ޔޫތު މިނިސްޓްރީ: އިންއެކްޓިވް ޖަމްއިއްޔާތަކަށް އިތުރު ފުރުސަތު ދޭން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
21 ޖެނުއަރީ 2025 - 16:27
ނުހިންގާތާ އެތައް އަހަރެއް ވެފައިވާ ޖަމިއްޔާތައް ވެސް ހިމެނޭ ގޮތަށް ބައެއް ޖަމިއްޔާތައް ހިންގުމަށް އިތުރު ފުރުސަތެއް ދޭން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނިގޮތުގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ހުށަހަޅާފައި ނެތުމުން، އެއްވެސް ހަރަކާތެއް ނުހިންގާ ޖަމިއްޔާތައް ހިންގުމަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުން އިތުރު ފުރުސަތު ދޭން ނިންމާފައިވަނީ 1971 އިން 1991 ވަނަ އަހަރާ ދެމެދު ރަޖިސްޓަރީ ކޮށްފައިވާ އަދި މިހާރު ހަރަކާތްތެރި ކަމެއް ނެތް 55 ޖަމިއްޔާ އަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ އެކި ސްކޫލްތަކުން އުފައްދާފައި ހުރި ޖަމިއްޔާތަކާއި ރަށްރަށުގެ ޖަމިއްޔާތަކެވެ.
މި 55 މަދަނީ ޖަމިއްޔާއަށް މިނިސްޓްރީން ވަނީ ލިޔުންތައް ހުށަހެޅުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ މުއްދަތު ތެރޭގައި ޖަމިއްޔާތަކުން ލިޔުންތައް ހުށަނާޅާނަމަ، އެ ޖަމްއިއްޔާތައް އުވާލުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy