މިސްކިތެއްގެ ތެރޭ ކުޅިވަރު ކުޅޭ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް: އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ދަނީ ބަލަމުން
17 ޖެނުއަރީ 2025 - 21:10
ތ. ވިލުފުށީގެ މިސްކިތެއްގެ ތެރޭގައި ކުޅިވަރު ކުޅުނު ކަމަށް ބުނެ ވާހަކަ ދައްކަމުން ދަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ބުނެ އެކަން އެރަށު ކައުންސިލުން މިއަދު ކުށްވެރިކޮށްފި އެވެ.
ވިލުފުށީގެ ރަށުގެ މިސްކިތެއްގެ ތެރޭގައި ދެ ޖިންސުގެ މީހުން ބައިވެރިވެގެން އެކި ކަހަލަ ގޭމްތައް ކުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެއާއެކު، އާއްމުންގެ ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ވީޑިއޯއަކީ ޓީޗަރުންގެ ދުވަސް ފާހަގަކުރަން ނަލަހިޔާ އިސްލާމީ މަރުކަޒުގެ ނަލަ މާލަމުގައި މިދިޔަ އަހަރު ބޭއްވި ޓީމް ބިލްޑިން އެކްޓިވީއެއްގެ މަންޒަރު ކަމަށެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ހުރި މިއުޒިކަކީ އެޑިޓެއް ކަމަށް ބުންޏެވެ.
އެ މާލަމަކީ ދީނީ އަދި އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ބޭނުން ކުރަމުންދާ ތަނެއް ކަމަށާއި އަދި އެރަށުގައި ބާއްވާ އެކިއެކި މުބާރާތްތަކާއި ހަރަކާތްތަކަށް މީގެ ކުރިން ވެސް އެތަން ބޭނުންކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައިވާ ގޮތުން އެތަނުގައި އަޅާފައި އޮތް ކާޕެޓަކީ މިސްކިތުގެ ނަމާދުކުރާ ބައިގައި ކުރިން ބޭނުންކުރި އެއްޗެކެވެ.
ނަލަ މާލަން ސެމިނާ ހޯލަކަށް ބަދަލުކުރުމުގެ ކުރިން އެތަން ބޭނުން ކޮށްފައިވަނީ އަންހެނުން ނަމާދުކުރާ ތަނެއްގެ ގޮތުގަ އެވެ. އަދި މިހާރު އަންހެނުން ނަމާދު ކުރަނީ މިސްކިތުގެ މަތީބައިގައި ޕާޓިޝަން ޖަހައިގެން ހަދާފައިވާ ބައެއްގަ އެވެ.
ބަޔާނުގައި ބުނީ އެ ކައުންސިލަކީ ދީނީ ކަންކަމަށް އިސްކަމެއްދީގެން އަދި ދީނީ އިލްމުވެރިންގެ ލަފައާ އިރުޝާދުގެ ދަށުން އަބަދުވެސް މަސައްކަތްކުރާ ކައުންސިލެއް ކަމަށެވެ.
