ރަށެއްގެ އައިސް ޕްލާންޓަކުން، މަސްވެރިންތަކެއް އައިސް ނަގަނީ. -- ފައިލް ފޮޓޯ | މިހާރު
20 ޖެނުއަރީ 2025 - 15:08
މިފްކޯއިން އައިސް ލިބުން މެދުކެނޑުނީ ޕްލާންޓަށް ދިމާވި މައްސަލައަކުން ކަމަށާއި އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ބައެއް ރަށްރަށުގެ އައިސް ޕްލާންޓުތަކުން އައިސް ނުލިބޭ ކަމަށް ބުނެ މަސްވެރިންތަކެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިފްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިވަގުތަށް އައިސް ނުލިބެނީ ޕްލާންޓަށް މައްސަލަ ދިމާވި ރަށްތަކެއްގަ އެވެ.
ސ. ހުޅުމީދޫ އައިސްޕްލާންޓުގެ އެއް ޔުނިޓުގެ ޑްރަމަށް މައްސަލައެއް ޖެހި ދެވަނަ ޔުނިޓުގައި ގޭސް ލީކުވުމުގެ މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގދ. ގައްދު އާއި ތިނަދޫގެ އައިސް ޕްލާންޓުގެ ކޮންޑެންސާ ޕަމްޕަށް މައްސަލައެއް ދިމާވެފައިވާ ކަމަށާއި ދެ ރަށުގެ މައްސަލަ ވެސް ހައްލު ކުރަން އިންޖިނިއަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"އާންމު ގޮތެއްގައި [ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް] އޭއެފްސީން މަދުން ދޯނިފަހަރު އައިސް އެޅި ނަމަވެސް މި ދެ މައްސަލަ [ހުޅުމީދޫ ޔުނިޓް 1 އަދި 2] ދާއިމީ ގޮތެއްގައި ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރެވެމުން،" މިފްކޯގެ އޮފިޝަލު ވިދާޅުވި އެވެ.
އައިސް ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް މަސް ކިރުވުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއަށް މަސްކިރާ ދޯނިތަކަށް 10 ޓަނާ ހަމައަށް ކްރެޑިޓަށް ނުވަތަ ފަހުން ފައިސާ ދައްކާ ގޮތަށް އައިސް ދޭން ފެށީ މިދިޔަ އޮގަސްޓު މަހު އެވެ. އެ ކުންފުނިން ބުނެފައި ވަނީ ކްރެޑިޓަށް އައިސް ވިއްކާ ދޯނިފަހަރު މަސްކިރުމުން ބިލު ހަދާނީ، ކްރެޑިޓަށް އައިސް ގަތް ފައިސާ ބިލުން އުނިކުރުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބަލް އަފީފު ދީދީ ގެ ކަލޯ
20 January 2025
ކެޔޮޅުން ރުޅި މަޑު ކުރަށްވާތި. . އައިސް ލިބެންދެން ކަޑުގައި ކޮޅު ކޮޅަށް ދަތުރު ކުރާ ބޮޑެތި ގޮދާ ކަންނެލި ކަޚުބިލަ މަސް އައިންތައް ރާއްޖޭގެ ސަރަހައްދުން ބޭރަށް ދިޔަ ނުދީ ހިފެހެއްޓުމަށް ސަރުކާރުން ދަނީ އިލްތިމާސް ކުރައްވަމުން .
މަނޯޖު
20 January 2025
މިފްކޯ އިން މައުލޫމާތު ދޭ މީހެއްގެ ނަން ވެސް ޖަހާލަބަލަ. ކޮއްމެ ދުވަހަކު އެތައް ނޫހެއްގަ މިފްކޯގެ ހަބަރު ގެންނަ އިރުވެސް މައުލޫމާތު ދޭ މީހެއްގެ ނަމެއް ނޯވޭ. ޫ މިފްކޯ އިން ވިދާޅުވި ، މިފްކޯ އިން މައުލޫމާތު ދޭ ، މިހެން ލިޔުނަކަސް ކަމަކުނުދޭ. މައުލޫމާތު ދިން މީހެއްގެ ނަންވެސް ޖަހާލާތި.
ޢެޑްމުންޑޯ
20 January 2025
މައްސަލައެއް ދިމާވުމުން ހައްލުކުރަން ހައެއްކަމަސްނަގާތީ ޝަކުވާ ކުރެވެނީ ، ސޯޝަލްމީޑިޔާގައި ޝަކުވާނުކުރާހާ ހިނދަކު އަޅައެއްނުލާނެ
2
20 January 2025
ތިކަންވެސް ހައްލުކުރާނީ ރައީސްގެ ހާއްސަ ބެއްލެވުމުގެދަށުންތޯ؟