ރަށެއްގެ ދަނޑުވެރިއަކު ފެޝަންފުރުޓް ދަނޑެއްގައި ހަރަކާތްތެރިވަނީ. --- ފޮޓޯ: މިހާރު
23 ޖެނުއަރީ 2025 - 11:43
އެގްރިކަލްޗާގެ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުގައި ޑިގްރީ އާއި މާސްޓާސް އަށް ކިޔަވަން ސްކޮލާޝިޕް ފުރުސަތުތަކަކަށް ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް ވެލްފެއާ އިން ބުނީ އެއީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ދަށުން ހުޅުވާލާ ފުރުސަތުތަކެއް ކަމަށެވެ.
- އެގްރިކަލްޗަރަލް ސައިންސް
- ވެޓެރިނަރީ/ ޒޫލޮޖީ/ އެނިމަލް ސައިންސް
- އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ)
- ނެޗުރަލް ރިސޯސް މެނޭޖްމަންޓް / ބެޗްލާ އޮފް އިކޮނޮމިކްސް
އޮޅު ހިޔާ ކްލިނިކްގައި ޖަނަވާރުން ސާޖަރީ ކުރުމަށް ހާއްސަކޮށް ހަދާފައިވާ ސާޖަރީ ރޫމް: މިނިސްޓްރީން ވަނީ ވެޓެރިނަރީ ދާއިރާއިން ކިޔަވަން ވެސް ފުރުސަތެއް ހުޅުވާލާފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
- ޕްރޮޓެކްޝަން / އެންޓޮމޮލޮޖީ / ޕްލާންޓް ޕެތޮލޮޖީ ދާއިރާ އިން އެއް ފުރުސަތު
މިނިސްޓްރީން ބުނި ގޮތުގައި އޭގެ ތެރެއިން މާސްޓާސްއަށް ޝަރުތު ހަމަވާނީ ކޯހުގެ ދާއިރާއާ ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ އެއް ހާސިލުކޮށްފައިވުމާ އެކު ގުޅުން ހުރި ދާއިރާއެއްގައި ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާ ނަމަ އެވެ.
އަދި ބެޗްލާސް ޑިގްރީ ގެ ކޯހަށް ކުރިމަތިލާ ނަމަ، އޯ ލެވެލްގެ ފަސް މާއްދާއިން ސީ އިން ފެށިގެން މަތިން އަދި އޭ ލެވެލްގެ ތިން މާއްދާ އިން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައި ވާން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކޯސްތަކަށް އެދުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ. މިނިސްޓްރީން ބުނީ އެ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެޕްލިކޭޝަންއާ އެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާ ނަމަ އެޕްލިކޭޝަން ބާތިލުކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނޑުވެރިޔާ
23 January 2025
ތިޔަ ބުނާ އެއްޗެއްގެ މައުލޫމާތު އޮތީ ކޮންތާކުކަމެއް ނޭންގެ، މިނިސްޓްރީގެ އެއްވެސް މަންސަ އަކު މީގެ ވާހަކައެއް ނެތް، ވެބްސައިޓެއްވެސް ނެތް، ހުޅުވާލާފަ އޮތޯ ކޮންތާކު ކަމެއްވެސް ނޭންގޭ
ކޮރަލް
23 January 2025
ޑިޕްލޮމާ ފެންވަރަށް ކޮންމެ އަތޮޅަކުން ކުއްޖަކަށް ސަރުކާރުން ހިލޭ ކިޔަވާދޭން ވީ އެވެ. އަތޮޅުގެ ރަށެއްގަ ހިދުމަތް ކުރާ ގޮތަށެވެ. ދަނޑުވެރިކަން ކިޔަވައިގެން އެންމެން މިއުޅެނީ މާލޭގަ އެވެ. ދަނޑުވެރީން ހައްލު ހޯދަން އަންނަން މިޖެހެނީ މާލެ އަށެވެ.
ކިޔަވަންވީ
23 January 2025
ކޮންމެ ކުއްޖަކަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު އޮތީ ސަރުކާރުން ހުޅުވާލާފައި. ކީއްވެ ނުކިޔަވަން ތި ތިބެނީ. ކިޔެވުން މަނާކުރީ ކާކުތަ! ދަނޑުވެރިކަން، ތިލޭރުކަން، އިންޖިނޭރުކަން، މެކޭނިކުކަން، ކިޔަވަން ފުރުޞަތު ކިތައް ފަހަރު ހުޅުވާލައިފިތަ. ނުކިޔަވަން ތިތިބި ބަޔަކަށް ގަދަކަމުން ކިޔަވައިދެވޭނެތަ. ކިލާކޮޅެއް، އަޅިކޮޅެއް ގައިގެ ބޭރުގައި އުނގުޅެން ބޭނުން ނުވިޔަސް ދުންއަރުވައިގެން ބޮއިގެން އެތެރެއަށް އަޅިބުރުވައި ގެދަބުޅި އަރުވަމެއް ނޫންތަ.