މަސްވެރިންތަކެއް މަސް ބޭނުމުގައި ހަރަކާތްތެރިވަނީ--
11 އެޕްރީލް 2018 - 15:27
މިފްކޯ އިން ގދ. ފަރެސްމާތޮޑާގައި ހިންގާ އައިސް ޕްލާންޓަށް މައްސަލަޖެހިފައި ހުރުމުގެ ސަބަބުން، އެ ޕްލާންޓުން މަސްވެރިންނަށް އައިސް ނުވިއްކާތާ ތިން މަސް ވެފައިވާތީ އެ ރަށު މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިފްކޯ އިން އެ ރަށުގައި ހަދާފައި ހުރީ 25 ޓަނުގެ އައިސް ޕްލާންޓަކާއި 10 ޓަނުގެ އައިސް ޕްލާންޓެކެވެ.
އެނގިފައިވާ ގޮތުގައި އެ ޕްލާންޓުން އެންމެ ފަހުން އައިސް ދޫކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފަހަރު ވެސް އައިސް ދޫކުރަން ފެށީ މަރާމާތުނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބެހެެއްޓުމަށް ފަހުގަ އެވެ.
މި ދުވަސްވަރަކީ ދެކުނުގެ އަތޮޅުތަކަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމާއެކު އައިސްގެ ޑިމާންޑް ބޮޑުވެ އައިސް ލިބުމުގައި މަސްވެރިންނަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.
އެ ރަށު "ވައި ކިންގް" ދޯނީގެ މަސްވެރިއެއް ކަމަށްވާ މުހައްމަދު ޝާން ބުނީ އެ ރަށުން އައިސް ނުލިބުމަކީ މަސްވެރިންނަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. އެކަމުގެ ސަބަބުން އައިސް ހޯދަން ދިގު ދަތުރުތަކެއް ކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ.
"އިއްޔެވެސް [ގއ.ކޫއްޑު އަށް] މަސް ކިރާފަ އައިސް އަޅަން ދިޔައީ ގދ. ތިނަދު އަށް. އައިސް ލިބުނު އިރު ރޭ 12 ޖަހައިފި. ވަރަށް ދަތިވޭ. ރަށުގައި ހުރި ޕްލާންޓް ހަދަން ވެސް މަސައްކަތެއް ނުކުރޭ،" އޭނާ ބުންޏެވެ.
ފަރެސްމާތޮޑާއަކީ ކަނޑުމަހުގެ މަސްވެރިކަން އެއް ރަށެއްގެ، އެންމެ ގިނަ ބަޔަކު ކުރާ އަދި އެންމެ ގިނަ ދޯނި ދުއްވާ އެއް ރަށެވެ. އެ ރަށުގައި 12 މަސްދޯނި އޮވެ އެވެ.
އެ އައިސް ޕްލާންޓުން އައިސް ނުލިބި ގިނަ ދުވަސްވެފައިވާ ސަބަބާ ގުޅިގެން މިފްކޯގެ ބަހެއް ނުލިބެ އެވެ.
މިފްކޯ އިން ކުރިން ބުނެފައިވަނީ އައިސް ޕްލާންޓްތައް ހެދުމަށާއި މަރާމާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން އައިސް އުފައްދާ މިންވަރު 355 ޓަނުން 630 ޓަނަށް އިތުރު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ކިޔާމީހެއް
12 April 2018
މިކަހަލަ ޚަބަރުތައް ޖަހަލުމަކީ ވަރަށް ރަނގަޅުކަމެއް . ޤައުމުގެ ތަރައްޤީއަކީ މިކަހަލަ ޢާންމުރައްޔތިތުންގެ ދިރިއުޅުމާ ގުޅޭ ކަންކަން . މިކަހަލަ މައުލޫމަތު ގިނައިން ބެނުމީ . މިއީ އެންމެ ރަށެއްގެ ވާހަކަ . އަޅެ މިނޫހުން މުޅިޤައުމުގެ އެކިރަށްއަށުން މިަކަމަށް ހުރި ދަތިތަކުގެ ވާހަކަ ގެދެސެދެއްވަބައްލަވާ . އޭރުން އެގޭގެނެ، އައިސް ލިބޭތަންތަނާ، ޕްލާންތް ހުރި ތަންތަނާ ޕްލާންޓް ހުއްޓިފައި ހުރިތަންތަނާ، އަދި ޕްލާންޓް ނެތުމުން ދަތިވަނީ ކިހާ މަސްވެރިންނަކަށްކަން. އަދި މަސް ކެއްކުމުގެ ރޫޙުހުރެމެ މަސް ނުލިބޭތީ މަހުގެ އިންތިޒާރުގައި މީހުން ތިބިމިންވަރުވެސް .
މޯޑު
11 April 2018
ޝުކުރިއްޔާ ރައީސް ޔާމީން
މަސްވެރިޔާ
11 April 2018
މަރާމާތުކުރެވޭނީވެސް ލާރިހުރެގެންތާ...ކޮބާ ހުޅުވަންބުނި އައްޑޫ ކޯލްޑް ސްޓޯ...ބަހަބަރު...ތިހިރީވެސް ބޮޑެތި ޖަރީމާ...
