މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު ބިދޭސީއަކު ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުންގެ ބުނީ ޑްރަގް އެންފޯސްމަންޓާއި ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބަންގްލަދޭޝްގެ ހަތަރު ފިރިހެނުން ހައްޔަރުކުރި ކަމަށެވެ. އެއީ؛
- ސިޕޮން އަލީ، 21
- ޖުވެލް ރަނާ، 32
- އެމްޑީ ނަޒްރުލް އިސްލާމް، 20
- އެމްޑީ އިބްރާހީމް، 22
އެ މީހުން ހައްޔަރުކޮށް، މާފަންނު ގެއެއް ފާސްކުރިއިރު 54 ފުޅި ބަނގުރާ ފެނިފައިވެ އެވެ. އެކަމާ ގުޅިގެން އެ މީހުން ގެންގުޅުނު ސައިކަލެއް ވެސް ވަނީ ޓޯކޮށްފައެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުން ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.