ނަމަވެސް، ޓީޗަރުން ކުރާ މަސައްކަތުގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަށް ކައުންސިލުން ބޭއްވި ހަފުލާއެއްގެ ތަންކޮޅެއް ނަގައިގެން، އެކަމުގެ ހަގީގަތް އޮޅޭގޮތަށް އަދި އެއަށް މިއުޒިކް އަޅައިގެން ސަރުކާރާއި ކައުންސިލާއި ޓީޗަރުންގެ އަގުވައްޓާލައި ނަފްރަތު އުފެއްދުމަށް އެފަދަ ނާތަހުޒީބު އަމަލެއް ހިންގުމުން ހިތާމަކުރާ ކަމަށް ބުންޏެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ކައުންސިލުން މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ނުކުރާނެ ކަމާއި އެފަދަ ކަމަކަށް ތަރުހީބު ނުދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަބައްޑޭ
19 January 2025
އެހެންދޯ ވާނީވެސް ގިނަ ދިވެހީންނަކީ ދީނުގެ ކަންކަން ރަނގަޅަށް ރޯނުފިލާ، ދީނަށް އަމަލުނުކޮށް އަނގަައިން ދީންވެރިވެގަނެގެން އުޅޭ ބައެއް. މިފަދަ ބަޔެއް ކައިރިޔަށް ފާސިގަކު ހަބަރަކާއިއެގެން އަޔަސް ކަމުގެ ދެކޮޅު ނުބަލައި ފަށައިގަންނާނީ. އެއީ އިސްލާމީ މަރުކަޒު ގޮތަށް މިސްކިތުގައި ހުރި ސެމިނާ ރޫމެއް، އެތާގައި ބޮޑު މުންކަރާތެއް ހިންގީއެއް ނޫން، ހަމަ އޮފީސްތަކުން ހިނގާކަހަލަ އާދައިގެ ހަރަކާތެއް. ވީޑިއޯއަށް ހުރީ ޕޯސްޓް ކުރިއިރު މިއުޒިކް އަޑު އަޅާފަ. ދެން؟
މީހުންނޭ
18 January 2025
މިސްކިތު ތެރޭ ޑީޖޭ މާލަން ހަދާފަ ހުންނަކަން ދުވަހަކުވެސް އަޑުނާހަން. ތިދެން ބޮޑުވަރު. ކައުންސިލަރުންނަށް ފިޔަވަޅު އަޅަންޖެހޭކަމެއް. ތިޔަ ރަށު މީހުން ހަދާން ނެތުނީތަ ސުނާމީގަ މުޅި ރަށް އެއްކޮށް ދޮވެލިކަން، ނޫނީ ދެވަނަ ސުނާމީއަކަށް އިންތިޒާރު ކުރަނީތަ؟
ވަކީލް
18 January 2025
ތިޔަކަން ދިފާއުކުރުމުގެ ބަދަލުގަ މާފަށް އެދިފަ ތަކުރާރު ނުވާނެ.ކަމުގެ ޔަގީންކަން ދިނުން ރަނގަޅުވާނީ.
ފަރީޝާ
18 January 2025
ޖަޖްމެންޓަލް ދިވެހީން! ބޯގޯސް ދިވެހީން! ޑިސްގަސްޓިނ ދިވެހީން! ވާނުވާ ނުބަލާ ކަންކަމަށް ފުރައްސަރަކުރާ ދިވެހީން! ދުނިޔޭގެ އެންމެ ވަރި ގިނައީ ދިވެހީން! ހަޑި މުޑުދާރު ދިވެހީން!
މާހިރު
18 January 2025
އަދި މިވަގުތު ނަމާދުނުކުރާތަނަކަށްވިޔަސް ތިފަދަ ތަނެއްގައި ތިފަދަ ސަކަރާތްޖެހުން އެއްގޮތަކަށްވެސް ބަލައެއް ނުގަނެވޭނެއެވެ. ވީޑިއޯއިން ފެންނަނީވެސްހަމަ މިސްކިތެއް ސިފަވާގޮތަށެވެ. މިސްކިތުގައި އަޅާކަހަލަ ކާޕެޓު އަޅާފައި ﷲ އިސްމުފުޅު ފާރުން އެހެރީ ފެންނާށެވެ. އެހެންކަމުން މިސްކިތެއްގެ ޙުރުމަތް ކެނޑިކަމަށް ނުބުނެބޭނެ ހަމައެއްގޮތެއްވެސް ނެތެވެ.
ބީ ސީ އެ ން
18 January 2025
ވިލުފުށީވިޔަސް ކަނޑުފުށީ ވިޔަސް މިސްކިއް ފުރުނަސް ނުފުރުނަސް މިސްކިތައް ވަދެލަން ވާނީ އައުރަ ނިވާކޮއްގެންް. އަޅުކަން ކުރުމާ ޒިޔާރތް ކުރުން ފިޔަވާ ކުލިވަރު ކުޅެ އަތްލިތާ އަތްލި ކުޅެން ވަދެގެން ނުވާނެ. މުސްލިމުންގެ ކުރިމަތީގަ އެމާތް ގެކޮޅުތަކުގައި މިކަންކަން އާންމު ވިޔަދީގެން ނުވާނެ.
