ކުޅިވަރު / ޔާގެން ކްލޮޕް

ރެޑްބުލްގެ މަގާމާ ހަވާލުވީ ކޯޗުކަން ކުރަން ބޭނުން ނުވާތީ: ކްލޮޕް

15 ޖެނުއަރީ 2025 - 12:06

ސަލްޒްބާގް (ޖެނުއަރީ 15) – ލިވަޕޫލް ދޫކޮށްލުމަށް ފަހު ދެން އަލުން ކޯޗުކަން ނުކުރަން އޭނާ ހުރީ ނިންމައިގެން ކަމަށާއި ރެޑްބުލްގެ މަގާމާ ހަވާލުވީ އެހެންވެކަމަށް ޔާގަން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލްގައި ގާތްގަނޑަކަށް އަށް އަހަރު ހޭދަކުރުމަށް ފަހު އެ ކްލަބްގެ ކޯޗުކަން އޭނާ ދޫކޮށްލީ އަމިއްލައަށެވެ. މިހާރު އޭނާ އަކީ ރެޑްބުލް ގޯލްބަލް ސޮކާގެ ހެޑެވެ. ކްލޮޕް ބުނީ ގިނަ އަހަރުތަކެއްގައި ކޯޗުކޮށްދީ ވަކިގޮތަކަށް ވަކި ކަމެއް ކުރަން ބުނެ ދިނުމުގައި ހޭދަކުރުމުން ފުޓްބޯޅައާ ގުޅޭ އެހެން ކަމެއް ކުރަން ބޭނުންވާ ކަމަށެވެ.

"އަހަރެން ކުރަން މިއުޅޭ މަސައްކަތާ މެދު އަހަރެން މިހުރީ ވަރަށް އުފަލުން އަދި ހިތްހަމަޖެހިގެން. މީގެ ހަތްމަސްކުރިން ލިވަޕޫލްގެ މަސައްކަތް ނިންމާލީ ދެން ތަމްރީނުކޮށް ދޭން ބޭނުން ނުވާތީ. އެކަމަކު ދެން ދުވަހަކުވެސް މަސައްކަތް ނުކުރާކަށް ނުނިންމަން. އަހަރެން ބޭނުންވީ ފުޓްބޯޅައިގައި މަސައްކަތް ކުރަން. (ރެޑްބުލްގެ) މި ފުރުސަތާ މެދު އަހަރެން ޝައުގުވެރިވަން. އަހަންނަށް އިހްސާސްކުރެވޭ އަހަންނަށް މި މަސައްކަތުގައި ބޮޑު އެހީއެއް ވެދެވޭނެކަން،" ރެޑްބުލްގެ މަގާމުގައި އޭނާ ތައާރަފު ކުރަން އިއްުޔެ އޮސްޓްރިއާގެ ސަލްޒްބާގްގައި ބޭއްވި އިވެންޓްގައި ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ.

ކްލޮޕް ބޭނުންވީ ކުރާ މަސައްކަތް ބަދަލުކުރަން

ބޮރޫޝިއާ ޑޯޓްމެންޓްގެ ކުރީގެ ކޯޗު، ރެޑްބުލްގެ މަގާމާ ހަވާލުވުމުން ފާޑުކިޔުންތައް އަމާޒުވި އެވެ. ޑޯޓްމެންޑްގެ ލެޖެންޑެއްގެ ގޮތުގައި ފާހަގަ ވެފައިވާ ކްލޮޕް، ރެޑްބުލްގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމަކީ ވާދަވެރި ރެޑްބުލް ލައިޕްޒިގަށް އެހީވުން ކަމަށް ޑޯޓްމެންޑްގެ ސަޕޯޓަރުން ބުނަމުންދިޔަ އެވެ. ސަޕޯޓަރުންގެ ފަރާތުން ކްލޮޕަށް ފާޑުކިޔުންތައް އަމާޒުވި އެވެ.

