ފަޒީލާ އޭނާގެ ހިޖާމާ ކްލިނިކްގައި: އެތަން ސަރުކާރުން ވަނީ ރަޖިސްޓްރީކޮށްދީފައި
15 ޖެނުއަރީ 2025 - 10:47
ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުންދާ ފަޒީލާ އުސްމާންގެ ފަޒީސް ހިޖާމާ ކްލިނިކް ހެލްތު މިނިސްޓްރީން އެންމެ ފަހުން ރަޖިސްޓްރީކޮށް ދީފި އެވެ.
ފަޒީލާ ހިންގަމުންދިޔަ "ފަޒީސް ހިޖާމާ ތެރަޕީ" ހުއްދަ ނުނަގާ ހިންގާތީ ފުލުހުންގެ މެދުވެރިކޮށް އެ ތަން ބަންދު ކުރާނެ ކަމުގެ އިންޒާރު ހެލްތު މިނިސްޓްރީން ދިނުމުން މިދިޔަ އަހަރު އޮކްޓޫބަރު މަހު އެތަން ވަނީ ބަންދުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ފަޒީލާ ކުރި ޕޯސްޓެއްގައިވަނީ ވަނީ އޭނާގެ ކްލިނިކް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އޭނާ ބުނީ ރަޖިސްޓްރީކޮށްދިން ނަމަވެސް ހިދުމަތް ފެށުމަށް ބޭނުންވާ ލައިސަންސް އަދިވެސް ނުލިބޭތީ ހިޖާމާ ޖެހުމުގެ ހިދުމަތް ދޭން ނުފަށާ ކަމަށެވެ.
"ލައިސަންސް ހޯދުމުގެ މަސައްކަތް ވެސް އަޅުގަނޑު މި ދަނީ ކެނޑިނޭޅި ކުރަމުން،" އޭނާ ބުންޏެވެ.
އެތަނުން ހިޖާމާގެ ހިދުމަތް ދެމުން ދިޔައިރު، ފަޒީލާއަށް އަމާޒުވި އެންމެ ބޮޑު އެއް ފާޑު ކިޔުމަކީ އޭނާ އެކަން ކުރަމުން ދަނީ އެކަމާ ބެހޭ އެއްވެސް ތަމްރީނެއް ހޯދުމެއް ނެތި ކަމަށް ބުނެ އެވެ. ނަމަވެސް އޭނާ ބުނެފައި ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން އޭނާ ހިޖާމާގެ ފަރުވާއާ ގުޅޭ ތަމްރީންތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
ހިޖާމާ ޖެހުމުގެ ހުއްދަ ނުދޭ މައްސަލާގައި ފަޒީލާ އޮތީ ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާވެށި
15 January 2025
ހިޖާމާ ޖަހަން ދަސް ކޮށްދޭ ކޯސް ތަކެއް ހިންގަން ވީ އެވެ.
ހަސަނު
15 January 2025
ގަވައިދާ ހިލާފަށް ކަންކަން ކުރުމަކީ އިނާމު ލިބެން ޖެހޭ ކަންކަމެއް ނޫން..
ކޮސް
15 January 2025
މީނައަށް ހުއްދަދިނުމަކީ ގޯހެއް.
ހަމަ ތެދެއް
15 January 2025
ތިވެސް މީހުން މަކަރާ ޖަހައިގެން ކާމީހެއް
މުލޭ
15 January 2025
ޙިޖާމާ ޖެހުމަކީ ޢަމަލީގޮތުން ކުރާކަމެއް. އޮންލައިން ކޯހަކުން ޢަމަލީ ބައި ރަނގަޅަށް ޓެސްްޓުކުރެވޭނެ ގޮތެއް ނެތް.
ކޮރަލް
15 January 2025
ރާއްޖޭގަ ހިޖާމާ ޖަހަން ހެލްތް ގަބޫލު ކުރާ ތަކެއް ނުހިންގަ އެވެ . ގިނަ މީހުން ހިޖާމާ ޖަހަނީ ކޯހެއް ނުހަދަ އެވެ. ކޯސްތައް ފަށަން ވީ އެވެ .
ރުގުޔާކުލިނިކު
15 January 2025
6 އަހަރުން އެމްބީބީއެސް ހަދާނިކަމެއް ނެތް. ކޮންމެސް ފޭކް އޮންލައިންކޯސްގަޑެއްހަދާފަ ކުލިނިކު ހުޅުވަންވީ
އެމްބީބީއެސް
16 January 2025
ތިޔަ އެމްބީބީއެސްއާ އޭތި މީތި ހަދާގެން އުޅޭމިހުންނެއްނު އަހަރެމެން ގަޔަށް ކޮވިޑްވެކްސިން ޖެހުއްވީވެސް. މިހާރު އެއީ އިންސާނުން ގަޔަށްޖަހަށް ހެޔޮނުވާ ނުރައްކާތެރި އެއްޗެކޭ އެއޮއްގެން ކިޔަނީ.
ޢިސުމާލު
15 January 2025
ދެން މިއޮތްހާދުވަހު ތިތަން މާކެޓްދޯ ސަރުކާރުތަކުން ކޮއްދިނީ. ފަޒީއަށް މަރުހަބާ. މަވެސް ތިތަނުން ބޭހެއް ބޭނުންކުރިން. ހަމަ ވަރަށް ރަގަޅު.
ބޯހަލާކު.
15 January 2025
ދެން މިވަރުކަމެއް މީނަ ނުކޮށް ފޮނުއެރުވީ ކީއްވެބާ؟
އަލީ ފަސީރޔު
15 January 2025
ސަރުކާރަށް ކޮރަޕްސަންގެ ގޮތުގައި ދައްކަންޖެހޭ އެއްޗެއް ބޮޑުކަމުން!
އިހްސާސް
15 January 2025
ޙިޖާމާއަކީ ފަރުވާއެއް ނޫންކަމަށް ނުބުނެވޭނެ. އެހެނަސް ކުލިނިކު ހިންގޭނީ އެކަން ކުރަން ނަގަންޖެހޭ ޙުއްދަ ނަގައިގެންކަން ވަރަށް ސާފު. ފަޒީލާ މިރޮނގުން ޙާސިލުކޮށްފައިވަނީ އެމްކިޔުއޭ އިން ޤަބޫލު ކުރާ ސަނަދެއްތޯ؟
އަލީ ސާކިރު
15 January 2025
ޔޫޓިއުބު ބަލައިގެން ދަސްކުރީ!
އެހެންތަ
15 January 2025
އެހެންތަ؟ ދެން މަ ކީއްކުރަންވީ؟
ރަދީފްއޮފިޝަލް
15 January 2025
ކަލޭ އެއްކަމެއް ވެސް ކުރާނެކަމެއް ނެތް.ކްލިނިކުން ހިދްމަތް ހޯދަން ބޭނުންވާމީހުން އެކަން ކުރާނެ.ކަލޭ އޮވޭ ޓިކްޓޮކްބަލަން. ލަދު ކޮބާ؟؟