ބީރުބެެ
18 January 2025
ކަލޯ ޚަބަރުގަ އޮތް އެއްޗެއް އެއްވެސް ވަރަކަށް ކިޔާފަތަ މިތާ ތިޔަ ކޮމެންޓެއް ކޮށްލީ. ނޫނީ ކިޔާކިޔާ އޭގަ އޮތް އެއްޗެއް ފަހުމު ނުވީތަ؟ ބޮލުރޮދި ކެނޑިގެން އުޅުނަސް ތަންކޮޅެއް ބޮޑު ވަރު ތިއީ.
އަސަރު68
18 January 2025
ކުރިން މިސްކިތެއްގެ ގޮތުގާ ބޭނުންކޮށްފާ، ދެން ހަމައެތަން އެހެން ކަމަކަށް ބޭނުންކުރަންވީމަ، އެތަނުގާ ހަރުކޮށްފާވާ ﷲގެ އިސްމުފުޅުފަދަ ތަކެތި އެތަނުން ނެގުމަކީ އެންމެ ރަނގަޅުގޮތް. ބޭދަބީ ބަސް ބޭނުންކުރުމާ ކަމާނުގުޅޭ ތަކެތި އެތާ ހުރުމަކީ މިހާރުން މިހާރަށް ހައްލުކުރަންޖެހޭ ކަންކަން. ހަމަ ތިބެލާފާ ނޫސްބަޔާން ނެރެލިޔަސް މީވެސް ތިބޭފުޅުން ބައްލަވާ ކޮންމެސް އުސޫލަކުން ހަމަޔަކަުން ހިނގަންވާނޭ ކަންކަން ކަމުގާ ފެނޭ. ބަސްބުނުމުގެ ކުރިން މިކަންރަނގަޅުކޮށްބަލަ.
ކަގި
18 January 2025
ބޭއަދަބީ ބަސް އެއްވެސް ތަނެއްގެ ބޭޏުން ކުރާނެކަމެއް ނެތް. ތަނެއްގެ ލިޔެފަ އޮންނައެޗަކުން ނޫން ވަކި ގޮތަކަށް މީހުން އުޅެންވީ.
ކަގި
18 January 2025
އެންމެ ކައިރިން ސްރީލަންކާ އަށް ބަލައިލިކަމުގައި ވީނަމަވެސް މިސްކިތުގެ ބޭނުން އިޖްތިމާއި ގުޅުންތައް ވަރުގަދަ ކުރާ ތަނެއްގެ ގޮތުގައި ފެނޭ، ހާއްސަކޮށް ޒުވާނުން އެމީހުންނަށް ހަރަކާތްތައް ރާވާ، ކޮމިޔުނިޓީ އިވެންޓް ތަކުގައި އެންމެނަށް ބޭނުން ކުރެވޭގޮތަށް ތެލި ތަށި ގޮނޑި ފަދަ ތަކެތިވެސް ހުރޭ. މިފަދަ ގިނަ ކަންކަމުގައި ހިސާބުގަނޑުގެ ޒުވާންނުން ހަރަކާތްތެރިވާތަން ފެނޭ. މީދޯ ރީތި އިސްލާމް ވަންތަކަމަކީ.
ހުން
18 January 2025
ވ ވ ވ ބޮޑަށްސާފު ވެއްޖެ
ޙަބީބު.
18 January 2025
ސްކޫލު ހަރަކާތް މިސްކިތު ކާޕެޓުމަތީ ކުރުމަކީ މުދަލައް އިހުމާލުވުން ސްކޫލްހަރަކާތް ހިންގާނީ ސްކޫލްހޯލުގަ ޑީޖޭކުޅޭނީ ބާޒާރުމަތީގަ ތީހަމަ ސަރުކާރުގެ އިހުމާލު މިސަރުކާރަކީ ރައްޔިތުން ބަލައިގަންނަ ސަރުކާރެއްނޫން ހައްސަކޮއް އަލީއިހުސާނުމެންފަދަ މީހުން ކެބިނެޓުގަ ތިބުމަކީ ދެރަވަރު ކަންކަން