް ނުކުރަން އަދި ިނގިލީގެ ނިޝާނެއްވެސް ނުޖަހަން. އަދި އެ މައްސަލަ ޖެއްސީމަ އެ ބަލާނަމޭ ކިޔާފަ މިހާރު ޢޭގެ ފަހުން ދައުރެއް ނިމިގެން ގޮއްސި. ވަގު ކަންކަން ކުރުމުގަ މަތީ ސަނަދު ތިބި ބައެއް މި އެމްޑީޕީ މީހުންނަކީ
ނައްނު
15 January 2025
ސައްހަ ފޯމޭ ޗޯމޭ ނުކިޔާ ތިބޭ. އެމްޑީޕީ ތެރޭ ނެތޭ ސައްހަ އެކަކުވެސް. ދެން މިވަރުން ކިހިނެއް ފޯމެއްގެ ސައްހަ ކަން ބަލާނީ ހަމަ އެކަކުވެސް ނެތް ތަނަކުން
އިންމަ އިންމަ
15 January 2025
މީކާއީލް ދަރިފުޅާ ރަނގަޅު ނަސޭހަތެއް ދެންތަ ކަލޯއަށް؟ ސިޔާސީ ގޮތުން ތި އެންމެން ތިބީ ބޮޑުތަނުން ފެއިލް ވެފަ. 5 އަހަރު ވެރިކަން ކުރަން ދިނީމަ ކުރެވުނީ 5 އަހަރުގެ ވައްކަން. އެހެންވީމަ ރަށު ތެރޭ އެހެން ކަމެއް ހޯދައިގެން އެކަމަކާ އުޅޭ.
ޔޫހާން އަލީ
15 January 2025
މީކާއީލް ކަމެއް ނެތިއްޔާ ކަލޭމެން ވެރިކަމުގަ ކޮށްފަ ހުރި ހުރިހާ ވައްކަންތައް ބެލޭތޯ އުޅެބަލަ
އަލީބެ
15 January 2025
އޮޅުވާލިއްޔާ ވާނީ އޮޅުވާލިކަމަށް އެއީ ފުލެޓެއް ހޯދަން ދޮގުމައުލޫމާތު ދިނުމާ ޕާޓީއަށް މީހުން ގިނަކުރަން ދޮގުހެދުމާ. ތެދުވެރިކަމެއްހުރިއްޔާ ޕާޓީ ކުދިންނަށްވެސް ފިޔަވަޅު އަޅުއްވާ.
އައްބެ
15 January 2025
ތިޔަ ކޮރަޕްޓް ޕާޓީ ސިސްޓަމް މިފަދަ ކޮރަޕްޓް ޤައުމަކަށް ތައާރަފްކުރަން ގަދަބާރުން މުޒާހަރާކޮށް ތަންތަނުގައި ހުޅުޖަހައިގެން މަސައްކަތްކުރިބަޔަކީ ތިޔަ އެމްޑީޕީ. ފުރަތަމަ ޕާޓީތައް އުފެއްދި އިރުގައި ހުށަހެޅި ގިނަ ފޯމްތަކަކީ ހަމަ ވަގުފޯމްތައް. ތިޔަ ޕާޓީއަށް މީހުން ހަމަކުރަން އެބަހުރި ރަށްރަށުގެ މީހުންގެ ރަޖިސްޓްރީގެ އެކްސެލް ކޮޕީތައް ޕާޓީ އޮފީހަށް ގެންގޮސްގެން ފޯމް ފުރާފައި. ފުރަތަމަ ކަމަކަށް ޕާޓީ ސިސްޓަމް އުވާލާ. އޭރުން އޮޅުވާލައިގެން ފޯމެއް ނުފުރާނެ.
މީކާއިލް އެހެންކަމަކާ އުޅެންވީނު
15 January 2025
އަބަދުވެސް ޕާޓީ ރުއްސޭތޯއޭ ތިއުޅެވެނީ، ތިހެން އުޅެގެން ކިތައް މީހުން ފެއިލްވީ. ރައްޔިތަކު ރުއްސޭތޯ އުޅެލަބަލަ
ކިހިނެއް
14 January 2025
އެމްޑީޕީ ވެރިކަމުގަ އޮޅުވާލައިގެން ވެއްދި މީހުންގެ މައްސަލަ ވެސް ބަލަން ޖެހޭނެ ހަމަތިގޮތައް. ވަކިބައެއްގެ މައްސަލަ ބެލުން އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން. އެންމެންގެ މައްސަލަ ވެސް ބަލަން ޖެހޭނެ
މާމާޖީ ބޮޓް
15 January 2025
ތި އޮޅުވާލައިގެން ވެއްދި ކަމަށް ބުނާ މީހުން މައްސަލަ ޖައްސަބަލަ. އީސީ އިން ފޯމު ދޭނެ.
އެހެން
15 January 2025
މައްސަލަ ހުށަހަޅާ. އޭރުން ބަލާނެ.
ޅަސޮރު
15 January 2025
މަވެސް މީ ދުވަހަކުވެސް ޕާޓީއަކަށް ވަތް މީހެއްނޫން. އެކަމަކު އެމްޑީޕީގެ މީހެއްކަމަށް ރަޖިސްޓަރކޮށް އެބައިމީހުންގެ ވޯޓްލިސްޓުގައި މަގޭ ނަން އެބަ އޮވޭ. މީކާއީލޫ މިކަންވެސް ހިނގައިދިޔަ ގޮތެއް ބަލައިލަ ދީބަލަ
މުހައްމަދު
15 January 2025
ވަކިބައެއްގެ މައްސަލައަކަށް ވީމާވެސް ބަލަން ޖެހޭނެ ނޫންތަ