ޚަބަރު / މިފްކޯ

ފަރެސްމާތޮޑާ އިން އަންނަ މަހު އައިސް ލިބޭނެ: މިފްކޯ

ފަރެސްމާތޮޑާގައި ހިންގާ އައިސް ޕްލާންޓް-- ފޮޓޯ: ފޭސްބުކް

ގދ. ފަރެސްމާތޮޑާގައި ހިންގާ އައިސް ޕްލާންޓުން އަންނަ މަހު އައިސް ދޫކުރަން ފަށާނެ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.

ކަނޑުމަހުގެ މަސްވެރިކަން ކުރާ 12 ދޯނި ދުއްވާ ފަރެސްމާތޮޑާގައި ހުންނަނީ 25 ޓަނުގެ އައިސް ޕްލާންޓަކާއި 10 ޓަނުގެ އައިސް ޕްލާންޓެކެވެ. އެ ޕްލާންޓުން އެންމެ ފަހުން އައިސް ދޫކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ފަހަރު ވެސް އައިސް ދޫކުރަން ފެށީ މަރާމާތު ނުކޮށް އަހަރެއްހާ ދުވަސް ވަންދެން ބެހެެއްޓުމަށް ފަހު އެވެ.

Faresmaathodaa in masverinnah ice nulibeytha 3 mas

Faresmaathodaa in masverinnah ice nulibeytha 3 mas

The most trusted news source in the Maldives

Mihaaru

ފަރެސްމާތޮޑާއިން މަސްވެރިންނަށް އައިސް ނުލިބޭތާ 3 މަސް ވުން--

މިފްކޯގެ ސީއޯއޯ ރަމްޒީ އަބޫބަކުރު "މިހާރު" އަށް ވިދާޅުވީ ފަރެސްމާތޮޑާގެ އައިސް ޕްލާންޓު ހުއްޓުމަކަށް އައީ ޖަނަރޭޓަރަށާއި ޕްލާންޓަށް ތަފާތު މައްސަލަތައް ދިމާވެގެން ކަމަށެވެ. ރާއްޖެ އިން ބޭރުން ސްޕެއާ ޕާޓްސް ގެނެސް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަސައްކަތް ކުރަން އިއްޔެ އެ ރަށަށް ޓީމެއް ގޮސްފައި ވަނީ. ރާއްޖެ އިން ބޭރުން ހަތަރު ފަހަރު ސްޕެއާ ޕާޓްސް ގެނެސް އަޅުގަނޑުމެން މަސައްކަތް ކޮށްފިން،" ރަމްޒީ ވިދާޅުވި އެވެ.

ފަރެސްމާތޮޑާ ބަނދަރުމަތި-- އެރަށަކީ 12 ދޯނި މަހަށް ފުރާ ރަށެއް-- ފޮޓޯ: ފޭސްބުކް

އޭނާ ވިދާޅުވި ގޮތުގައި އައިސް ޕްލާންޓަށް ދިމާވި މައްސަލަތައް ހައްލުކޮށް އަންނަ މަހުގެ 15 ގެ ކުރިން އައިސް ދޫކުރަން ފަށާނެ އެވެ.

މިއީ ދެކުނުގެ އަތޮޅުތަކަށް އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމާ އެކު، އައިސްގެ ޑިމާންޑް ބޮޑުވެ އައިސް ލިބުމުގައި މަސްވެރިންނަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

ފަރެސްމާތޮޑާގެ މަސްވެރިން އައިސް ހޯދުމަށް ދިގު ދަތުރުތަކެއް ކުރަން ޖެހޭތީ އެ މަސްވެރިން ދަނީ ޝަކުވާ ކުރަމުންނެވެ.

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަޓުމީހާ

12 April 2018

ފަރެސްމާތޮޑާއަށް ތިޔަޓީމެއްނާދެ އިއްޔެއަކު،އެހެންނުން މީގެ ހަފްތާއެއް ކުރިން އަންގާރަދުވަހު މފކ ހެޑްއޮފީހުގެ ޓީމެއް އައި މިރަށު މަސްވެރިންނާ ބައްދަލުކުރާން ކިޔާފަ.މ.ފ.ކ ވެރިން އައީ މަސްވެރިން މަހައް ގޮސް ތިއްބާ. މިޓީމު ރަށަށް އާއި ކަމެއް އަދިވެސް ގިނަ މަސްވެރިންނައް ނޭގެނެ އަދިވެސް ކައުންސިލައް އެނގޭނެ މިކަން

The name is already taken The name is available. Register?

އައިސް ޕްލާންޓް

12 April 2018

ފަރެސް މާތޮޑާ އައިސް ޕްލާންޓަކީ އަވަލާފަ ހުންނަ ތަނެއް. 10 އަހަރުގެ މަސައްކަތުން އެޅި 10 ޓަނުގެ ޕްލާންޓް ފުރަތަމަ ބޭނުންކުރަން ފެށިތަނުންވެސް ނުހިނގި. ދެން ގެނައީ 5 އަހަރުން 25 ޓަނުގެ ޕްލާންޓެއް. ހަމަ ޖެއްސިތަނުން ދެ ޕްލާންޓަށް މައްސަލަ ޖެހިއްޖެ. މަރާމާތު ކޮށްގެން ހަމަ ޖައްސާއިރަށް ކޮންމެ ފަހަރަކު މައްސަލަ ޖެހޭނެ. ފެށުނީއްސުރެ ވޭތުވެދިޔަ 4 އަހަރު މުވައްޒަފުންނަށް އެތިބެނީ އެއްބައެއް. 6 މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ލިބޭ. މަށަށްވެސް އެގޮތަށް މަސައްކަތް ނުކޮތް މުސާރަ ލިބެންޏާ ޕްލާންޓަށް ގޮތް ގޮތް ހަދައިގެންވެސް މަސައްކަތް ނުކޮށް މުސާރަ ލިބޭ ގޮތް ހަދާނަން.

The name is already taken The name is available. Register?

މަހަށްދޭދޭ

12 April 2018

ކޮބާ ރާކަނި މަސްކެވުނުތޭ. ހުންނާނެ މިހާރު އަލާފިލާފައި ދޯ ރަންރީނދޫ ޓްވިޓަރޭ މެންނަށް. މަހަށް ދޭބަލަ ދެން. މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

The name is already taken The name is available. Register?

އައްޑޫ ބެއްޔާ

12 April 2018

ކޯޑިނޭޓާރ ބޯއަނބުރައިގެން ހެޔަށް ގޮތެއްވީ ތޯއްޗެއް! މިއުޅެނީ 2017 ވަނަ އަހަރުން ފެށިގެން އައިސް ނުލިބިގެން. އިންޖީނު ގެނައިތާ 2 އަހަރު ނުވަނީސް އަލުން މަރާމާތު ނުވާ ވަރަށް އިންޖީން ހަލާކުވެގެން! އަދިވެސް ކޮމެންޓް ކުރަން އޮވޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454