ފުލުހުންގެ ވެހިކަލެއް: ރާއްޖެ އައިސް ރޫހާނީ ފަރުވާދޭ ހިންދޫ ހާމުދުރެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށައިފައި --- ފޮޓޯ/މިހާރު
21 ޖެނުއަރީ 2025 - 11:22
ހިންދޫ ދީނުގެ ހާމުދުރަކު ރާއްޖެ އައިސް، ރޫހާނީ ފަރުވާ ދޭން އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ "މާސްޓަ ދުރްގާ ރާއޯ ގުރުޖީ" ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
"ދިވެހިންގެ ސަގާފަތާއި ދީނާ ހިލާފު މިފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެއްކަކާ ހިއްސާކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން. އެހެންކަމުން، މިފަދަ އިޝްތިހާރެއް ފެނިވަޑައިގަންނަވައިފި ނަމަ ލަސް ނުކުރައްވައި ފުލުހުންނަށް އަންގަވައިދެއްވުން އެދެން،" ފުލުހުން ބުންޏެވެ.
"މާސްޓަ ދުރްގާ ރާއޯ ގުރުޖީ" ކިޔާ ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ އެ އިޝްތިހާރުގައި ބުނާ ގޮތުގައި، އެ މީހާއަކީ ފާލު ބެލުމާއި ސިހުރު ރަނގަޅުކުރުމުގެ ފަރުވާ އާއި ސިއްހީ މައްސަލަތަކާއި ކައިވެނީގެ މައްސަލަތަކަށް ހައްލު ހޯދައިދޭ މީހެކެވެ. އަދި އެ މީހާ އަށް އެޕޮއިޓްމަންޓް ހެއްދުމަށް ރާއްޖޭގެ ފޯނު ނަންބަރެއް ވެސް އެ އިޝްތިހާރުގައި ހިމަނާފައިވެ އެވެ.
އޭނާ މިވަގުތު ހުރީ ރާއްޖޭގައި ކަމަށް ވެސް އެ ޕޭޖުގައި ޖަހާފައިވާ އިޝްތިހާރުތަކުގައި ބުނެފައިވެ އެވެ.
މީގެކުރިން 2023 ވަނަ އަހަރު ވެސް ހިންދޫ ދީނުގެ މީހަކު މާލޭގައި އެ ދީން ފަތުރަން ހަރަކާތްތަކެއް ބާއްވަން އުޅުނު މައްސަލައެއް ފެންމަތިވެ، އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯރނީ
21 January 2025
އަވަހަށް، ރ މީދޫ ނޫނީ ރ އަލިފުއްޓަށް ފޮނުވާލާ ވަރަށް ޑިމާނޑް އޮންނާނެ.
ފަންޑިތަ ސިހުރު ހާހޫރަ
21 January 2025
އިސްލާމް ދީނުގެ ކަމަކަށް ހަދާފަ ތިކަހަލަ ސޭކް ކަންތައް ރާއްޖޭގެ ބައެއް ޝޭޚުން އެބަކުރޭ. މީތި އޯ.ކޭ؟ ރުޤިޔާ އަކާ ހިޖާމާ އަކާ ޕިޖާމާއެއް . ކޮން ސަކަރާތެއް އެއީ. ކުރިން މިއީކީ ދަންނަ އެއްޗިއްސެއް ނޫން. ކުޜީގަ ހަދސނީ ފަންޑިތަ ( ޕަންޑިތު މި ބަހުން އައި އެއްޗަކާ ވައްތަރީ
ދިވެއްސަކު ނެތި ނުދާނެ
