މާލެ ސްކޫލެއްގެ ދަރިވަރަކު އޭނާގެ ބެލެނިވެރިޔާ އާ އެކު ދަނީ.-- ފޮޓޯ: މިހާރު
16 ޖެނުއަރީ 2025 - 16:23
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޓީޗަރަކު އަނިޔާ ކުރި މައްސަލައެެއްގައި އެ ޓީޗަރު ސަސްޕެންޑުކޮށް، މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މާލޭގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ އަންހެން ޓީޗަރަކު އެ ދަރިވަރަށް އަނިޔާ ކުރިކަން މިނިސްޓްރީއަށް ހުށަހެޅީ ސްކޫލުންނެވެ.
މިއަދު މެންދުރު ފަހު ހިނގި އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް އަނިޔާ ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.
އެހެންވެ އެ މައްސަލަ ސްކޫލުގެ ފަރާތުން މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީން ޕޮލިހަށް މައްސަލަ ހުށަހަޅައިފައިވާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
"މި ފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ތައުލީމު ހާސިލްކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.
ދަރިވަރުންނަށް އަނިޔާ ކޮށްގެން މީގެ ކުރިން ވެސް ޓީޗަރުން ސަސްޕެންޑް ކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏާއްކޮ
18 January 2025
ކުދިން ޓީޗަރުންނަށް ކުރާ އަނިޔާގެ ވާހަކަ ދައްކާ ކޮމެންޓްތަކަށް ބުނެލަން. ތިޔަ ވާހަކަތަކާ ދެކޮޅެއް ނުހަދަން. އެކަމު މިހަބަރުގަ މިއޮތީ ނުކުޅެދޭ ޕްރައިމަރީ ކުއްޖަކަށް ޓީޗަރަކު އަނިޔާ ކުރި ވާހަކަ. ބައެއް ސޯޝަލް މީޑިއާގަ އެބަ ހަބަރުވޭ އެއީ ސެން ކުއްޖެކޭ ކުއްޖާގެ ހަތަރެސްފައި ބަނދެފަ ތެޅިއްޔޭ. ސެން ކުއްޖެއްގެ މަންމައެއްގެ ހައިސިއްޔަތުން ހިތްހަލާކު ވެއްޖެ އެއްކޮށް މިހަބަރު ފެނިފަ
ހަސންވެ
17 January 2025
ޓީޗަރު ކިޔަވައިދޭ މާއްދާގެ ނަން މިފަހަރު ނެތީ ކީއްވެ؟
raajje
16 January 2025
ދަރިވަރުން ޓީޗަރުންނަށްދޭ އަނިޔާއާކުރާގޯނާތައްބަލާ ފިޔަވަޅުއެޅުމެއްނޯވޭތޯ؟ ފާއިތުވިދުވަސްތަކުގައި ދަރިވަރުން ކިޔަވާފޮތްތަކަށާއި ސުކޫލުމާހައުލުގެ ގަވައިދުތަކާ އުސޫލުތަކަށް މުޅިންވެސްގެނެސްފައިހުރީ ތާކުންތާކުނުޖެހޭ ބަދަލުތައް، މިބަދަލުތަކުން ފައިދާއަށްވުރެންބޮޑަށްވަމުންދަނީ ހުރިހާގޮތަކުންވެސްގެއްލުން، ކުދިންގެ ތައުލީމީފެންވަރުވެސް ވަނީދަށް، ބައެއްކުދިންގެނަތީޖާރަނގަޅުވަނީ ބައެއްޕޭރެންޓުން ކުރާބުރަމަސައްކަތުން، ސުކޫލުންކިޔަވައިދޭކިޔަވާދިނުމަކުންނޫން
މާލެ މީހެއް
17 January 2025
ބުރޯ އޯކޭ ތައް
ހާއްސައެހީއައް ބޭނުންވާ ކުއްޖެއްގެ މަންމަ
16 January 2025
އެހެން ވެގެންނޭ އަހަރެމެން ކަހަލަ ނުކުޅެދޭ ކުދިންގެ މަންމައިން އެކުދިން ސްކޫލައް ފޮނުވަން ޖެހިލުންވަނީ
ވަހީދުޔގެ
16 January 2025
ޤުރުއާން އަދި އިސްލާމް މުދައްރިސެއްނޫންކަން ޔަޤީން... އެހެން ނޫންނަމަ އޮންނާނެ ޤުރުއާން ނޫނީ އިސްލާމް ދުރައްރިސޭ.
ޠެސް
16 January 2025
ބުނާނެ އެއްނު. ޤުރުއާން މުދައްރިސެއް އެ ވައްތަރަށް އުޅެންޔާ ވަރަށް ހެެއްވައެއްނު.