ނަޟީދު ފާއިޒު
11 April 2018
ފަރެސް މާތޮޑާ އައިސްޕުލާނޓުން އައިސް ނުލިބޭތާ 1 އަަހަރުދުވަސް އަދި މޮރަށުގަ 2އައިސް ޕުލާންޓު ހުރެއޭ
އެޑްމުންޑޯ
11 April 2018
ތިނުވާނެ ތެދެކަށް ، މިފްކޯގެ އިސްބޭފުޅުން ނޫންތޯ އިއްޔެ ޓީވީތަކަށް އަރާ ހަރުއަޑުން އެވިދާޅުވީ މަސްވެރިކަން ރަގަޅުވާތީ މަސްގަންނަން މިފްކޯ އޮތީ ތައްޔާރުވެފައޭ ، އެބޭފުޅުން އިތުރު ފުޅެއްނުހައްދަވާނެ އިގޭތޯ ..
ނޯލިމިޓް
11 April 2018
ފަރެސްމާތޮޑާ އިން މަސްވެރިންނަށް އައިސް ނުލިބޭތާ ތިން މަސް ވެއްޖެނަމަ މަސްވެރިންގެ ޒިންމާ އެކޭ އަމިއްލަ އައިސް ޕްލާންޓް ވެސް ގެންގުޅުމަކީ. އަމިއްލަ އަށް މަސްދޯނި ގެންގުޅެވޭ ގޮތަށް އަމިއްލަ އައިސްޕްލާންޓް ގެންގުޅުނީމާ ނިމުނީ އެއް ނޫންތޭ. ނޯ ލިމިޓް އިން އިޓް ދޯ.
އަޝްރަފް
11 April 2018
އެބުނީ ތެދެއް. ކޮންމެހެން ބަޔަކަށް ޑިޕެންޑް ވާކަށް ނުޖެހޭ. ކޮންމެ މަސްދޯންޏެއްގައި އައިސް ޕްލާންޓެއް ބެހެއްޓުމުން މައްސަލަ ޙައްލުވީ. ސަރުކާރުން ކަމެއް ކޮށްނުދޭ ނަމަ ކޮންމެ ޢާއިލާއެއްގައި ވަކި ސަރުކާރެއްވެސް ހަދާބަލަ. ތިހާ ކަންތައް ބޮޑުކުރާއެއްޗެއްނޫނޭ. ބޯޓަށް މަސް ނުކިރެންޏާ މަސް ނުބާނާނީ. ނުވަތަ އަމިއްލަ ބޯޓްތައް ގެންގުޅެންވީ މަސްކިރަން. ކޮންމެ ކަމަކަށްވެސް ޙައްލެއް އޮންނާނެ. ނިކަން ޕޮޒިޓިވްކޮށް ވިސްނަބަލަ.
ނޫސް ކިޔާމީހެއް
12 April 2018
އަސްރަފުގެ ތިޔަޚިޔަލަށް މަރުޙަބާ ކިޔަން. އެކަމަކު މަސްވެރިން ބަނާމަހުގެއަގު ވަކިބަޔަކު ކޮންޓްރޯލުކޮށްގެން ތިކަމެއްނުކުރެވޭނެ . މިދެންނެވީ މަސްވެރިންބާނާމަހުގެއަގު ކިޔާބަޔަކީ މަސްވެރިންކަމުގައި ވީމައޭ ތިޔަކަންވާނީ . މަސްވެރިން .
ފާއިޒްގެ ކޮއްކޮ
11 April 2018
ކަނޑުމަހަކީ ކޮންމެ ދުވަހަކު ކާން ޖެހޭ އެއްޗެއްތޯ، މިހާރު މި ބަހުސް ފަށަން ޖެހިއްޖެ.
ބީކޭކޭ
11 April 2018
ކޮބާހޭހޭހޭހޭވަޒީރު؟ ދެންއަވަހައް އަތްފޫދަންދެން ހުއްޓާނުލާ އަތްޖަހާ! ކޮބައިހޭ މަސްވެރިންނައް ދޭންބުނި (10000/ރ) ދިހަހާސްރުފިޔާ! މީވައުދެއް އެހެންވެ ހަމަ ހަނދާކޮއްލަދިނީއިނގޭ!
ރަދީފް
11 April 2018
ކޮބާ މިދާއިރާގެ މެމްބަރު.؟؟ވަރަށް ސްމާޓް މެމްބަރެއް އެއީ ، ނަމަވެސް މިކަހަލަ ކަމެއް އިސްލާހްކުރަން މަސައްކަތް ކުރެވޭނަމަ 3 މަސް ދުވަސް ވަންދެން އައިސްޕްލާންޓެއް މަރާމާތުނުކުރެވި ހުރެގެން ނުވާނެ.
މާތޮޑާ މީހާ
11 April 2018
ރަށުގެ ކައުންސިލަރުން ރައްޔިތުންނަށް ދޭ އިންޒާރަކީ ތިމަންނާމެން ނިންމާ ނިންމުމަށް ރައްޔިތުންނަށް ފާޑެއް ނުކިޔޭނެއޭ. ތިމަންނާމެން ގޮތް ނިންމީމާ ދެން އެ ނިންމުން ބަދަލު ކުރަން ކިތަންމެ މަސައްކަތެއް ކުރިއަސް އެކަމެއް ނުވާނެއޭ. އެހެންވީމާ އައިސް ޕްލާންޓް ފަންކްޝަން ކުރަން ކައުންސިލަރުންނަށް ފެނުނު ދުވަހަކުން އެކަން ކުރާނެ. ކައުންސިލަރުންނަކީ މިހާރު މަހަށްދާ ބައެއްނޫން. އެހެންވީމާ އެބޭފުޅުންނަށް ފެނުނުދުވަހަކުން ތިޔަކަން ކުރާނެ. ފަރެސްމާތޮޑާގެ މަސްވެރިން ކެތްކޮށްލައްވާ!