އޭނާ ބުނީ އެއްވެސް ކްލަބަކާ ގުޅުން ހުރި މަސައްކަތް ރެޑްބުލްގައި އޭނާ ނުކުރާނެ ކަމަށެވެ. އޭނާ ބޭނުންވީ ކްލަބްގެ ޒިންމާތަކުން އަތްދޫކޮށްލައި އެހެން މަސްއޫލިއްޔަތުތަކާ ހަވާލުވާން ކަމަށް ޖަރުމަނުގެ ކޯޗު ބުންޏެވެ.

ކްލޮޕް، ރެޑްބުލް އިވެންޓްގައި

"ރެޑްބުލް އިހްތިޔާރު ކުރީ އަހަރެންގެ މަސްއޫލިއްޔަތު ބަދަލުކުރަން ބޭނުންވާތީ، އެއީ ހަގީގަތް. އަހަރެން ނިންމި ނިންމުމާ މެދު ފަހުރުވެރިވަން،" ކްލޮޕް ބުންޏެވެ.

ރެޑްބުލްގައި ކްލޮޕްގެ މަސައްކަތަކީ ޓެކްނިކަލް ޑައިރެކްޓަރެއްގެ ރޯލެއް ނޫނެވެ. އޭނާގެ އާ މަގާމުގައި މަސްއޫލިއްޔަތަކީ ސްޓްރެޓެޖީއާ ގުޅޭ މަސައްކަތްތަކެކެވެ.

"އަހަރެންގެ ހިޔާލުތަކެއް އެބަހުރި، އެކަމަކު މިތަނުގައި ބުނަންވީ ވަގުތު ޖެހިއްޖެ ކަމެއް ނޭނގެ... ފުރަތަމަ ކަމަކީ ތަރައްގީ ކުރާނެ ޕްލޭނެއް އުފައްދައި ފިޔަވަޅަކުން ފިޔަވަޅަކަށް ކުރިއެރުން. އަދި ކުޅިވަރުތަކުގެ މެދުގައި އެއްބަސްވެވޭނެ ގުޅުންތައް އުފެއްދުމަށްޓަކައި،" ކްލޮޕް ވާހަކަ ދެއްކި އެވެ.

"އަހަރެން ބޭނުންވަނީ [މޮޓޯ ސްޕޯޓްސް ރޭސް ޑްރައިވަރު މެކްސް] ވަސްޓަޕެން ގަޑިއަކު 300 ކިލޯމީޓަރުގައި ސަމާލުކަންދީގެން ހުރެ އޭނާ ކަންތައްތައް ކުރާ ގޮތް ދަސްކޮށް، އޭނާ އާއި ރެޑްބުލްގެ އެހެން މޮޅު އެތުލީޓުންގެ ވާހަކަތައް އަހައި އެ މައުލޫމާތު ފުޓްބޯޅައަށް ފޯރުކޮށްދޭން މަސައްކަތް ކުރަން. ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން އެބަހުރި."

ރެޑްބުލް ލައިޕްޒިގް ނުވަތަ ސަލްޒްބާގްގެ ކޯޗުކަމާ ހަވާލުވެދާނަންތޯ ސުވާލު ކުރުމުން ކްލޮޕް ބުނީ ރެޑްބުލްގެ ކްލަބްތަކަށް ކޯޗެއްގެ ގޮތުގައި އޭނާގެ އެހީތެރިކަން ބޭނުން ވާނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"މިތާންގެ ކްލަބްތަކުގައި އެބަތިބި ކޯޗުން 10 އަހަރުވަންދެން މަސައްކަތްކޮށްފައި ތިބި. އަހަރެންގެ އެހީތެރިކަމެއް އެ މީހުން ބޭނުމެއް ނުވާނެ. އަނެއްކާ އަލުން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާކަށް ބޭނުމެއް ނުވޭ،" ކްލޮޕް ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454