ހުޅުމާލެ 2 ގައި އަލިފާން ނިއްވާ ސިސްޓަމް ބަހައްޓަން ފަށަނީ.-- ފޮޓޯ: އެޗްޑީސީ
20 ޖެނުއަރީ 2025 - 16:07
ހުޅުމާލެ 2 ގައި ފަޔާ ހައިޑްރެންޓް ސިސްޓަމް ބަހައްޓަން މިއަދު ފަށައިފި އެވެ.
އެޗްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އަލިފާނުގެ ހާދިސާތަކުގައި ފެން ނަގަން ބޭނުންކުރާ ސިސްޓަމް ބަހައްޓަނީ ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކަމަށެވެ.
ބޮޑު ހޭދައެއް ކޮށްގެން ހިއްކައި، ތަރައްގީކުރި ހުޅުމާލެ 2 ޑިޒައިންކުރީ ފަޔަ ހައިޑްރެންޓް ސިސްޓަމްތައް ވެސް ބަހައްޓާ ގޮތަށެވެ. އެކަމަކު،، އެ ތަނުގައި މީހުން އާބާދުވިތާ ފަސް އަހަރު ވީއިރު ވެސް އެކަން މިހާތަނަށް ތަންފީޒެއް ނުކުރެވެ އެވެ.
އެހެންވެ، އެޗްޑީސީން ފެށީ އަލިފާން ނިއްވާ ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތެވެ. އެކަމަކު އޭގެ ތެރޭގައި ބަހައްޓާ ސިސްޓަމްތަކުގެ ޖުމްލަ އަދަދެއް އަދި ސާފެއް ނުވެ އެވެ.
ހުޅުމާލެ 1 ގައި ވެސް ފަޔާ ހައިޑްރެންޓް ސިސްޓަމް ބަހައްޓާފައި އެބަހުއްޓެވެ. އިތުރު ސިސްޓަމް ބަހައްޓަން ފަންޑު ލިބުނަސް، ބައެއް މަސައްކަތްތަކާ ހެދި މި ވަގުތު ވަނީ މަޑުޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ 01
20 January 2025
ކ.މާލޭ ގަ ވެސް ހުރޭ ފަޔަރ ހައިޑްރަންޓް ސިސްޓަމް ގާއިމްކޮށްފަ ، އޭގެ ބޭނުން ކުރޭތަ؟
އދ.މަންދޫ
20 January 2025
މީހުން އާބާދުވިތާ 150 އަހަރުފަހުންވެސް އދ. ޟަންދޫ ފަޔަރ ހައިޑްރަންޓް ސިސްޓަމް ބަހައްޓަން ނުފަށާ