21 January 2025
މި ހުރިހާ ކަމެއްގެ އަޑީގަ ތިބެނީ ދިވެހިން. ފޭކު ޑޮކުޓަރުން ވެސް މުޅި ރާއްޖެ ތެރެ އަށް ގޮސް ވިޔަފާރި ކުރަނީ . ހެލްތު މިނިސްޓުރީ އަށް އެބަ އެގޭތަ
ޛެހެހެހހެހެެެހެހހެ
21 January 2025
ޝާ ތެރަޕީ އޭ ކިޔާ ބައެއްވެސް އުޅޭ މޮޅު ފަރުވާ އެެއްދޭ
ޕަކާސް
21 January 2025
ދިވެހިންނޫނީ އަދިނެތް އިނގޭ ތައުހީދު އެނގުނު ބައެއް
raajje
21 January 2025
މާލޭގެ އިންޑިޔާމީހުން އުޅޭބައެއް ގޭގޭގައި ހަމަގަދަޔަށް ބުދަށްއަޅުކަންކުރަމުންއެބަދޭ، މަސާޖުކުރުމުގެނަމުގައި ޒިނޭކުރާތަންތަންވެސްކުރިޔަށް، ބުދަށްވެސްއަޅުކަންކުރަނީ، ދެތިންކިލޯމީޓަރުހަމަނުވާމާލޭގަ، ފުލުހުންނަން މާލެ އެބަބެލެހެއްޓޭތޯ؟ ކޮބައިތޯ ފުލުހުންނަށް ރިޕޯޓުކުރަންވަގުތުބޭކާރުކޮށްލުމުގެބޭނުމަކީ؟ އާދައިގެމީހަކު ފުލުހުންނަށް ހުށަހަޅާމައްސަލައެއްނުވެސްބަލާ ބާއްވަބާއްވާފަ ކޮންމެވެސްއެއްޗެކޭ ކިޔާފަ ކޭސްކުލޯސްކޮށްލަނީ! ރާއްޖޭގެފުލުހުންދަނީފަހަތަށް
ގުރާ11
21 January 2025
ތިޔަ ކަންވެސް ޓެސްޓް ކޮށްލަންވީ. ރުޤްޔާ ކޮށްގެން ފަޒީ ކެންސަރުވެސް އެބަ ރަނގަޅުކުރޭ ވިއްޔަ.
ހޭޖެހޭ
21 January 2025
ކަލޭ ޖޯކަކަށް ހަދާފަ ތިދައްކަނީ ﷲއަށް ކާފަރުވާ ވާހަކަ. މިތަ މިކޮމެންޓު ޝާއިއު ކުރީ ކޮން އުސޫލަކުން. ކާފަރުވުމަކީ ކަލޭމެންގެ ކޮމެންޓު ޕަބްލިޝްކުރާ ގަވައިދާ ޚިލާފުކަމަކަށް ނުވަނީނަމަ ތިޔައީ މައްސަލައެއް!
ޏާއްކޮ
21 January 2025
މާ މަޖަލެއް ނޫން އެމީހުން ކުރާ ޝިރުކާއި ﷲގެ ކަލާމްފުޅުން ފަރުވާ ހޯދުން އެއްވަރު ކުރުމެއް. މި މީހުން ޖޯކު ނުޖަހާކަށް ނޯންނާނެ ކަމެއް. ފަޒީ ކޮންމެ އަނގައެއް ތެޅިޔަސް ގުރުއާނުގެ ފަރުވާ އެއީ މުސްލިމަކަށް ވެހުރެ ދެކޮޅު ހެދޭނެ ކަމެއް ނޫނޭ.
ސަނާބެ
21 January 2025
ބައްލަވާ ޅެމާއި ރައިވަރުން ބަލިތަކަށް ޝިފާލިބޭނެ ކަމަށް ވަންޔާ ރޫހާނީ ފަރުވާވެސް ދެވޭނެ.
ސޭކުބެ
21 January 2025
ހިންދީ ދީނުގެ ހާމުދުރުން ކިޔާބަޔަކު ތިބޭހެނެއް ހިޔެއްނުވޭ. ހާމުދުރުން ތިބެނީ ބުދު ދީނުގެ ނުވަތަ ބުޑިޒަމްގަ. ހިންދީ ދީނުގެ ތިފާޑުގެ މީހުންނަށް ދިވެހިބަހުން ކިޔާއުޅެނީ ފާދިރީން.
ޖުރާ
21 January 2025
ޑިޕޯޓު!