އެކަލޯ1
16 January 2025
ޓީޗަރުން ނުލިބޭވާހަކަ ދައްކަނީ، ދަރިވަރުން ޓީޗަރުންނަށް ހަދަނީ ހަދާނެ އެއްޗެއް. ދިމާލަށް އެބަ ބުނޭ ބޭނުންގޮތެއް ހަދާލާނަމޭ. ނޫންގޮތަކަށް ބަލާލިޔަސް މައްސަލަޖައްސާ ކަލޭގެ ވަޒީފާދުއްވާލާނަމޭ. މީ މިއަދުގެ ހާލަތު. މީހާރު ނޫހުގައި ވަރަށް އަދަބުވެރިކަމާއެކު އެދެން މިކަންކަން އޮތް ހާލަތު އާންމުންނަށް ތިލަވާނެ ފަދަ ތަފުސީލީ މައުލޫމާތު ހޯދާ ރަގަޅު ދިރާސާ ރިޕޯޓެއް ލިޔެލަދިނުމަށް. އާންމު ފަރުދުން ޒިންމާދާރުކުރުމަށް މި ނޫހުން ކުރާމަސައްކަތް ބަލާގަންނަން.
މާލެ މީހެއް
17 January 2025
ދެން ނުކުޅަދޭ ކުއްޖާ ކީކުރީ އިންޑިޔާ ޓީޗަރ އައް؟
ޓީޗަރު
16 January 2025
ދުވަހަކުވެސް ކުއްޖަކަށް ހުތުރުއެއްޗެއް ބުނެ، ބޭއިންސާފުން އެނގިގެން ކަމެއް ނުކުރަން. އަމިއްލަ އާއިިލާއަށް ނުދެވޭ ވަގުތާއި ސަމާލުކަން މަސައްކަތަށް ދީގެން ޓީޗަރަކަށް އުޅުނީ. ކުދިންނަށް ނިކަމެތިވާނެ ކޮންމެކަމަކާ ދެކޮޅުހަދަން. އެކަމަކު ބެލެނިވެރިންގެ ނާއިންސާފު ބަދުު ތުހުމަތުތަކާއި ދަރިވަރުންގެ ފުރައްސާރައާއި ޖިސްމާނީ އަނިޔާއާ، ދަރިވަރުންގެ ފަރާތުންނާއި ބެލެނިވެރިންްގެ ފަރާތުންވެސް ބިރުދެއްކުން އަހަރެން ތަޖުރިބާ ކުރިން. ލިބުނު އިންސާފެއް ނެތް.
ބުރަތޭރީ
16 January 2025
ނުކުޅެދޭ ކުއްޖަކަށް ވިޔަސް، ކުއްޖާގެ މައްސަލައެއް އޮތްތޯވެސް ބަލަންޖެހޭނެ...ޓީޗަރަކު ސަބަބެއްނެތި ކުއްޖަކަށް އަދަބެއްދޭނެކަމަކަށް ނުބެލެވޭ.
ހސބް
16 January 2025
އަދަބުދިން ވާހަކައެއް ނެތް ޚަބަރަކު. އޮތީ އަނިޔާ ކުރި ކަމަށް.
އަލިމަނިކުފާނު
16 January 2025
މުދައްރިސް ކުރިކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން. އެހެން މުދައްރިސުންނަށް ޢިބުރަތެއް ލިބޭނެފަދަ ހަރުކަށި ފިޔަވަޅެއް އަޅަންވާނެ. އެފަދަ ކުދިންގެ ޙާލަތަށް ބަލާއިރު، އެކުދިންގެ ފަރާތުން ހިތްހަމަނުޖެހޭ ކަންކަން ވެސް ފެންނާނެ. އެހެނޭ ކިޔާފަ އަނިޔާކޮށްގެން ނުވާނެ. މުދައްރިސުންނަކީ އަބަދުވެސް ކުދިންނަށް ރަނގަޅުގޮތް ބުނެދީ އަޅާލާ އޯގާތެރި ބަޔަކަށް ވާންޖެހޭނެ ބައެއް
ޕްރިންސިޕަލް
16 January 2025
ޓީޗަރު ވަޒީފާއިން ވަކިކޮށްލާ. ކޮންކަހަލަ ހިތެއް އޮތް މީހެއްތީ.
ޗޗމމ
18 January 2025
ދެން އަރާމުގަ ގޭގަ އޮވެގެން ބޮޑުއަގުގަ ޓިއުޝަން ނަގާދޭނީ. ޖަލު ގޮޅިޔަކަށް ނުފައްތާ ބަހައްޓަން ހެޔޮނުވާނެ