ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް ގްރޭޖުއޭޝަންގައި: އެ ސްކޫލުން އޭ ލެވެލް އިމްތިހާނުގައި ބައިވެރިވި 47 ދަރިވަރުން ވަނީ ރަނގަޅު ނަތީޖާއެއް ހޯދާފައި. -- ފޮޓޯ | ސްކޫލް
16 ޖެނުއަރީ 2025 - 15:13
ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ އޭ ލެވެލް ނަތީޖާއަކީ އެ ސްކޫލްގެ ތާރީހުގައި ވެސް އެންމެ ރަނގަޅު ނަތީޖާ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އޭ ލެވެލް އިމްތިހާނުގައި އެ ސްކޫލުން މިދިޔަ އަހަރު 47 ދަރިވަރަކު ބައިވެރިވި އެވެ.
އައިމިނަތު މިއަދު "މިހާރު" އަށް ވިދާޅުވީ އޭ ލެވެލްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 17 ކުދިން ނޭޝަނަލް ޓޮޕްޓެންގައި ހިމެނުނު ކަމަށެވެ. އޭގެ ތެރެއިން 6 ދަރިވަރަކަށް ވަނީ ހައި އެޗީވާސް ސްކޮލަޝިޕް ލިބިފަ އެވެ.
2 ވަނަ: އަހުމަދު ޔާސީން އިބްރާހިމް
3 ވަނަ: އައިޝަތު ހަނާން އިލްޔާސް
3 ވަނަ: އަހުމަދު ރަޒާން އާދަން
3 ވަނަ: ރީޝާން އިބްރާހިމް
4 ވަނަ: މުހައްމަދު ސާދިން މޫސާ
4 ވަނަ: އާމިނަތު ޝިއުމާ އަބްދުއްރަޝީދު
5 ވަނަ: އާމިނަތު އަލީ
5 ވަނަ: މަރިޔަމް މަނާލް މަމްދޫހް
6 ވަނަ: މަލްސާ އަހުމަދު
6 ވަނަ: މުހައްމަދު އައިމަން އާދަމް
7 ވަނަ: މުހައްމަދު ޒައިދު އަބްދުއްސަމަދު
7 ވަނަ: އިބްރާހިމް މާހިލް އަބްދުﷲ
7 ވަނަ: މަރިޔަމް އިބާދާ އަބޫބަކުރު
9 ވަނަ: މަރިޔަމް އަޒުހާ މުހައްމަދު
9 ވަނަ: މުހައްމަދު އުނައިޝް
9 ވަނަ: އަހުމަދު ޔައިޝް މުހައްމަދު
9 ވަނަ: ޤާނިތު އާދަމް
އައިމިނަތު ވިދާޅުވި ގޮތުގައި އެއީ ދަރިވަރުންނާއި ޓީޗަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ. އަދި އޭނާ ވަނީ ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ވެސް ފާހަގަކުރައްވައިފަ އެވެ.
"އުންމީދުކުރިން ވަރަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް. ސްކޫލުން އަބަދު ވެސް މަސައްކަތް ވެސް ކުރަނީ އެއް އަހަރަށް ވުރެ އަނެއް އަހަރު ރަނގަޅު ނަތީޖާއެއް ހޯދަން، އެގޮތަށް މިފަހަރު ވެސް މަސައްކަތް މި ކުރީ،" އޭނާ ވިދާޅުވި އެވެ.
ދަރިވަރުން ކުރި މަސައްކަތަށް ތައުރީފްކޮށް ސްކޫލުން ވަނީ ދަރިވަރުންނަށާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.
މިދިޔަ އޮކްޓޫބަރު/ނޮވެމްބަރުގައި ހެދި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރީ މިއަދެވެ. އެޗްއެސްސީ އާއި އެޑެކްސެލް އަދި ކެމްބްރިޖް އޭލެވެލް އިމްތިހާނުގައި 4،293 ދަރިވަރުން ބައިވެރިވި އެވެ. އެ އިމްތިހާނު ރާއްޖޭގެ 48 ސެންޓަރެއްގައި ބޭއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިގުރާހުސޭނު
16 January 2025
ޓޮޕްޓެން އުވާލަންވީ ޓޮޕްޓެން ނޫން ކުދިންގެ ހައްގުގަ އަދި ކުދިންނަށް އެބަ ޖެހޭ ޓޮޕްޓެނޭ ކިޔާފަ ބޮޑު ވަޒީފާ ދޭން ދެން ބޮޑު ހަފްލާބާއްވާ ދައުލަތުގެ ފައިސާއިން އިސްރާފު ކުރުމާ ދެކޮޅު ސޮކޯލާޝިޕް ދޭންވީ ހައްގުވެރިންނަށް މި މީހުން ފަރާތުން ވާ ފައިދާއެއް އަމްދުން ނުފެނޭ
ޞބސލް
17 January 2025
ޢެއްވެސް ކުޅިވަރު މުބާރާތެއްވެސް ބާއްވާނެކަމެއް ނެތް, ކޮންހާ ބޭކާރު ފައިސާތަކެއް, ކޮންހާ ބޭކާރު ވަގުތުތަކެއް, މިވެސް ދެން ބައެއްގެ ވިސްނުން ހުންނަގޮތެއްދޯ?
ޢައިންތު
16 January 2025
މަރުހަބާ މިއީ ބެލެނިވެރިންގެ ހިތްވަރު، ކުދިންގެ ކިޔެވުމަށް އެމީހުންކުރި ބޮޑެތި ހޭދައިގެ ނަތީޖާ
ޢެޑްމުންޑޯ
16 January 2025
.މަރުޙަބާ ތިޔަސްކޫލްގެ ޓީޗަރުންނާއި ދަރިވަރުންނަށް!